އަވަސް އިންތިޚާބެއް ބާއްވަން ތައްޔާރަށް ހުންނެވިކަމަށް ރައީސް ވިދާޅުވެއްޖެ

މަޖިލީހުން ނިންމާ ގޮތަކަށް ދެހާސް ތޭރައިގެ ކުރިން ރިޔާސީ އިންތިހާބެއް ބާއްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. ވަހީދު މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގައި މިއަދު ހަވީރު އޮތް ބައްދަލުވުމަށް ވަޑައިގެން މަޝްވަރާތަކުގެ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ޑރ. ވަހީދުވަނީ މަޝްވަރާތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާ މަޝްވަރާތަކަށް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

މަޝްވަރާތަކުގެ ބައިވެރިންނާ ބައްދަލު ކުރެއްވުމަށްފަހު ނުކުމެ ވަޑައިގެން ރައީސް ވިދާޅުވީ ސުލްހައިގެ މަޝްވަރާތަކުން ކުރިއެރުމެއް ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވީ، ރިޔާސީ އިންތިހާބެއް ބޭއްވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެމްޑީޕީން ތައްޔާރަށް ތިބި ކަމަށާ، ރިޔާސީ އިންތިހާބެއް ބޭއްވުމަށް ދައުލަތުގެ ބަޖެޓު ވެސް ތަންދޭ ކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ އިންޓަރހައުސް ޖޫނިއަރ ބައިގެ ފުޓްބޯޅަ މުބާރާތް ފަށައިފި.

ނ.ލަންދޫ ސްކޫލްގެ އިންޓަރހައުސް މިއަހަރުގެ ފުޓްބޯޅަ މުބާރާތުގެ ޖޫނިއަރ ބައިގެ ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ. ލަންދޫސްކޫލްގެ ފުޓްބޯޅަ ދަނޑުގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz