އަދާލަތު ފައިސާއަށް ނުވިކޭނެ – ޝެއިޚް އިމްރާން

imran (2)
އަދާލަތު ޕާޓީގެ ސިޔާސަތު ފައިސާއަށް ނުވިނެކަމަށާއި، އެފަދަ ތުހުމަތުތައް އޭރުވެސް މިހާރުވެސް އަދާލަތު ޕާޓީގެ ބޮލުގައި އަޅުވަމުން އެދަނީ ރައްޔިތުންގެ ހިތްތަކުގައި އަދާލަތު ޕާޓީއާ މެދު ނަފްރަތު އުފެއްދުމަށްކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ވިދާޅުވެއްޖެއެވެ.
ޝެއިޚް އިމްރާން މިހެންވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި މިރޭ ވާހަކަފުޅުއްދައްކަވަމުންނެވެ. އިމްރާން މިރޭގެ ޕްރޮގްރާމްގައި އިތުރަށް ވިދާޅުވީ ގައުމު މިސްރާބު ޖަހާފައިވަނީ ނުރަނގަޅު ދިމާލަކަށްކަމަށާއި ގާނޫނުތަކަށް ގެނެވުނު ބަދަލުތަކުން މިނިވަން މުއައްސަސާތަކަށްވެސް ގަބޫލުކުރަންދަތި އުނދަގޫ ބަދަލުތަކެއް ގެނެސްފައިވާ ކަމުގައެވެ.

އިމްރާން ވިދާޅުވީ މިހާރު ގައުމު މިވަނީ ވަރަށް ނުރައްކާތެރި ހާލަތަކަށްކަމަށާއި ކާނަލް ނާޒިމްއާއިމެދު ކަންކަން ކުރެވުނު ގޮތުން ދޭހަވަނީ “ސަރުކާރާ ޚިޔާލުތަފާތުވާ އެއްވެސް ރައްޔިތަކަށް ގޭގައި ނިދާލާފައި އޮވެވޭނެކަމުގެ” ޔަގީންކަން ނެތްކަމުގައި ކަމެވެ.

އަދި މިއަދު މިވަނީ ސަރުކަރުން ނުރުހޭ މީހާ ހައްޔަރުކޮށް ދައުވާކޮށް ބޮޑެތި ހުކުމްތައްކޮށް އެމީހަކު ދުއްވާލުމަށް ސަރުކާރުން ފަސް ނުޖެހޭ ހާލަތަކަށްކަމަށާއި ރާއްޖޭގެ ރައްކާތެރިކަން ގެއްލި ރައްޔިތުން އެކަމާ ސަމާލުވާންޖެހޭ ހާލަތަކަށް ގޮސްފައިވާކަމުގައިވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މިހާރުވެސް އަދާލަތުޕާޓީ މަސައްކަތް ކުރަމުން މިދަނީ ސަރުކާރުގެ ކޯލިސަން ތެރެއިން ކަންކަން ރަގަޅު ކުރުމުގެ މަސައްކަތްކަމަށާއި، އެތެރެ އެތެރެއިން ވާހަކަ ދައްކައިގެން ކަންކަން ހައްލު ނުކުރެވޭ ހިސާބަށް ސަރުކާރުގެ ކަންތައްތައް ގޮސްފައިވާތީ ފާޅުގައި މީޑިއާގައި ސަރުކާރާދެކޮޅު ޚިޔާލުތައް ފާޅުކުރަންޖެހުނީ ކަމުގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެލެކްޝަންސް ވަކިއަތަކަށްބުރަވުމީ ބޮޑުބިރެއް – ޝެއިޚް އިމްރާން

ވާދަވަރި އިންތިޚާބެއް ކުރިއަށްދާއިރު އެލެކްޝަން ކޮމިޝަންގެ ތެރެ ވަކިފަރާތަކަށް ބުރަވާފަދަ ގޮތަކަށް ފެނުމީ ވަރަށް ބިރުވެރި ކަމެއްކަމުގައި ޝެއިޚް އިމްރާން …

ޚިޔާލެއްދެއްވާ

avatar