އައިފްލިކްސް ޚިދުމަތް ދިރާގުން ތަޢާރަފްކޮށްފި، ދިރާގު ކަސްޓަމަރުންނަށް 3 މަސް މުޅިން ހިލޭ

އައިފްލިކްސް ހިދުމަތް ރާއްޖެއަށް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ ދިރާގު
އައިފްލިކްސް ހިދުމަތް ރާއްޖެއަށް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ ދިރާގު

ދިވެހިރާއްޖެއަށް މުޅިން އަލަށް އައިފްލިކްސް ޚިދުމަތް ދިރާގުން ތައާރަފްކޮށް ދިރާގު ކަސްޓަމަރުންނަށް 3މަސް މުޅިން ހިލޭ ދޭގޮތަށް ދިރާގުން ނިންމައިފިއެވެ.

ދިރާގުގެ ހެޑް އޮފީހުގައި ރޭ ބޭއްވި ޚާއްޞަ ޙަފްލާގައި ތަޢާރަފްކުރި އައިފްލިކްސް ޚިދުމަތަކީ ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ތަޢާރަފްކުރި ޚިދުމަތެކެވެ.

މިއީ ހޮލީވުޑް ފިލުމާއި އެންމެ މަޝްހޫރު ޓީވީ ޑްރާމާ ސިލްސިލާތަކާއި، ކުޑަކުދިންގެ ޚާއްޞަ ކޮންޓެންޓާއި ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް، އިންޓަރނެޓް މެދުވެރިކޮށް ބަލާލެވޭނެ ޚިދުމަތެކެވެ. މިޚިދުމަތް ރާއްޖެއަށް ދިރާގުން ތަޢާރަފްކުރީ ދުނިޔޭގެ ކުރިއަރަމުން އަންނަ އައިފްލިކްސް އާއި ގުޅިގެންނެވެ.

ދިރާތުން ރޭ ނިންމާފައިވަނީ އަލަށް ތަޢާރަފް ކުރެވުނު މި ޚިދުމަތް ދިރާގު ކަސްޓަމަރުންނަށް 3 މަސް ދުވަހަށް މުޅިން ހިލޭ ދޭގޮތަށެވެ.

މީގެ އިތުރުން ދިރާގު ކަސްޓަމަރުންނަށް އައިފްލިކްސްގެ މުޅި ލައިބްރަރީއަށް އަންލިމިޓެޑް އެކްސެސް ލިބިގެންދާނެކަމަށް ދިރާގުން ރޭވަނީ އިޢުލާންކޮށްފައެވެ. މީގެ ތެރޭގައި އައިފްލިކްސް އަށް އެކަނި ޚާއްޞަ އެކްސްކްލޫސިވް ޓީވީ ސިލްސިލާތަކާއި، އެންމެ މަގުބޫލު ޑްރާމާތަކާއި، ފިލްމުތަކާއި އަދި ކުޑަކުދިންގެ ޕްރޮގްރަމްތައް ހިމެނެއެވެ.

އަދި ހަމަ އެއާއެކު އައިފްލިކްސް މެދުވެރިކޮށް ބައްލަވަން ބޭނުންފުޅުވާ ޝޯވއެއް ޑައުންލޯޑް ކުރައްވާ އޮފްލައިންކޮށް ބެއްލެވުމުގެ ޚިދުމަތް ވެސް ލިބިގެންދާނެކަމަށްވެސް ރޭގެ ޙަފްލާގައި ދިރާގުން ވަނީ ބުނެފައެވެ.

އައިފްލިކްސް އަށް ލޮގް އިން ކުރައްވައިގެން ތަފާތު 5 ޑިވައިސް އަކުން މި ޚިދުމަތް އެއްފަހަރާ ލިބިގެން ދާނެއެވެ. މީގެ ތެރޭގައި ފޯން، ލެޕްޓޮޕް، ޓެބްލެޓް، ޑެސްކްޓޮޕް އަދި ޓީވީ ވެސް ހިމެނެއެވެ.

ރޭ ބޭއްވުނު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ، އިޒަބެލް ހާޖްރީ ވިދާޅުވީ އައިފްލިކްސް ފަދަ ދުނިޔޭގެ ކުރިއަރަމުން އަންނަ ޚިދުމަތަކާ ގުޅިގެން ރާއްޖެއަށް މިފަދަ ޚިދުމަތެއް އަލަށް ތަޢާތަރަފް  ކުރެވުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި ދިރާގުގެ ބްރޯޑްބޭންޑް ޚިދުމަތް މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ލިބޭ ކަމީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިރާގު ކަސްޓަމަރުންނަށް މި ޚިދުމަތް ފަސޭހަކަމާއެކު ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ލިބިގެން ދާނެ ކަމެކެވެ. މީގެ އިތުރުން ދިރާގުން 3 މަސް ދުވަހަށް މި ޚިދުމަތް ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދެނީ ދިރާގުގެ ފަރާތުން ދެވޭ ހަދިޔާ އެއް ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައިފްލިކްސްގެ ފަރާތުން މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހެޑް އޮފް ނިއު މާކެޓްސް ފޯ އައިފްލިކްސް މާޓިންގ ޖޮހޭންސަން ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ކަމަށްވާ ދިރާގާ ގުޅިގެން އައިފްލިކްސް ރާއްޖެއަށް ތަޢާރަފް ކުރެވޭ ކަމަށްޓަކާ ވަރަށް އުފާ ކުރައްވާކަމާއި، ދިރާގު ކަސްޓަމަރުންނަށް މި ޕާރޓްނާޝިޕް ގެ ދަށުން އައިފްލިކްސް ގެ ލައިބްރަރީ އަށް އަންލިމިޓެޑް އެކްސެސް ލިބިގެންދާނެ ކަމަށެވެ. އަދި ހަމަ އެއާ އެކު މި ޕާޓްނާޝިޕަކީ ބައިނަލް އަޤްވާމީ ފެންވަރުގައި އެންމެ ފުރިހަމަ މުނިފޫހިފިލުމުގެ ފުރުސަތު ދިވެހިންނަށް ފޯރުކޮށްދިނުމުގެ ނިޔަތުގައި ދިރާގާއި އެކު ވެވުނު އެއްބަސް ވުމެއްކަމަށްވެސް އޭނާވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިތުރުން އައިފްލިކްސް ގެ ޚިދުމަތް މިހާރު މެލޭޝިއާ، ތައިލޭންޑް، ފިލިޕީންސް، އިންޑޮނޭޝިއާ، ސްރީލަންކާ، އަދި ބްރޫނާއި ލިބިގެން ދާނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ‘ ދިރާގު ޕޭ ‘ އެން.އެފް.ސީ ޑެބިޓް ކާޑު ތަޢާރަފުކޮށްފި

ދިރާގާއި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްއާއި ގުޅިގެން މިއަހަރު ޖެނުއަރީ މަހު އެސުކޫލްގެ  ދަރިވަރުންނަށް ތައާރަފްކުރި ދިރާގްޕޭގެ ހިދުމަތަށް އިތުރު ފުރިހަމަކަމެއް …

ޚިޔާލެއްދެއްވާ

avatar