އާސަންދަ – އެތަކެއް ދިވެހިންގެ ހިތްތަކަށް ހިނިތުންވުން ގެނުވައިފި…….

 ދުނިޔެއަށް އަންނަ ކޮންމެ ބަދަލަކާއި އެކު އިންސާނުން ބަދަލުވާން ނުޖެހޭނެކަން މިއަދު ގިނަބަޔަކަށް ޤަބޫލު ކުރެވެއެވެ. މި ބީދައިން މި ކުޑަ ކުޑަ ދިވެހި ރާއްޖެ އަށްވެސް ތަފާތު އެކިކަހަލަ ބަދަލް ތައް އައިސް، މި ޤައުމުގައި ތަފާތު ބޭބޭ ފުޅުން ވެރިކަން ކޮށް، ތަފާތު އެކި ކަހަލަ ވައުދުތައް ވެ ވަޑައިގެން މަސައްކަތް ކުރެއްވި ކަމީ އެއްވެސް ދިވެހި ރައްޔިތަކު ދެބަސް ވާނޭ ކަމެއްނޫނެވެ.

ހެޔޮ ވެރިކަމެއްގެ ނަމުގައި މި ޤައުމުގެ ވެރިކަމާއި 2008 ވަނަ އަހަރު ރައީސް ނަޝީދު ހަވާލުވެ، ވެ ވަޑާއިގެން އެއް ވައުދަކީ ” ބޭސް ފަރުވާއަށް ސަލާމް ޖެހުން ހުއްޓާލުމުގެ” ހުވަފެނީ ވައުދެވެ.މި ހުވަފެން ހަޤީޤަތަކަށް ހެދުމަށްޓަކައި އެ މަނިކުފާނު އެތަކެއް ފަހަރު މަތިން ރާއްޖެއިން ބޭރަށް ވަޑައިގެން، އެހެނިހެން ޤައުމުތަކުގެ ވެރިންނާއި ބައްދަލުކޮށް، ނުހަނު ހިތްވަރާއި އެކު މަސައްކަތްޕުޅު ކުރެއްވީ، ބޭސް ފަރުވާކުރުމަށް އަލިމަގެއް ނުފެނިފައި ތިބި އެތަކެއް ރައްޔިތުންނަކަށް އެ މަގު ކޮށައި ސާފުކޮށް ދެއްވުމަށެވެ. އެ ގޮތުން އާސަންދައިގެ ނަމުގައި ބޭސްފަރުވާ ކުރެވޭނެ ސްކީމެއް އެކުލަވާލައި ކޮންމެ ދިވެހި ރައްޔިތެއްގެ އައިޑެންޓިޓީ ކާޑަށް 100،000 ރުފިޔާ ޖަމާ ކޮށްދެއްވިއެވެ. އެހެން ނަމަވެސް މިކަން ޤަބޫލު ކުރެވޭނީ އެމީހެއްގެ ހަމަ ބުއްދިން މިކަމާއި މެދު ވިސްނައިފި މީހަކަށެވެ.

” މަންމާ!! މި އުޅެނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާ ހޮޑުލަވާތީ!!!…………”

“ޔާ ރައްބީ!! ޖެހިގެން ހުރިގޭ ޒުލޭހާއަށް އެ އުޅެނީ ޑެންގޫ ޖެހިގެންނޯ…..!!!”

 ފަރުވާލެއް ނެތެވެ. ގޭގައި ބައްޕަ ނެތަސް، މަންމަ ނެތަސް ތިމާ އަމިއްލައަށް ތިމާގެ އައި.ޑީ ކާޑު ހިފައިގެން ހޮސްޕިޓަލަށްގޮސް ފަރުވާ ކުރެވޭނެ ދުވަސް ރައީސް ނަޝީދު މި ވަނީ ﷲ ގެ ރަހުމަތްފުޅާއި އެކު ގެނެސްދީފައެވެ.

ރަށުން ފަރުވާ ލިބެން ނެތްނަމަ ފަރުވާއާއި ހަމައަށް ގެންގޮސް ދިނިމުގެ އިންތިޒާމު މި ވަނީ  ހަމަޖައްސައިދީފައެވެ. މި ކަމުގައި ނަޝީދުއަށް ދިވެހި ހުރިހާ ދިވެހި ރައްޔިތުންގެ ހިތްތަކުގެ އިހްލާސްތެރި ޝުކުރު ހައްޤެވެ……….

