އަލީ ޑޮކްޓަރަށް ދެއްކުން.

އަހަންމާކަލޯގެ ޖޯކްފީތާއިން ތަންކޮޅެއް.

އަލީ ގެ ދަތެއް ފަނިކައިގެން ރިއްސާވަރުން ޑޮކްޓަރަށް ދައްކަން ދިޔައެވެ. “ވަރަށް ބޮޑަށް ތަދުވާތީއޭ މިއައީ މިދަތް ނަގައިދޭށޭ” ޑޮކްޓަރު ގާތު އަލީ ބުންޏެވެ.

ޑޮކްޓަރު އަލީގެ އަނގަތެރެ ރަގަޅަށް ބަލައިވެސް ނުލެވި އުޅެނިކޮށް “އޯޝް”އޯޝް” ލައްވާން ފަށައިފިއެވެ. އަދި އަތުންވެސް ހަނާ އަޅާ ހަދަން ފަށައިފިއެވެ. އަލީ އެއުޅެނީ ވަރަށް ބޮޑަށް ތަދުވާތީއެވެ.

ޑޮކްޓަރު މިކަމާ ހެދި ކުޑަކޮށް ރުޅިވެސް އަތުވެއްޖެއެވެ. އަދި ބުންޏެވެ. “ކަލޭތީ ހާދަ ފީބަޑި މީހެކޭދޯ . މަ އަދި ކަލޭގެ ދަތުގައި އަތްވެސް ޖައްސާ ނުލަން”. “އެކަމަކު މިހާރު ވެސް ތިހިރަވާ ވަރެއްދޯ”!

އަލީ ޖަވާބު ދިނެވެ. “އެކަމަކު ޑޮކްޓަރު ތިހުންނެވީ އަޅުގަނޑުގެ ފަޔަށް އަރުއްވައިގެން” “ތަދުމިވަނީ އެހެންވެގެން”

ހެހެހެހެ.. ނިމުނީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz