އަވަސް އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅާފާނެ ކަމަށް ގަބޫލުނުކުރަން: ރައީސް

ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅާފާނެ ކަމަށް ގަބޫލުނުކުރައްވާކަމަށާއި، އެކަމަކީ މިހާރުވެސް ކޮމަންވެލްތާއެކު މަޝްވަރާ ކުރެވެމުންދާކަމެއްކަމަށް ރައީސުޖްލުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހްގެ ދަޢުވަތަކަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިއަދު މެންދުރުފަހު އެގައުމަށް ފުރާވަޑައިގެންނެވުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވެ މިހާރުގެ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ސަރުކާރު ބަލައިގެންފައިވާ ގައުމަކީ އިންޑިޔާކަމަށްވުމުން އެގައުމުން އަވަސް އިންތިހާބެއްގެ ވާހަކަ ދައްކަވާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. އަދި މިހާރު ބައިނަލްއަގުވާމީ ދުނިޔޭގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ ވެރިކަން ބަދަލުވުމުގެ ތަހުގީގު ކުރިއަށްދާ ގޮތާއި މެދުގައި ކަމަށާއި ތަހުގީގު ކުރިއަށްގެންދިއުމާ ބެހޭ ގޮތުން ކޮމަންވެލްތާއެކީ ސަރުކާރުން މިހާރު މަޝްވަރާކުރަމުން އަންނަކަމަށެވެ.

ރައީސް ވިދާޅުވީ މިދަތުރުފުޅުގައި އެންމެބޮޑަށް ދެގައުމުގެ ދެމެދުގައި މަޝްވަރާ ކުރެވޭނީ ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނޭ ގޮތްތަކާއި ބެހޭގޮތުންކަމަށެވެ. މިދަރުފުޅުގައި އެގައުމުގެ ބޮޑުވަޒީރުގެ އިތުރުން، އިންޑިޔާގެ ވަޒީރުންނާއި، ބޮޑު ދެ ސިޔާސީ ޕާޓީއާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރާވަޑައިގަތީ، އިންޑިއާ ސަރުކާރުން މިދަތުރުފުޅަށްޓަކައި ހަމަޖައްސަވައިދެއްވި ޚާއްޞަ މަތިންދާބޯޓެއްގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه …

ޚިޔާލެއްދެއްވާ

avatar
wpDiscuz