އިނގިރޭސި ފުޓުބޯޅަ ޓީމުގެ ކޯޗުކަމަށް ވެސްޓް ބްރޯމްގެ މެނޭޖަރު ރޯއީ ހޮޖްސަން ހަމަޖައްސައިފި.

ވެސްޓް ބްރޯމްގެ މެނޭޖަރު ރޯއީ ހޮޖްސަން

އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން އެގައުމުގެ ފުޓުބޯޅަ ޓީމުގެ ކޯޗުކަމަށް ވެސްޓް ބްރޯމްގެ މެނޭޖަރު ރޯއީ ހޮޖްސަން ހަމަޖައްސައިފިއެވެ. އިނގިރޭސި އެފްއޭ އިން ބުނެފައިވަނީ ރޯއީ ހޮޖްސަން އިނގިރޭސި ގައުމީ ޓީމާއެކު ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށްފަހު އޮތް ނޫސްކޮންފަރެންސްއެއްގައި ވާހަކަ ދައްކަމުން ހޮޖްސަން ބުނީ މިއަދަކީ އޭނާ ވަރަށް ފަހުރުވެރިވާ ދުވަހެއް ކަމަށާއި އަމިއްލަ ގައުމުގެ ޓީމަށް ކޯޗުކަން ކޮށްދޭން ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި މި ޕްރެސް ކޮންފަރެންސްގައި ރޯއީ ހޮޖްސަންވަނީ އިނގިރޭސިވިލާތުގެ ހުރިހާ މީހުންނާއި އެ ޓީމަށް ސަޕޯޓުކުރާ ހުރިހާފަރާތްތަކަށް ޓީމުގެ ފަހަތުގައި ތިބުމަށް ގޮވާލާފައެވެ.

އިނގިރޭސި ވިލާތުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމަށް ރޯއީ ހޮޖްސަން ހަމަ ޖެއްސީ އެ ޓީމުގެ ކުރީގެ ކޯޗު ފަބިއޯ ކަޕެއްލޯ އަމިއްލައަށް އެ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

އާބާދީބޮޑު ވެލިދޫ ބަލިކޮށް ލަންދޫ ފައިނަލަށް

ޝިޔާމް-މަޢުރޫފް ސޮކަކަޕްގެ ސެމީފަނަލް ދެވަނަ މެޗުގައި އިއްޔެހަވީރު ނ.އަތޮޅުގެ އާބާދީ އެންމެ ބޮޑުރަށް ވެލިދޫ ބަލިކޮށް ލަންދޫ ފައިނަލަށް ގޮއްސިއެވެ. …

ޚިޔާލެއްދެއްވާ

avatar
އިރޭ
އިރޭ

ނޫނޭ އިނގިރޭސިންނަކީ މޮޅޮބައެއް…

ދޮންބެ
ދޮންބެ

ޮކޮންމެ މީހަކު ތި މަޤާމަށް ލިޔަސް އިނގިރޭސި ފުޓްބޯޅައެއް ކުރިއެއް ނާރާނެ. މާބޮޑަށް ވަކިޔަބަކު މަޝްހޫރު ކުރަން އުޅޭ ބައެއް ތީ. މޮޅަށްކުޅެވޭމީހުން އަބަދުވެސް ތިބެންޖެހޭނީ ސްކޮޑަށް ނުނެގިފާ ބާކީވެފާ. އަދި ސްކޮޑަށް ނެގުނަސް ފުލްޓީމަށް ނޭރިފާ . ބެންޗްގައި ބާކީވެފާ.

wpDiscuz