އަހަރުގެ ދެވަނަ މެޗުން ލަންދޫ ބަލިވެއްޖެ

ކޮންމެ އަހަރެއްގައިވެސް ލަންދޫއަކީ އެކުވެރިކަމުގެ ގިނަ އަދަދެއްގެ ފުޓްބޯޅަ މެޗުތަކެއް ކުޅެވެމުންދާ ރަށަކަށްވީ ހިނދު މިއަހަރު ކުޅެވުނު އެކުވެރި ކަމުގެ ދެވަނަމެޗުން ލަންދޫގެ ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.
އިއްޔެ ހަވީރު ކެނދިކުޅުދޫ ފުޓްބޯޅަ ޓީމާއި ދެކޮޅަށް ލަންދޫގެ ފުޓްބޯޅަޓީމުކުޅެ ލަންދޫގައި ލަންދޫޓީމު ބަލިވެފައިވަނީ 4 ލަނޑު 2 ލަނޑުންނެވެ. އިއްޔެގެ މެޗު ފަށައިގެން ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ މިފަހަކަށް އައިސް އަތޮޅުގެ އުތުރު ބިތުގައި ފުޓްބޯޅައިން މޮޅުކުޅުމެއް ދަށްކަމުން އަންނަ ކެނދިކުޅުދޫ ޓީމުންނެވެ. ނަތީޖާއަކަށްވެގެން ދިޔައީ ފުލުފުލުގައި 4 ލަނޑު ޖަހާ ދެވަނަ ހާފަށް ދިއުމުގެ ކުރިން ލަންދޫގެ ޓީމު ޕްރެޝަރަށް ވައްޓާލުމެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން އެ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ލަންދޫޓީމުން ކޮންޓްރޯލް ކުރިނަމަވެސް ލަންދޫޓީމަށް މެޗުން މޮޅުވުމުގެ އިތުރުން މެޗު އެއްވަރުކޮށްލުމުގެ ފުރުޞަތުވެސް ކެނދިކުޅުދޫ ޓީމުން ދީފައެއް ނުވެއެވެ. މިހާފުގައި ލަންދޫޓީމުން ކާމިޔާބުކުރި ދެގޯލު ކާމިޔާބުކޮށްދިނީ ގިނަ ދުވަސްތަކަކަށްފަހު ލަންދޫގެ ސީނިއަރޓީމަށް ކުޅުނު ތަޖުރިބާކާރު މިޑްފީލްޑަރ މުހައްމަދު ހަސަން (ރަނބޭ) އާއި އަދި ޒުވާން ކުޅުންތެރިޔާ މުޙައްމަދު އަރުޝަދު (ފެންޑަރޭ) އެވެ.
އިއްޔެގެ މެޗުގައި ލަންދޫޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ތަޖުރިބާކާރު ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަޙީމް (ޔޫއްޓޭ) އާއި އިބުރާހިމް ސައުދު (ސައުދު)އެވެ. މިފަހަކަށް އައިސް ލަންދޫގެ ފުޓްބޯޅަ ޓީމަށް އެކަށީގެންވާ ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށްބުނެ ޓީމުގެ ސަޕޯރޓަރުން އަންނަނީ ވަރަށް ބޮޑަށް ޓީމަށް ފާޑުކިޔަމުންނެވެ.
އިއްޔެގެ މި މެޗު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ލަންދޫ ޕޮލިސް ސްޓޭޝަންގެ އިންޗާރޖު މުޙައްމަދު ވާސިއުއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މިނިވަންދުވަހުގެ މުނާޞަބަތުގައި 40 އަހަރުން މަތީގެ މީހުންގެ ފުޓްބޯޅަ މެޗެއް ކުޅެފި.

މިއަހަރުގެ މިނިވަންދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ނ.ލަންދޫ ކައުންސިލުން އިސްނަގައިގެން ރަށުގެ އެހެނިހެން މުއައްސަސާ ތަކާ ގުޅިގެން ކުރިއަށް ގެންދާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz