އަބްދުﷲ އަބްދުއް ރަހީމް އަނެއްކާވެސް ޑީއާރްޕީއަށް

ޑީއާރްޕީގައި ހުންނެވުމަށްފަހު އެމްޑީޕީއަށް ބަދަލުވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއް ރަހީމް ޑީއާރްޕީއާ ގުޅިވަޑައިގެންފި އެވެ.

އަބްދުﷲ އަބްދުއް ރަހީމް ޑީއާރުޕީއާއި މިގުޅިވަޑައިގެންނެވީ އެމްޑީޕީ ތެރޭގައި ހިޔާލުތަފާތުވުންތަކެއް ހުރި ކަމުގެ ހަބަރު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގައި ގަބޫލު ނުކުރެވޭ ފަދަ ކަންތައްތަކެއް ހިންގާ ޕާޓީ ތެރޭގައި ފެކްޝަން އުފެދުމުން އަލުން ޑީއާރްޕީއާ ގުޅިވަޑައިގަތީ ކަމަށް ޑީއާރުޕީއަށް ސޮއިކުރުމަށް ބޭއްވި ނޫސް ކޮންފަރެންސްގައި އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވި އެވެ. އެމްޑީޕީގެ އިންސާފުގެ ދަތުރުގެ ޖަގަހައިގައި ޖަރީމާތަކެއް ހިންގި ކަމަށާއި އެކަން ހުއްޓާލުމަށް އެމްޑީޕީގެ އިސްވެރިންގެ ކިބައިން އެދުމުން އެކަން ހުއްޓާ ނުލުމުން އެމްޑީޕީގެ ހަރަކާތްތަކާ ދުރަށް ވަޑައިގަތީ ކަމަށް އޭނަ ވިދާޅުވި އެވެ.

އަދި އެމްޑީޕީގެ ޕޯޑިއަމް ތަކުގައިވެސް ޑރ.ވަހީދު އޭ ކިޔައިގެން ރީތިކޮށް ވާހަކަދައްކަން ބޭނުންވިކަމަށާއި، ނަމަވެސް އެގޮތަށް ވާހަކަނުދެއްކުނީ އެޕާޓީގެ އެކްޓިވިސްޓުންނާއި، ވެރިން އެގޮތަށް ބޭނުން ނުވާތީ ކަމަށްވެސް އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވެފައިވެ އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ބޮޑު 16

ﷲ ސުބުހާނަހޫ ވަތަޢާލާ މިދުނިޔެ މިގޮތުގައި ލައްވާފައި ވާނަމަ 2012 މެއި 16 ވާ ބުދަދުވަހުވެސް ފިތުރަތުގެ އުސޫލުން ދުނިޔޭގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz