އާސަންދައިގެ ހިދުމަތުގައި މާލިއްޔަތު ކޮމިޓީގެ ދައުރު ވަނީ އޮޅިފައި – ރިޔާޒް

އާސަންދައިގެ ހިދުމަތުގައި މާލިއްޔަތު ކޮމިޓީގެ ދައުރު ހުރިހާ އެންމެންނަށް ވެސް ވަރަށް ބޮޑަށް އޮޅިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ. ރޭ ދި ޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ މިހާރު މީޑިއާގައި، ޕްރައިވެޓް ހޮސްޕިޓަލް ތަކުން އާސަންދައިގެ ހިދުމަތް ކަނޑާލުމަށް ސަރުކާރަށް ދަންނަވަން މާލިއްޔަތު ކޮމިޓީއިން ނިންމައިފިޔޭ ކިޔައިގެން ފެތުރެމުންދާ މައުލޫމާތުތަކަކީ ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ. އަދި އާސަންދައިގެ ހިދުމަތުގައި މާލިއްޔަތު ކޮމިޓީގެ ދައުރަކީ ދައުލަތުގެ ބަޖެޓުގައި ކުރާ ހަރަދުތަކާއި އަދި ސަރުކާރުގެ ކުންފުނި ތަކުން ކުރާ ހަރަދުތައް ކުރަނީ މާލިއްޔަތު ގާނުނާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުމާއި އަދި ދައުލަތުގެ ބަޖެޓުގައި ހިމެނޭ ފައިސާ ހަރަދުކުރަނީ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދާއެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުން ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

އަދި ކޮރަޕްޝަނުގެ މައްސަލައެއް ކުރިމަތި ވެއްޖެ ނަމަ މާލިއްޔަތު ކޮމިޓީއިން އެކަމެއް ބަލާނެކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރިޔާޒު ރަޝީދު ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް ހިލޭ ބޭސްފަރުވާގެ ހިދުމަތްދޭ ހޮސްޕިޓަލްތަކަކީ އެ ގައުމެއްގެ ސަރުކާރުގެ ހޮސްޕިޓަލްތަކެއް ކަމަށާއި ރާއްޖޭގައި އަމިއްލަ ހޮސްޕިޓަލް ތަކާއި ކްލިނިކް ތަކުގައި އެ ހިދުމަތްދިނުމުން ވަރަށް ގިނަ މައްސަލަތަކެއް ޖެހިގެން ދާނެ ކަމަށެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދަނީ

ނ.މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދުމަށް، މަގޫދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ. މި ބަށިކޯޓް އެޅުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް …

ޚިޔާލެއްދެއްވާ

avatar
ކުޑަފުތުބެ
ކުޑަފުތުބެ

އާސަންދަވެސް އުވާލީ ކޯޕަރޭޝަން ތައްވެސް އުވާލީ . ޤައުމީ އިދާރާތައްވެސް އުވާލީ ޔުޓިލިޓީސްތައްވެސް އަދި އުވާލާނެ. މިދެން ކިހާބޮދު ނުހޮރުއްޕާނެއް. މިއާލާތުން ގަދަކަމުން ވެރިކަމަށް އަރާފަ ކޮފަނުކުރާނެ ކަމެއް ނޭންގިގެން މިއުޅެނީ. ދޯ.

ަަަަަަަާާާާަ އަހުމަދު
ަަަަަަަާާާާަ އަހުމަދު

ތިޔަކަހަލަ ރައްޔިތުންނައް ހަރާންކޯރުވާ މީހުން މަޖިލީހުގަޔާ ކޮމިޓިީ ތަކުގަ އުޅެންޏާ އެހެންވާނެ

wpDiscuz