އާސަންދަ ނިޒާމަކީ ގާނޫނާ ހިލާފަށް ހިންގަމުން އަންނަ ނިޒާމެއް ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި.

ދިވެހި ރައްޔިތުންގެ ހެލްތު އިންޝުއަރެންސްގެ ނަމުގައި ހިންގަމުންދާ އާސަންދަ ނިޒާމަކީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމްމުގެ ގާނޫނާ ހިލާފަށް ހިންގަމުން އަންނަ ނިޒާމެއް ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފިއެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޯރިގު އަލީ ލުތުފީ މާލިއްޔަތު ކޮމެޓީއަށް ފޮނުއްވެވި ސިޓީގައި ބުނެފައި ވަނީ އާސަންދަ ނިޒާމަކީ ސިއްހީ އިންޝުއަރެންސް ގައުމީ ނިޒާމްގެ ހަތަރު ވަނަ މާއްދާގެ (ހ)ގައި ބަޔާން ކުރާ އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ކަމުގައި ބެލެންނެތް ނިޒާމެއް ކަމަށެވެ.
މިސިޓީގައި އިތުރައްވެސް ބުނެފައިވަނީ އާސަންދަ ނިޒާމުން ކަންތައްތައް ބައްޓަން ކުރާ ގޮތަށް ބަލައި އަދި މިހާތަނަށް މި ސުކީމާ ގުޅޭ ގޮތުން ހޯދުނު ހޯދުންތަކުގެ މައްޗަށް ވިސްނާ އިރު، ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމެލީއާއި ފިނޭންސް މިނިސްޓްރީއާ އެކު އާސަންދަ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ދަށުން މިއަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ހިންގަވަމުންގެ ގެންދަވާ އާސަންދަ ސްކީމަކީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ގައުމީ ނިޒާމްގެ 4 ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގައި ބެލިދާނެ ގޮތެއް އޮތް ކަމުގައި ދެންނެވޭކަން ނެތްކަމުގައެވެ.

ތޯރިގު ފޮނުއްވެވި ސިޓީ މާލިއްޔަތު ކޮމެޓީ އަށް އިއްވުމަށް ފަހު، ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވީ ކޮމެޓީން ބަލަމުންދިޔަ އާސަންދަ ނިޒާމުގެ މައްސަލައިގެ ރިޕޯޓް ނިމިފައި ވަނިކޮށް، ހެލްތު މިނިސްޓްރީން ހުށަހެޅި ސިޓީ އެ ރިޕޯޓްގައި ހިމެނުމާ މެދު މެންބަރުން ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. ނަމަވެސް މެންބަރުން ވަނީ އެ ސިޓީ އާސަންދަ ރިޕޯޓްގައި ހިމެނުމަށް އިންކާރުކޮށްފައެވެ.

އާސަންދަ މައްސަލާގެ ރިޕޯޓްގައި އެ ސިޓީ ހިމެނުމަށް މެންބަރުން ދެކޮޅު ހެދުމުން ކުރިން ކޮމެޓިން ފާސް ކުރި ގޮތަށް އާސަންދަ މައްސަލަ ވަނީ މަޖިލީހުގެ ތަޅުމުން ފެންނަ ގޮތެއް ނިންމުމަށް ފޮނުވާފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

އާސަންދަ އޮފީހެއް އަވައްޓެރި ޝްރީލަންކާގައި ހުޅުވައިފި.

ދިވެހި ރައްޔިތުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ ހުސްނުވާ އާސަންދައިގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޝްރީލަންކާގައި އާސަންދަ ލިބޭ އޮފީހެއް …

ޚިޔާލެއްދެއްވާ

avatar