އައްޝެއިޙް ޢަލީ ޒާހިރު ބިން ސައީދު ޤާސިމްގެ ހާއްޞަ ދަރުހެއް މިރޭ ބާއްވަނީ

ali-zahir

ލަންދޫ އިސްލާމިކް ފްރަންޓް ފޮރ އެޑިޔުކޭޝަން ( ލައިފް ) ޖަމްއިއްޔާއިން އިސްނަގައިގެން ނ.ދަޢަވާ މޫވްމަންޓް އާއި ގުޅިގެން ބާއްވާ ވަރަށް ހާއްޞަ ދަރުހެއް މިރޭ އޮންނާނެއެވެ.

ލައިފް ޖަމްއިއްޔާއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ދަރުސް އޮންނާނީ މިރޭ 8.30 ގައި ލަންދޫ ސްކޫލުގެ ޖަލްސާކުރާ މާލަމުގައެވެ. މި ދަރުސްއަށް ވީހާގިނަ ބަޔަކު ހާޒިރުވެ ދެއްވުމަކީ ލައިފް ޖަމްއިއްޔާ އާއި މިދަރުސް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވެލައްވާ އެންމެހާ ފަރާތްތަކުން އެދޭ ވަރަށް ބޮޑު އެދުމެއްކަމުގައި އެޖަމްއިއްޔާއިން ހާމަ ކުރައްވައެވެ.

ލައިފް ޖަމްއިއްޔާއަކީ އިސްލާމް ދީނަށް ނަޞްރުދީ ،  ދީނީ ގޮތުން މުޖްތަމަޢު ހޭލުންތެރި ކުރުވުމާއެކު އިސްލާމީ މަކާރިމުލް އަޚްލާޤުގެ ތެރެއިން އިޖްތިމާޢީ ކަންތައްތަކުގައި ހަރަކާތްތެރިވުމާއި ، އިސްލާމީ ތަރުބިއްޔަތާއި ގުޅޭގޮތުން ރަށުގެ ތަޢްލީމު ކުރިއަރުވާ ތަރައްޤީކުރުމާއި، ޢިލްމު ފެތުރުމަށާއި ، މުޖުތަމަޢުގެ މާއްދީ ތަރައްޤީ އާއި މުނިފޫހި ފިލުވުމާއި ، ކުޅިވަރާއި އިޖުތިމާޢީ އެހެނިހެން ހަރަކާތްތައް އިސްލާމީ ޙުދޫދުގެ ތެރޭގައި ހިންގުމަށް މަސައްކަތް ކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި 2011 ވަނަ އަހަރު ރަޖިސްޓްރީ ކުރެވި ހިންގަމުން ގެންދާ ޖަމައިއްޔާއެކެވެ. މި މަޤްޞަދުތައް ހާސިލްކުރުމަށްޓަކައި އެ ޖަމްއިއްޔާއިންވަނީ ތަފާތު އެތައްގިނަގުނަ ޕްރޮގްރާމްތަކެއް މިހާތަނަށްވެސް ކުރިއަށް ގެންދަވާފައެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ ކައުންސިލުން އިންތިޒާމުކުރައްވާ ދަރުހެއް ބުރާސްފަތި ދުވަހުގެ ރޭ ލަންދޫގައި

ލަންދޫ ކައުންސިލުން އިސްނަންގަވައިގެން އިންތިޒާމުކުރާ ދީނީ ދަރުހެއް މިހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ. …

ޚިޔާލެއްދެއްވާ

avatar