ލިޔުނީ: ޒަހީން ޢަބުދުﷲ

ޒަހީނު އަކީ ލިޔުންތެރިކަމުގެ ރޮގުން ޚާއްޞަކޮށް ސިޔާސީ ފިކުރުގެ ލިޔުންތައް ލިޔުމަށް ޝައުޤުވެރިކަންހުރި މިފަންނުގައި ކުރިއަށްދާން މަސައްކަތްކުރާ ހީވާގި ކެރޭ ހަރުދަނާ ތަޢުލީމީ ޒުވާނެކެވެ.

މިލިޔުންވެސް ކިޔާލާ

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް 3 އަތޮޅެއްގެ ބައިވެރިންނަށް ހިންގައިފި

3 އަތޮޅެއްގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ …

ޚިޔާލެއްދެއްވާ

avatar
އަހާ
އަހާ

ހައްހައް އަށް ތާއީދުކުރަމުން ދީފަކު އަށް ބުނެލަންއޮތީ ވަރަށް ތިލަކޮށް މިބުނަނީ ކޮއްކޯ ހަޖަމް ކޮށްލާށޭ އެންޑް ލަލަލާށޭ ޒަހީނުގެ މިއާޓީކަލް ވަރަށް ރަގަޅު

ހައްހައް
ހައްހައް

ކޮން ގާނޫނު އަސާސީއެއްގަތޯ އޮތީ ބޭސްފަރުވާ އައިޑީކާޑު ދެއްކީމަ ކުރެވޭގޮތަށް ؟ ކޮންގާނޫނު އަސާސީގެ ކޮންމާއްދާއެއްގަތޯއޮތީ އެކަނިވެރި މައިންނަށް ފައިސާ ދޭން ކޮންގާނޫނެއްގެ ކޮންމާއްދާއެއްގަތޯ އޮތީ ދުވަސްވީމީހުންނަށް ދެހާސް ރުފިޔާ ދޭން ކޮއިފުޅާ އޮޅުވާ ނުލާ މީން އެއްވެސް ކަމެއް މި ފެހިގާނޫނަކު ނެތް ކިތަންމެ ލާދީނީއޭ ކިއަސް ނަސީދުވަރުގެ ދީނަށް ލޯބިކުރިވެރިއަކު އަދިއެއް މިގައުމަކަށް ނާދެ އެކަން މިތިން އަހަރުތެރޭ ސާބިތުވެއްޖެ ބުރުގާ އަޅާއަންހެނުން ގިނަވެ ނަމާދަށް ދާމީހުންގިނަވި މީހަގީގަތަކީ ނަމަވެސް ވެރިކަމަށް ފެންބޮވައިގަނެފަ ތިބޭ ނުބައި ޖައްބާރުންނަކަށް މިކަމެއް ގަބޫލެއް ނުކުރެވޭނެ 2008 އަހަރުގެ ކުރިން ރަށްޔަތުންނަށް މީއްޗެހި ނުލިބުނީކީއްވެ. ބުނެދީބަލަ ގައުމުގަ ެރިޒޯޓް އޭރަކުނެތްތަ މަހަކަށް ނުދޭތަ މަސް އެކްސް ޕޯޓު ނުކުރޭތަ ޑޮލަރުމަދީތަ އެއްވެ ނޫޅެވުނީ ނޫގާނޫނުއަސާސީގަ އެމާއްދާނެތީތަ

ދީޕަކު
ދީޕަކު

ރައީސް ނަޝީދުގެ ސަރުކާރުން އެކަން ކުރިއަސް އެއީ އަސްލުގައި ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްޤެއް ދޯ. އެއީކީ ރައީސް ނަޝީދުގެ ހެޔޮފުޅުކަމުން ވީކަމެއްނޫން. ރައްޔިތުންނަށް އޮޅޭފަދަ ގޮތްގޮތަށް ލިޔުން ތައް ޕަބްލިޝް ނުކުުރުމަށް ގޮވާލަން. ޚާޢްޞަކޮށް ލަންދޫއިންފޯ ކަހަލަ ޒިންމާދާރު ނޫހަކުން ކޮށްގެންނުވާވަރު އަމަލެއް މީ ، މަގޭ ދެކޭގޮތުގައި މިއީ ހަމަ އޮޅުވާލުމެއް.

wpDiscuz