އަންގާރަ ލާ ޙައިރު

ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމާއި ހަވާލުވީ 11 ނޮވެމްބަރ 2008 ވީ އަންގާރަ ދުވަހުއެވެ. އެމަނިކުފާނުގެ ވެރިކަން ވެއްޓިފައިވަނީ ހަމައެފަދައިން 7 ފެބުރުއަރީ 2012 ވީ އަންގާރަ ދުވަހުއެވެ. އަންގާރަ މިއީ އިއްތިފާގެއް ބާއެވެ. މުސްކުޅިން ބުނާއަޑު އަހަމެވެ. ” އަނންގާރަ ލާ ޙައިރު އަޅައިފި އަތަކަށް މަރެވެ”  ކޮންމެޔަކަސް އަންގާރަ ދުވަހަކީ މިފަހަކަށް އައިސް ރައީސް ނަޝީދުގެ ހަޔާތުގެ އުކެމުންދިޔަ ސަފުހާތަކުގެ އެންމެކަޅު އެއްދުވަހެވެ.

ރައީސް ނަޝީދަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތު މިރާއްޖޭގައި ތިއްބެވި ސިޔާސީ ގޮތުން އެންމެ ފުންނާބުއުސް ދެބޭފުޅުންގެ ތެރެއިން އެއްބޭފުޅާއެވެ. އަނެއްބޭފުޅަކީ ޢޭގެކުރީގެ ރަޢީސުލްޖުމުހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ޤައްޔޫމެވެ. މިދެބޭފުޅުންނާއި އެއްސަފެއްގައި ސިޔާސީގޮތުން ހަންފަތުރާލަ ދެވޭފަދަ އެއްވެސް ބޭފުޅަކު މިވަގުތަކު ދިވެހިރާއްޖޭގެ ސިޔަސީ މަސްރަހުގައި ފިޔަޖަހަމުން ނުދާކަން ފާހަނގަ ކުރަމެވެ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓި ދިޔައީ މައިގަނޑު ތިންސަބަބަކާއި ހުރެއެވެ. ފުރަތަމަ ސަބަބަކީ ކުރުގޮތަކަށް ބުނާނަމަ ސިފައިންނާއި ފުލުހުންގެ ކޮންޓްރޯލް ރައީސް ނަޝީދަށް ގެއްލުމެވެ. ނުވަތަ މި ދެމުއައްސަސާގެ ތެރޭގައި ރައީސް ނަޝީދު ގެންގުޅުއްވަންޖެހޭ ( މަޖުބޫރު ) ” އިންޓެލިޖެންސް ” ފޭލްވެފައި ވުމެވެ. މިބުނި މަގަށް މި ދެމުއައްސަސާގެ ތެރޭގެ އިންޓެލިޖެންސް ފޭލްވެފައިވުމުން ސިފައިންނާއި ފުލުހުންގެ އިސްއޮފިސަރުންގެ ތެރެއިން އެބުނާ މަދުބަޔަކަށް ބަގާވާތް ހިންގަން ފުރުސަތު ލިބުނީ ކަމުގައި ބެލެވެއެވެ. ރައީސް ނަޝީދުގެ އިތުރުން މިކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ދެބޭފުޅުންނަކީ ޑިފެންސް މިނިސްޓަރާއި ، ހޯމްމިނިސްޓަރެވެ.

އަޅުގަނޑަކީ ސިޔާސީ މާހިރެއް އަދި ސިޔާސީ މުފައްކިރެއްވެސް ނުމެ ނޫންމެއެވެ. އެކަމަކު ރައީސް ނަޝީދުގެ ވެރިކަން 7 ފެބުރުއަރީ 2012 ގައި ވެއްޓުމުގެ 3 ދުވަސްކުރިން ވީ ޓީވީ އަށާއި ދި ޓީވީއަށް ސިޔާސީ ތަފާތު ބޭބޭފުޅުން އަރައިގެން ދެއްކެވި ވާހަކަ ތަކުންނާއި ނައިބުރައީސް ފަތިހުގެ މުނާޖާގޮވަން ކައިރި ވެފައިވާ ވަގުތެއްގައި ސިޔާސީ ޕާޓީ ތަކުގެ ވެރިންނާއި އެކު ވެރިކަން ބަދަލު ކުރުމުގެ އަހުދުނާމާ އެއްބަސް ވެފައިވާތީ ބަޔަކު ޒަމާންވީ ދިވެހިވެރިކަން ތަގައްޔަރު ކޮށްލަން ނުވަތަ ބަގާވާތެއް ގެންނަން ރާވައިފިކަން ރޯމާދުވާލުހެން ކަށަވަރު ވެއްޖެއެވެ.

ދެވަނަ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ނިމިދިޔަ 30 އަހަރުގެ އަނިޔާވެރި ދިގު ވެރިކަމުގެ ތެރޭގައި ރައީސް މައުމޫނުގެ ވެރިކަމުގައި މުއްސަދި ވެފައިވާ ( ކަރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ ) ބޭބޭ ފުޅުންނާއި ބޮޑެތި ޑްރަގުޑީލަރުން އިންސާފުގެ ކުރިމައްޗަށް ގެންދަން މަސައްކަތް ކުރުމެވެ. ދުނިޔޭގެ ތާރީހުގެ ސަފުހާ ތަކުން ފެންނަގޮތުގައި ކަރަޕްޝަނާއި، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރެއްވި ހުރިހާ ރައީސުންގެ ނިމުންވެސް ނިމިގޮސްފައިވަނީ މިކަހަލަ ގޮތަކަށެވެ.

