އަދާލަތު ޕާޓި ރޫޅެނީބާ؟

adhaalathparty
އަދާލަތުޕާޓީ އަކީ ސަރުކާރު ހިންގާ ކޯލިޝަންގައި މިހާރުއޮތް ދެޕާޓީކުރެ އެއްޕާޓީއެވެ. އިސްލާމިކް މިނިސްޓްރީގެ ހުރިހާ ބާރަކާއި މަތީ މަޤާމްތަކެއް އަދާލަތު ޕާޓީއަށް ނިސްބަތްވާ ގިނަބޭފުޅުންނަށް ދެއްވާފައިވާއިރު އަދާލަތުޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅުން ކޮޅު އެކި ބޭފުޅުންގެ ޚިޔާލު އެކިދިމާއަށް ދާތަން މިހާރަކަށްއައިސް މިދަނީ ފެންނަމުންނެވެ.
ދާދިފަހުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރެއްވި ޓްވިޓެއްގައިވިދާޅުވެފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ދޫކޮށްލުމަށެވެ. އަދި އަދާލަތު ޕާޓީވެސް ތަމްސީލް ކުރަމުންދާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެސް ވެއެވެ.
އިމްރާން މިހެން ވިދާޅުވެ ޓްވީޓް ކުރައްވާއިރު އަނެއްކޮޅުން އަދާލަތު ޕާޓީގެ ފަރާތުން ސަރުކާރު ތަމްސީލް ކުރައްވާ މިނިސްޓަރ ޑރ.ޝަހީމް ވިދާޅުވަނީ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި އަދާލަތު ޕާޓީން ބައިވެރި ނުވުމަށެވެ.
ޑރ. ޝަހީމު ޓްވީޓެއް މެދުވެރިކޮށް އަދާލަތު ޕާޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައި ވަނީ ސަރުކާރު ވައްޓާލުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރި ނުވުމަށެވެ. އަދި ވިދާޅުވެފައި ވަނީ މާޒީ ހަނދާން ނައްތާލުމުގެ ބަދަލުގައި، މާޒީން ފިލާވަޅު ލިބިގަނަނަން ޖެހޭ ކަމަށާއި، “އިސްތިއުމާރީ ތޫފާނެއްގެ ތެރެއަށް” އަދާލަތު ޕާޓީ ވެއްޓިގެން ނުވާނެ ކަމަށެވެ.
އަދާލަތު ޕާޓީގެ މެމްބަރުން ނަށް އަމާޒުކޮށް ޝަހީމް ގެންދަވަނީ ފުދޭވަރަކަށް ގިނައިން ޓްވީޓް ކުރައްވަމުންނެވެ. އެޓްވީޓްތަކުގައި ގިނައިން ހުންނަނީ މިދަނޑިވަޅުގައި އަދާލަތު ޕާޓީގެ މެމްބަރުން އަމަލުކުރަންވީގޮތް ބަޔާންކުރައްވާފައެވެ. އެގޮތުން ވިސްނުމާއި ހިކުމަތް ކުރިއަށް ނެރެ ސުލްހަވެރިކަމާއި އިންސާފާއި އަދުލުވެރިކަމުގައި “ތަނބުތަށް ހިފެހެއްޓުމަށް” ޝަހީމު ވަނީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ޝަހީމް މިމޭރުމުން ސަރުކާރަށް ތާއީދުކޮށް ނުވަތަ ސަރުކާރާ އެއްކޮޅަށް ޓްވީޓް ކުރައްވަމުން ގެންދަވާއިރު އެންމެފަހުން އިމްރާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ “ކުރިއަށް މިއޮތް ދުވަސްތަކުގައި ނާޒިމް ފަދަ އެތައް ބަޔަކު ޖަލުގެ ގޮޅިތަކުގައި ތިބެން ޖެހުމަކީ އެކަށީގެންވާ ކަމެއް” ކަމަށެވެ. އިމްރާނުގެ ޓްވީޓުގައި ވަރަށް ބޮޑަށް ނާޒިމް ދިފާއުކުރައްވަން މަސައްކަތްކުރައްވާފައިވާކަން ފާހަގަވެއެވެ. އެގޮތުން ޖަސްޓިސް ފޯ ނާޒިމް ހޭޝްޓެގްވެސް ބޭނުންކުރައްވާފައިވެ އެވެ.
ޝަހީމް އޭގެ ފަހުން ކުރެއްވި ޓްވީޓެއްގައި އިމްރާން އަށް އިޝާރާތްކުރައްވާ ދައްކަވާފައިވާ ވާހަކަފުޅު ތަކުންވެސް އެނގެނީ އަދާލަތު ޕާޓީގެ އިސްބޭފުޅުންގެމެދުގައި ކޮންމެވެސް ވަރެއްގެ ޚިޔާލުތަފާތުވުންތަކެއް ހުރިކަމެވެ. އިމްރާނަށް އިޝާރާތްކުރައްވައި، އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވެފައި ވަނީ އިމްރާނަކީ ރާއްޖެ ދުށް ވަރުގަދަ، އިލްމީ، ހިތްވަރުގަދަ، ސިޔާސީ ޝަހުސިއްޔަތެއް ކަމަށާއި، އެމަނިކުފާނާއެކު އިމްރާން ދެމިހުންނަވާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
އަނެއްކޮޅުން އިމްރާނުގެ ޓްވީޓްތަށް ސަރުކާރާ ދެކޮޅަށް ނިސްބަތްކޮށް ކުރައްވާފައިވާއިރު، އަދި ޑރ. ޝަހީމްގެ ޓްވީޓްތައް ސަރުކާރާ އެއްކޮޅަށް ހުރިއިރު، އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވަނީ ދާދި ފަހުން ނާޒިމްގެ ގާނޫނީ ޓީމާ ގުޅިވަޑައިގެންފަ އެވެ.
ކަންތައްތައް މިދާގޮތުން އަދާލަތުޕާޓީވެސް އެޕާޓީގެ އިސްބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވެ ވިއްސިވިހާލިވެގެން ހިނގައިދާނެކަމުގެ ބިރު މިވަނީ އެޕާޓީގެ މެމްބަރުންގެ ހިތްތަކުގައި މިހާރު އުފެދިފައެވެ. ސިޔާސީ އޮއިވަރުގައި ޖެހި ރާއްޖޭގެ ބޮޑެތި އިލްމްވެރިން އެބޭފުޅުން ކުރިން ދެއްކެވި ވާހަކަފުޅުތައް ހަނދުމަނެތި “އެކޮޅު މިކޮޅަށް” ޖެހުމަކީ ޕާޓީގެ މެމްބްރުންގެ މެދުގައި ހިތްނުތަނަވަސްކަން އުފެދިގެންދާނެކަން ޚުދު އަދާލަތުޕާޓީގެ ވެރިންނަށްވެސް އެނގިވަޑައިގަންނަވާއިރު މިކަން އަވަސްވީ ގޮތެއްގައި ހައްލުކުރުމަށް އަދާލަތު ޕާޓީގެ އިސްބޭފުޅުންގެ ފަރާތްޕުޅުން އެޕާޓީގެ ޢާއްމު މެމްބަރުން ދަނީ އެދެމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ބަރަހަނާ ވެގެން ބޮޑީ ޕެއިންޓް ކުރި މައްސަލަ އާއި ގުޅިގެން އަދާލަތުން ނެރުނު ނޫސްބަޔާން

ޚިޔާލެއްދެއްވާ

avatar
wpDiscuz