އައްޝެއިޚް އިލްޔާސް ޙުސެއިންގެ ދަރުސެއް ލަންދޫގައި ބާއްވައިފި.

އަދާލަތު ޕާޓީއާއި، ލަންދޫގައި އޮންނަ ދީނީ ޖަމްޢިއްޔާއެއް ކަމަށްވާ ލަންދޫ އިސްލާމިކް ފްރަންޓް ފޮރ އެޑިޔުކޭޝަން (ލައިފް) އާއި، އަދި ލަންދޫ ސްކޫލް ގުޅިގެން ދީނީ ދަރުސެއް ލަންދޫގައި މިއަދު ބާއްވައިފިއެވެ.

ލައިފް ޖަމިއްޔާއިން މަޢުލޫމާތު ދެއްވާ ގޮތުގައި މިދަރުސްގައި ދީނީ ނަސޭޙަތްދެއްވީ އަދާލަތު ޕާޓީގެ ޢިލްމްވެރިންގެ މަޖްލިސްގެ ރައީސް މަޝްހޫރު ދީނީ އިލްމް ވެރިޔާ ފަޟީލަތުއްޝެއިޚް އިލްޔާސް ޙުސެއިންއެވެ.

މިއަދުގެ ދަރުސްގެ މައިގަނޑު މައުޟޫ އަކީ ނަމާދުގެ މާތްކަމެވެ. ނަމާދުގެ މާތްކަމާއި، ނަމާދުކުރުމުގެ މުހިއްމުކަމުގެ މައްޗަށް ޝެއީޚް ދެއްކެވި ވާހަކަފުޅުގައި މިއަދު ޢަޤީދާބަލިކަށިވިޔަނުދީ ހަރުދަނާ މުސްލިމުންގެ ގޮތުގައި ދެމިތިބުމަށް އެންމެހައި ޒުވާނުންނަށާއި، ލޮބުވެތި އަޚުންނާއި، އުޚުތުންނަށް ގޮވާލެއްވިއެވެ.

މިއަދުގެ ދަރުސް އަޑުއެހުމަށްވެސް ލަންދޫގެ ކުދިބޮޑު އަންހެނުންނާއި، ފިރިހެނުން އަދި ގިނަޢަދަދެއްގެ ޒުވާނުން ޙާޒިރުވެފައިވެއެވެ.

މިއަދުގެ ދަރުސް ކުރިއަށް ގެންގޮސްފައިވަނީ ހަވީރު 4:15 ން 5:30 ށް ލަންދޫސްކޫލްގައެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

އަވީގެ ހަކަތައިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ސާމާނު މާފަރަށް ގެނެސްފި.

މީހުން ދިރިއުޅޭ ކޮށްމެ ރަށެއްގައި ދުވާލުގަޑީގައި ބޭނުން ކުރާ އިޔާދަ ކުރަނިވި ހަކަތަ ތިރީސް އިންސައްތަ އަށް ހެދުމަށްޓަކައި ސަރުކާރުން …

ޚިޔާލެއްދެއްވާ

avatar