އަލިފާން ނުހިފާ ފޮއްޓާއި، އަންގި ، ނޯޓް 7 ގެންގުޅޭ ފަރާތަކަށް ސެމްސަންގ އިން ފޮނުވަނީ

ފަޔަރޕްރޫފް ބޮކްސްއާއި، އަންގި - ސެމްސަންގ ކުންފުނިންދަނީ ބޭނުންވާ ފަރާތަކަށް ފޮނުވަމުން
ފަޔަރޕްރޫފް ބޮކްސްއާއި، އަންގި – ސެމްސަންގ ކުންފުނިންދަނީ ބޭނުންވާ ފަރާތަކަށް ފޮނުވަމުން

ނޯޓް 7 ގެ ފޯނުތަކުގެ ބެޓްރީ މައްސަލަ ޖެހި އެފޯނުތައް ގޮވަން ފެށުމާއެކު ދުނިޔޭގެ ބާޒާރުގައި އެފޯނު ވިއްކުން ވަނީ ސެމްސަންގ ކުންފުނިން ހުއްޓައިލައިފައެވެ. އަދި ނޯޓް 7 ގަންނަން އޯޑަރ ކުރި ފަރާތްތަކަށް އަނބުރާ ފައިސާވެސް ރައްދު ކޮށްދީފައެވެ.

މިހާރު ސެމްސަންގ ކުންފުނިން ފަށާފައިވާ މަސައްކަތަކީ މީގެ ކުރިން ދުވަހަކުވެސް އަދި މިހާތަނަށް ނުކުރާ ކަމެކެވެ. އެއީ އަލިފާން ނުހިފާ ވައްތަރުގެ ފޮއްޓާއި، އަންގި ، ނޯޓް 7 ގެންގުޅޭ މީހުންނަށް ފޮނުވުމެވެ. އޭގެ ބޭނުމަކީ ނޯޓް 7 ގެ ފޯނުތައް ދުނިޔޭގެ އެތަންމިތަނުން ނެގުމެވެ. އަދި އެފޯނުތައް އަނބުރާ އެކުންފުންޏަށް ކަސްޓަމަރުން ފޮނުވާއިރު އެފޯނުތައް ރައްކާތެރިކަމާއެކު ފޮނުވުމެވެ. ފައިބާ ކަރުދާހުން ތައްޔާރުކޮށްފައިވާ މިފޮއްޓަކީ ފޮށީގައި ފޯނު އޮއްވާ އަލިފާން ރޯވި ނަމަވެސް ގެއްލުމެއް ނުލިބޭނެ ގޮތައް ތައްޔާރުކޮށްފައިވާ ފޮއްޓެކެވެ.

ސެމްސަންގ ކުންފުނިން މިހާރު ނިންމާފައިވަނީ ނޯޓް 7 ގެ ހުރިހާ ފޯނުތަކަކަށް އަނބުރާ ރިފަންޑް ދިނުމަށެވެ.  އަދި ނޯޓް-7 ބޭނުން ނުކުރުމަށާއި ނޯޓް-7 އެއް ގެންގުޅޭ މީހަކު ހުރި ނަމަ ވީއެންމެ އަވަހަކަށް ނޯޓް-7 ސަމްސަންގް އަށް ފޮނުވައިދޭން ވެސް އެކުންފުނިން ވަނީ އެދިފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ވާވޭ މޭޓް 10 ޕްރޯ – ސޭލެއްގައި ވަރަށް އަގުހެޔޮކޮށް ވިއްކަނީ

މިހާރު ދުނިޔޭގައި އެންމެ ކުރިއަރަމުން އަންނަ ސްމާޓްފޯންގެ އެއްވައްތަރެއްކަމުގައިވާ ވާވޭ މޭޓް މިހަފްތާގައި ވަރަށް އަގުހެޔޮކޮށް ވިއްކަނީ ކަމަށް އެންމެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz