އަދާލަތު ޕާޓީން ސަރުކާރަށް ތާއީދު ނުކުރާން ނިންމައިފި.

މިހާރު މިއޮތް ސަރުކާރަށް އަދާލަތުޕާޓީން ތާއީދު ނުކުރާން އެޕާޓީގެ މަޝްވަރާ މަޖްލީހުން ނިންމައިފިއެވެ.
އަދާލަތު ޕާޓީން އެގޮތަށް ނިންމީ އެޕާޓީން ނެރުނު ނޫސްބަޔާނެއްގައެވެ. އެބަޔާނުގައިވަނީ ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން ދީފައިވާ އިތުބާރު ނަހަމަ ގޮތުގައި ބޭނުން ހިފައި ގާނޫނު އަސާސީގެ ރޫހާ ހިލާފަށް މަސައްކަތްކުރަމުންދާތީ އަދާލަތު ޕާޓީން ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެނައުމަށް އެޕާޓީން ނިންމައިފި ކަމުގައެވެ.
އަދާލަތުޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއީދުކޮށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް އެޕާޓީން މަސައްކަތްކޮށްދީފައި ވާނޭ ކަމަށެވެ. ނަމަވެސް މިސަރުކާރު އުފެދި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކަރަޕްޝަނާއި ފަސާދައިގެ ކަންކަން ފެތުރި، އަދުލު އިންސާފު ގެއްލި، އަނިޔާވެރިކަން އިތުރުވަމުންދާކަމަށާއި ގާނޫނުއަސާސީގެ ރޫހާ ހިލާފަށް ސަރުކާރުން ބާރުތައް އެއްކުރަމުންދާކަމަށް އެޕާޓީއަށް ފެންނާތީ ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެނައުމަށް ނިންމީ ކަމަށެވެ.
އަދާލަތުގެ ނޫސްބަޔާން:

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ބަރަހަނާ ވެގެން ބޮޑީ ޕެއިންޓް ކުރި މައްސަލަ އާއި ގުޅިގެން އަދާލަތުން ނެރުނު ނޫސްބަޔާން

ޚިޔާލެއްދެއްވާ

avatar