އަކުރަމުގެ މޮޅުކުޅުމާއިއެކު އަހަރުގެ ފުރަތަމަ މެޗް މާފަރަށް

މިއަދުގެ މެޗަށް މާފަރުން ނެރެފައިވާ ޓީމް / ފޮޓޯ: ލަންދޫއިންފޯ

މިއަދު ލަންދޫގައި ކުޅެވުނު މިއަހަރުގެ އެކުވެރިކަމުގެ ފުރަތަމަ މެޗުގައި އަވައްޓެރި މާފަރު ޓީމާއި ބައްދަލްކޮށް ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމްގައި ހިމެނޭ މާފަރަށް އުފަން އުއްމީދީ ހުނަރުވެރި ކުޅުންތެރިޔާ އަކްރަމް ޢަބްދުލް ޤަނީގެ މޮޅުކުޅުމާއި އެކު 3 ލަނޑު 2 ލަނޑުން މާފަރު ޓީމް މޮޅުވެއްޖެއެވެ.

މިއަދުގެ މެޗަށް މާފަރުން ނެރެފައިވަނީ މިވަގުތައް މާފަރުން ނެގެންއޮތް އެންމެވަރުގަދަ ޓީމްކަމަށް އެޓީމްގައި ހިމެނޭ ބައެއް ކުޅުންތެރިން ބުނެއެވެ. މިގޮތުން މިއަދުގެ މެޗުގައި މާފަރުޓީމަށް ކުޅެފައިވާ މަޝްޙޫރު ކުޅުންތެރިންގެ ތެރޭގައި ތަޖުރިބާކާރު ޝޭޑީ އާއި އޭޑީގެ އިތުން ޑޫ އާއި ހަބީ އަދި ނައްޑަ އާއި ނިއްބަ ފާހަގަ ކޮށްލެވެއެވެ. މިއަދުގެ މެޗުގައި މާފަރުޓީމުން ރީތި ޕާސިންގ ފުޓްބޯޅައެއް ފެނިގެން ގޮސްފައިވެއެވެ.

މިއަދުގެ މެޗަށް ލަންދޫއިން ނެރެފައިވަނީ ވަރަށް އާދައިގެ ޓީމެކެވެ. މިއަދުގެ މެޗުގައި ފުރަތަމަ ގޯލް މާފަރަށް ލިބުނު ހިލޭޖެހުމަކުން ހިތްގައިމް ގޮތަކަށް ކާމިޔާބު ކޮށްދިނީ ދަނޑުމަތީގައި ކޯޗެއްގެ ރޯލް އަދާކުރަމުން ގެންދިޔަ އަކުރަމް ޢަބްދުލް ޤަނީއެވެ. މާފަރުގެ ދެވަނަ ލަނޑު ޖަހައިދީފައިވަނީ ހަބީއެވެ. މާފަރުގެ ތިންވަނަ ލަނޑު އަކުރަމް ކާމިޔާބުކޮށްދީފައިވަނީ ތިންހަތަރު ކުޅުންތެރިން ބީޓްކޮށްލުމަށްފަހު ބާރު ސްޕީޑްގައި ގޯލަންޖަހައި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. ލަންދޫޓީމުންޖެހި ދެލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ހަނި އެންގަލަކުން ހުސެއިން ޖަވާ ޖަވާ ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ  އަރަމުން އަންނަ ޒުވާން ފޯވާރޑް އަހްމަދު ޝާތިޢު އެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ލަންދުއަށް ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު ބަނދަރުކުރާނެ

ނ.ލަންދުއަށް ގެންނަ 250 ކިލޯވޯޓްގެ ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު 7 އާއި 8 ދެމެދު ލަންދުއަށް …

ޚިޔާލެއްދެއްވާ

avatar
tinku
tinku

wc maaffaru team..

wpDiscuz