އައިފޯނު 7 އަނެއްކާވެސް ގޮވައިފި

އައިފޯނު 7 އަނެއްކާވެސް ގޮވައިފިއެވެ. މިކަން ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި އޮސްޓްރޭލިޔާގެ ރާޅާ އެޅުންތެރިއަކު އޭނާގެ ފޯނު ކާރުގައި ބޭއްވުމަށްފަހު މޫދަށް އެރި އުޅެނިކޮންކަމަށް ޚަބަރު ފަތުރާ ވަޞީލަތްތަކުން ބުނެއެވެ.

އެވަގުތު ކާރުގެ އެތެރެވެސް ފެންނަން ނެތްކަމަށާއި ފޯނު ގޮވާފާނެކަމަށް ނުވަތަ އަލިފާން ހިފާފާނެކަމަށް ބައެއް ފަރާތްތަކުން ބުނަނީ ދަނީ އޯވަރ ޗާރޖުވުން ނުވަތަ ފޯނުގައި ބައެއް ކަހަލަ ޑެމޭޖުތައް އުޅުމުގެ ސަބަބުންކަމަށެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުން ބުނަނީ އޮސްޓްރޭލިޔާގެ ބީޗު ސަރަޙައްދުގެ ހޫނުކަމުގެ ސަބަބުންވެސް މި ޙާދިޘާ ހިނގަން މެދުވެރިވެދާނެކަމަށެވެ. ނުވަތަ ކާރުގެ ތެރޭގައި ފޯނު އޮންނައިރު ވާ ހޫނެއްގެ ސަބަބުންކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުންދެއެވެ.

އައިފޯނު 7 ބާޒާރަށް ނެރުމާއެކު ފޯނު ގޮވަމުންދާކަމުގެ ޝަކުވާދަނީ އިންތިހާއަށް އިތުރުވަމުންނެވެ.

އިއްޔެގައި ހިނގާދިޔަ މިޙާދިޘާވެސް މިހާރު ތަހުޤީޤުކުރަމުންދާކަމަށް އެޕަލް ކުންފުނިން ބުނެއެވެ.

 

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

އެސެމްބްލީގައި ކުރެވިދާނެ ދުޢާއެއް (2)

الْحَمْدُ لِلَّهِ حَمْدًا كَثِيْرًا طَيِّبًا مُّبَارَكًا فِيْهِ , އަޅަމެންހައްދަވާ ގެންގުޅުއްވާ އިލާހު، އަޅަމެންގެ މާތްނަބިއްޔާ މުޙަންމަދު ރަސޫލުﷲ …

ޚިޔާލެއްދެއްވާ

avatar
wpDiscuz