އަރަބިއްޔާ ސްކޫލުވެސް ހިންގަމުން ގެންދާ މަންދު ކޮލެޖުގެ ކަރަންޓް ކަނޑާލައިފި

އަރަބިއްޔާ ސްކޫލުވެސް ހިންގަމުން ގެންދާ މަންދު ކޮލެޖުގެ ކަރަންޓު ބިލް ނުދައްކައިގެން ކަމަށްބުނެ އެސްކޫލުން ކަރަންޓު ކަނޑާލައިފިކަމަށް މަޢުލޫމާތު ލިބިއެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަންދު ކޮލެޖުން ކަރަންޓު ކަނޑާލާފައިވަނީ މިއަދު މެންދުރު ބާރަޖަހާ އެހާކަށްހާއިރެވެ. މިމައްސަލައާ ގުޅިގެން ބައެއްމީޑިއާ ތަކުގައިވަނީ އަރަބިއްޔާ ސްކޫލުގެ މުދީރުއާއްމު ޝައިޚް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު ވިދާޅުވީ އަރަބިއްޔާ ސްކޫލުން ކަރަންޓު ފީގެ ގޮތުގައި ވޭތުވެދިޔަ މަސްތަކަށް ދައްކަންޖެހޭ ފައިސާ މަންދު ކޮލެޖާ ވާނީ ހަވާލުކޮށްފައި ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިމައްސަލަ ހައްލު ކޮށްދިނުމަށް މިހާރުވަނީ މިނިސްޓްރީގައި ދަންނަވާފައެވެ. އަދި އަންނަ އާދިއްތަ ދުވަހު ސްކޫލް ހުޅުވުމުގެ ކުރިން މިނިސްޓްރީން އެކަން ހައްލު ކޮށްދޭނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވާކަމަށް މީޑިއާގައިވެއެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

އައި.ޖީ.އެމް.އެޗްގެ އެނދުގެ ކެޕޭސިޓީ އިތުރުވެ 500 އަށް ބަދަލުވެގެންދާނެ – ރިޔާސީ ބަޔާން

ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތައް ރާއްޖެއަށް ތަޢާރުފުކުރުމަށްޓަކައި، ޑައިގްނޯސްޓިކް ސެންޓަރ ހިމެނޭ 25 ބުރީގެ ޢިމާރާތާއެކު، ”ދަރުމަވަންތަ …

ޚިޔާލެއްދެއްވާ

avatar
wpDiscuz