އަދާލަތުޕާޓީގެ ފަރާތުން ލަންދޫގެ ގޭގެއަށް ކަދުރުބަހައިފި.

ނ.ލަންދޫގެ މީހުން ދިރިއުޅޭ ކޮންމެގެއަކަށް އަދާލަތު ޕާޓީގެ ފަރާތުން ކަދުރު މިއަދު ބަހައިފިއެވެ. ކޮންމެގެއަކަށްވެސް 250 ގްރާމް ގެ ކަދުރު ޓްރޭއެއް ދީފައިވެއެވެ.

މިކަމާގުޅޭގޮތުން ލަންދޫއިންފޯއަށް މައުލޫމާތު ދެއްވަމުން ލަންދޫކައުންސިލްގައި ހުރި ހަމައެކަނި އަދާލަތު ޕާޓީ ތަމްޞީލް ކުރާ މެމްބަރު ނ.ލަންދޫ ތަނޑިރަތްމާގެ އަލްފާޟިލް އިބްރާހިމް ލަތީފް ވިދާޅުވީ މިކަދުރަކީ ރޯދަމަހުގެ މުނާސަބަތުގައި އެޕާޓީގެ ފަރާތުން ބެހިކަދުރެއްކަމަށެވެ.

އިބްރާހީމް އިތުރަށްވިދާޅުވީ މިހާރުވާނީ ރަށުގެ ދެ ގެއަކަށްނޫނީ ހުރިހާގެއަކަށްވެސް ކަދުރުދީ ނިންމާފާކަަމަށެވެ. ކަދުރު ނުދޭ ދެ ގެއަކީ އެދެގެއަށް އަދާލަތުޕާޓީގެ ކަދުރު ވައްދައިގެން ނުވާނެ ބުނި ދެގެކަމަށްވެސް އިބްރޭ މިއަދު ވިދާޅުވިއެވެ.

މިކަމުގައި ސިޔާސީ އެއްވެސް ކަމެއް އެކުލެވިފައި ނުވާއިރުވެސް ދެގެއަކުންނަމަވެސް މިފަދަ އަމުރެއް އައުމުން އެކަމާ ވަރަށް ހިތާމަކުރާ ކަމަށްވެސް އިބްރޭވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ބަހާ ކަދުރެއްތޯ އިބްރާހިމް އަށް ސުވާލުދެންނެވުމުން ވިދާޅުވީ އެކަމުގެ މަޢުލޫމާތު ލިބިފައިނުވާކަމަށެވެ. ރާއްޖޭގެ އެހެންރަށެއްގައި އަދާލަތުޕާޓީގެ ފަރާތުން ކަދުރު ބެހިކަމެއް ލަންދޫއިްނފޯއަށްވެސް އަދި މިހާތަނަށް އެގިނފައެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް ޢަބުދުއްލަތީފަކީ މުޅިރާއްޖޭގައިވެސް ހުރި އަދާލަތު ޕާޓީއަށް ނިސްބަތްވާ ހަމައެކަނި ކައުންސިލް މެމްބަރެވެ.

ކުށެއްގެ އިސްލާހް:

މިލިޔުމުގެ އެންމެ ތިރީ ޕެރެގްރާފްގައި އެވާ “އިބްރާހިމް ޢަބުދުއްލަތީފަކީ މުޅިރާއްޖޭގައިވެސް ހުރި އަދާލަތު ޕާޓީއަށް ނިސްބަތްވާ ހަމައެކަނި ކައުންސިލް މެމްބަރެވެ.” މިހެން ލިޔެވިފައި އެވަނީ ލިބިފައިވާ މައުލޫމާތު ގެ ކުށަކުންނެވެ. ރަގަޅު ގޮތަކީ ރާއްޖޭގެ އެކި އެކި ރަށްރަށުގެ ކައުންސިލަރުންގެ ގޮތުގައި އަދާލަތު ޕާޓީ ތަމްޞީލް ކުރާ އެޕާޓީ ގެ 16 މެމްބަރުން އެބަތިއްބެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ބަރަހަނާ ވެގެން ބޮޑީ ޕެއިންޓް ކުރި މައްސަލަ އާއި ގުޅިގެން އަދާލަތުން ނެރުނު ނޫސްބަޔާން

ޚިޔާލެއްދެއްވާ

avatar
wpDiscuz