އަގުހެޔޮ، ރީތި ، މޮޅު ފޯނެއް ބޭނުންނަމަ ވަންޕްލަސް 5

ކޮންމެ އަހަރަކުވެސް އެތައް ބައިވަރު ފޯނުތަކެއް ބާޒާރަށް ނެރެމުންދާއިރު އެންމެ ރަގަޅު،އެންމެ ރީތި އަދި އެންމެ އަގުހެޔޮ ފޯނަކީ ކޮބައިކަން ބަލަން ގިނަބަޔަކު ބޭނުންވާނެކަން ޔަޤީނެވެ. އަދި ފޯނެއް ގަންނަނަމަ މި ސިފަތަކަށް ކޮންމެ މީހަކުވެސް ބަލާނެއެވެ. މިހުރިހާ ސިފަތަކެއް އެކުލެވިގެންވާ ފޯނު މިހާރު މިވަނީ ލޯންޗް ކޮށްފައެވެ.

ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޗައިނާގެ މޯބައިލް ކުންފުނި ކަމަށްވާ ”ވަންޕްލަސް“ގެ އެންމެ ފަހުގެ ސްމާޓްފޯން ކަމަށްވާ ”ވަންޕްލަސް5“ މި މަހުގެ 20 ގައި މިވަނީ ބާޒާރަށް ނެރެފައެވެ. އެހެންނަމަވެސް ޢާއްމުކޮށް ގަންނަން ލިބެންފަށާނީ މި މަހުގެ 27 ގެ ފަހުން ކަމަށް ވަންޕްލަސް ލޯންޗުކުރުމަށް އެމެރިކާގައި ބޭއްވި ހަފްލާގައި ބުނެފައިވެއެވެ.

މިއީ އެކުންފުނީގެ ހަތަރުވަނަ ފްލެގްޝިޕް ފޯނަށް ވާއިރު އެކުންފުނިން ބުނެފައިވަނީ މިއީ އައިފޯނަށް ދޫކުރާނެ ފޯނެއްކަމަށެވެ. އަދި އެންޑްރޮއިޑްގެ އެންމެ ފުރަތަމަ އައިފޯނަކީ މިއީކަމުގައިވެސް އެކުންފުނިން ސިފަކުރެއެވެ.

އައިފޯނަށް ދެވިހިފާފައިވާ ފަރާތަކަށް މިފޯނަކީ ވަރަށްމަޤުބޫލް ފޯނަކަށް ވާނެއެވެ. އެހެނީ އައިފޯން ސީރީޒްގެ ފަހުގެ ފޯނު ކަމަށްވާ ”އައިފޯން 7 ޕްލަސް“ އާ އެފޯނު ވަރަށް އެއްގޮތެވެ.

އަގުހެޔޮ އަދި ބަލާލަން ރީތި މި ވަންޕްލަސް5  ގައި ޑުއަލް ކެމެރާ ހުރެއެވެ. އޭގެއިތުރުން ވަންޕްލަސްގައި ޢާއްމުކޮށް އިންނަ އެލާޓް ސްލައިޑާ އިދެއެވެ.

ފޯނުގެ ދެ ވޭރިއޭޝަނެއް ނެރެފައިވާއިރު 64ޖީބީގެ އިންޓާނަލް ސްޓޯރޭޖާއެކު ނެރެފައިވާ ފޯނުގައި ހިމަނާފައިވަނީ 6ޖީބީގެ ރެމެކެވެ. އަދި 128ޖީބީ ސްޓޯރޭޖް ފޯނުގައި 8ޖީބީގެ ރޭމް އަޅުވާފައިވެއެވެ. ދެ ފޯނުގައި ވެސް ޕްރޮސެސާއަކަށް އަޅުވާފައިވަނީ ސްނެޕްޑްރެގަން 835 އެކެވެ.

ޑިސްޕްލޭގައި 5.5 އިންޗި ހުންނަ “ވަންޕްލަސް 5″ގެ ސްކްރީން ހަދާފައިވަނީ “ގޮރިއްލާ ގްލާސް 5″ގައެވެ. އަދި މި ފޯނުގެ ކެމެރާ ވަނީ ވަންޕްލަސްގެ އެހެން ފޯނުތަކަށް ވުރެ މާބޮޑަށް ވެސް ވަރުގަދަ ކޮށްފައެވެ. ފަހަތުގައި 20މެގަޕިކްސަލްގެ ކެމެރާއަކާއި 16 މެގަޕިކްސަލްގެ ކެމެރާއެއް ހަރުކޮށްފައިވެއެވެ. އަދި ސެލްފީ ކެމެރާއަކީ ވެސް 16 މެގަޕިކްސަލްއެވެ.

ބައިގަޑިއިރު ތެރޭގައި ފުލްޗާޖް ކޮށްލެވޭ ވަންޕްލަސް 5 ގެ ދެ ކުލައެއް ލޯންޗް އިވެންޓުގައި ދައްކާލިއިރު އެއީ މިޑްނައިޓް ބްލެކް އަދި ސްލޭޓް ގްރޭއެވެ. ލަފާކުރެވޭ ގޮތުގައި މި ފޯނުގެ އިތުރު ކުލަތައް އަދި އަންނާނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސެމްސަންގް ގެލެކްސީ ނޯޓް 8 އަންނަމަހު 15 ގައި ނެރޭއިރު އިތުރު މައުލޫމާތު ތަކެއް ލީކްވެއްޖެ.

ސެމްސަންގް ގެލެކްސީ ނޯޓް 8 އަންނަމަހު 15 ގައި ނެރޭއިރު އިތުރު މައުލޫމާތު ތަކެއް ލީކްވެއްޖެއެވެ. އަލަށް ލީކްވި ފޮޓޯތަކާއި، …

ޚިޔާލެއްދެއްވާ

avatar
wpDiscuz