އައިޑީ ކާޑު ހަދަން މާދަމާ ލަންދޫރައްޔިތުން މަނަދުއަށްދާގޮތަށް ނިންމައިފި.

ލަންދޫބަނދަރު

މިއަދުން ފެށިގެން ދިވެހިކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން ހިލޭ ބޭސްފަރުވާ ކުރެވޭނެ ނިޒާމް ސަރުކާރުން ފައްޓަވައިދެއްވުމާއި، ގުޅިގެން އެޚިދުމަތް ލިބިގަތުމަށް ބޭނުންވާ އައިޑީކާޑު ހެއްދުމަށް މިހާރު ކާޑު ނުހަދާ ލަންދޫގައި ތިބި މީހުންނާއި، ކުޑަކުދިން މާދަމާ މަނަދުއަށް ދާގޮތަށް ހަމަޖެހިފައިވާ ކަމަށް ލަންދޫއިންފޯއަށް ޚަބަރު ލިބިއެއްޖެއެވެ.

މާދަމާ ލަންދޫގެ ވަރަށް ގިނަޢަދަދެއްގެ މީހުން މަނަދުއަށް ދާގޮތަށް ހަމަޖެހިފައިވާ އިރު މިކަން އިންތިޒާމްކުރައްވަނީ ލަންދޫކައުންސިލް އިދާރާއިންނެވެ. އެއިދާރާގެ ސީދާ ބެއްލެވުމުގެ ދަށުން ކާޑުހައްދަން ބޭނުންވާ ލަންދޫގެ އެންމެންނަށް ފޯމް ދޫކުރުމާއި، ފޯމްފުރައިދިނުމާއި، އަދި ކައުންސިލް އިދާރާގެ ތައްގަޑު ޖަހައިދިނުމުގެ މަސައްކަތް ވޭތުވެ ދިޔަ ހަފްތާގެ ތެރޭގައިގައިވަނީ އެއިދާރާއިން ކުރިއަށް ގެންދަވާފައެވެ. އަދި މިދިޔަ ބުރާސްފަތިދުވަހުގެ އޮފީސް ބަންދުވުމާއި، ހަމައަށް ފޯމް ނުފުރިފައިތިބި މީހުންގެ ފޯމް ތައް ފުރައިދިނުމަށް ޓަކައި ( އާދިއްތަ ދުވަހު ) މިއަދު ގެ މެންދުރުފަހު 2:00 ން 3:30 ށްވެސް ލަންދޫކައުންސިލް އިދާރާގައި އެމަސައްކަތް ކުރިއަށް ގެންދިޔައެވެ. އެއި އިދާރާއިން ބުނީ މިހާތަނަށް ކާޑުހައްދަން ބޭނުންވާ ސަތޭކައަށް ވުރެ ގިނަ ލަންދޫމީހުން ނޯޓްކޮށް ފޯމް ފުރާފައިވާ ކަމަށެވެ.

ލަންދޫކައުންސިލް އިދާރާއިންމަޢުލޫމާތު ދެއްވާ ގޮތުގައި މާދަމާ ލަންދޫމީހުން މަނަދުއަށް ދިޔުމަށް ހަމަޖެހިފައިވަނީ އެންމެންނަށް އެކުގައި އެއްދަތުރެއްގައި ދެވޭނެ ގޮތެއްގެމަތިން ލަންދޫބޯޓުގައެވެ. ލަންދޫއިންފޯއަށް އެނގިފައިވާގޮތުގައި މާދަމާގެ މިދަތުރަކީ ލަންދޫބޯޓުން މަނަދުއަށް ބާލަންޖެހޭ ގިނަޢަދަދެއްގެ މުދާވެސް ބޭލުމަށްޓަކައި ކުރާދަތުރެކެވެ.

މާދަމާ ލަންދޫބޯޓު ލަންދޫން ނައްޓާލުމަށް ހަމަޖައްސާފައިވާ ގަޑިއަކީ ހެނދު 8:30 އެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

ލަންދުއަށް ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު ބަނދަރުކުރާނެ

ނ.ލަންދުއަށް ގެންނަ 250 ކިލޯވޯޓްގެ ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު 7 އާއި 8 ދެމެދު ލަންދުއަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz