އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރިކޮށްބަޔާނެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ އަފްރާޝީމް ޢަލީއަށް ތޫނު އެއްޗަކުން ޙަމަލާދީ، ވަރަށް އަނިޔާވެރި، ރަޙުމުކުޑަ ގޮތެއްގައި އަވަހާރަކޮށްލާފައި ވާތީ އިންސާނިއްޔަތާއި ޚިލާފު މި ޢަމަލު ހިއުމަން ރައިޓްސް ކޮމިޝަނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފި އެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައިވަނީ ދިރިހުރުމުގެ ޙައްޤަކީ ކޮންމެ އިންސާނަކަށް ލިބިގެންވާ އެންމެ އަސާސީ އެއް ޙައްޤުކަމަށް ވީހިނދު ރާއްޖޭގައި މި ފަހަކަށް އައިސް ކުށެއްނެތް އެތައް ބައެއްގެ ފުރާނަ މިފަދަ އަނިޔާވެރި އަދި ރަހްމުކުޑަ ގޮތަކަށް ގޮސްފައިވާކަމީ ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާކަމެއް ކަމަށެވެ.

އަދި މިޖަރީމާ ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް އަވަހަށް ގެނައުމަށް ކޮމިޝަނުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެޗްއާރުސީއެމްގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

ރާއްޖޭގެ މުޖުތަމަޢުއަކީ ސުލްޙަމަސަލަސްކަން ޤާއިމްވެފައިވާ އަމާން ވެއްޓަކަށް ހެދުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެންމެހާ ފަރާތްތަކަށް މި ކޮމިޝަނުން ބަޔާން ނިންމާލަމުން އިލްތިމާސްކުރައްވާފައިވެސް ވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ޢަމަލީގޮތުން ބައިވެރި މީހުންގެ ނަންތައް ޕޮލިހުން ހާމަ ކޮށްފި

ރ. އުނގޫފާރު ދާއިރާގެ ރައްޔިތުން މަޖުލިސްގެ  ކުރީގެ އިއްޒަތްތެރި މެމްބަރު އަލްމަރުޙޫމް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ  ސިޔާސީ ބަޔަކު …

ޚިޔާލެއްދެއްވާ

avatar