ރައީސް ނަޝީދުއަތުން ވެރިކަން ގެއްލޭ ތިންވަނަ ސަބަބެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވެނީ ﷲ ސުބުހާނަހޫ ވަތަޢާލާ ރައީސް ނަޝީދާއި ހަވާލު ކުރެއްވި އަމާނާތް އުފުއްލެވުމުގައި ރައީސް ނަޝީދާއި އޭނައިގެ ކަމާއިބެހޭ ބައިވެރިން ވެރިކަމުގެ ” ދުސްމަނުންގެ ބޯކޮޅަށް ނުބައްލަވާއި ދުނިޔެވީ އުފާތަކުގައި ” ޤާފިލުވެ ” ވަޑައިގެންނެވީއެވެ. މިގޮތުން ވެރިކަމުގެ އާރާއި ބާރާއި ޖާހު އޮތްދުވަސްވަރު އެންމެ އަރިސް ބައެއް ބޭބޭފުޅުންގެ ފަރާތްޕުޅުން ފެނިލެއްވި ބަދުއަޙުލާގީ އެތަށް ވީޑިއޯތަކެއްވަނީ ލީކުވެ އަނެއްބައި ވީޑިއޯވަނީ ބޮޑު އިސްކްރީނަށް އައުމުގެ މަގުމަތީގައެވެ. އަދި މީގެ އިތުރުން ބޮޑެތި ބޮޑެތި ބޭބޭފުޅުންގެ ކާރުކޮޅުތަކުގެ ޑިކީގައި ޗުންމަޅީގެ ފޮށިގަނޑުތަށް އުފުއްލަނިކޮށް ވަނީ ގުއިރޯނުގައި ޖައްސާފައެވެ. މިފަދަ ހަޑިމުޑުދާރު އަމަލުތަކުން ރައީސް ނަޝީދު ބަރިއްޔަ ވިއަސް އެމަނިކުފާނުގެ އަރިސް ބޭބޭފުޅުންގެ ފަރާތްޕުޅުން މިކަންތަށްތަށްވަނީ ފެނިފައެވެ. މިވާހަކަ ތަކަކީ މުޅިގައުމުދަންނަ އެހާމެބޮޑެތި ސިއްރު ވާހަކަ ތަކެވެ.

ލިޔުނީ: އަދުނާނު އިބްރާހީމް / ނ.މާޅެންދޫ

ސިޔާސީވިޔަސް ސަމާސާވިޔަސް އެންމެންގެ ފިކުރާ ގުޅޭނޭހެން ލިޔުންތައް ލިޔުމަކީ އަދުނާނަކަށް މާބޮޑުކަމެއްނޫންކަން ލަންދޫއިންފޯގައި އަދުނާން ޝާއިޢުކުރާލިޔުންތަކުން އެނގެއެވެ. އަދުނާނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ.

މިލިޔުންވެސް ކިޔާލާ

އީޔޫގެ ރިޕޯޓްގައިވާ އެންމެ ކަމެއް ފިޔަވައި އެހެން ހުރިހާކަމެއް ބަލައިގަނެވޭނެ – ނަޝީދު

އީޔޫ އިން ނެރެފައިވާ ރިޕޯޓްގައިވާ އެންމެ ކަމެއް ފިޔަވައި އެހެން ހުރިހާކަމެއް ބަލައިގަނެވޭނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު …

ޚިޔާލެއްދެއްވާ

avatar
kasimbe
kasimbe

Anni ebunaa bagaa
vaaathuge adyga aslu hury kaakubaa ?

ބަބުރު
ބަބުރު

އަދުނާނު ތިކިޔާ އެއްޗެއްވެސްމިހާރަކު ޤަބޫލު ކުރެވޭކަށް ނެތެއްނު. މިހާރު އަންނި އެބުނަނީ ބަޣާވާތުގެ އެންމެ ފުލުގައި ހުރީ މުލޭ އޭ……….. ހެހެހެ.

މުޙައްމާ
މުޙައްމާ

ނަޝީދުގެ ވެރިކަން ބަދަލްވިކަމަށް އަދުނާނު ތިޔަ ބުނި ކަންތަކުގެ ތެރެއިން އެންމެ ފުރަތަމަ ކަންތަކާއި އެންމެފަހު ކަންތައް ޤަބޫލްކޮށްފާނަށް އެކަމަކު މެދަށް އިންކަންތަކުގަ ބުނެލަން ޖެހެނީ ނަޝީދުގެ ވެރިކަމުގައި އެކަންތައްތައް ބަލަންވާ ގޮތަކަށް ނުބެލުނޭ !!

އެންޑީޕީ
އެންޑީޕީ

ހާދަ ކުށް ގިނައޭ!