ކޯޓު އަމުރެއްގެ ދަށުން ފުލުހުން އުސްފަސްގަނޑަށް….

އެމްޑީޕީން ކޭމްޕް ޖަހައިގެން މުޒާހަރާ ކުރަމުންދާ އުސްފަސްގަނޑަށް ފުލުހުން ގޮސްފި. އެތަނަށް ފުލުހުން ގޮސްފަިއ ވަނީ މިއަދު ހެނދުނު 8:00 ޖެހީއިރު ކޯޓު އަމުރަކާއެކުއެވެ.އެހިސާބަށް ފުލުހުން ދިއުމަށްފަހު ފުލުހުން ވަނީ ސްޓެލްކޯޔާއި ހިސާބުން ބޮޑުތަކުރުފާނު މަގު ބަންދުކޮށްފައެވެ.

މި ކަމާ ގުޅިގެން ފުލުހުންގެ މިޑިޔާ އޮފިޝަލް ވިދާޅުވީ އުސްފަސްގަނޑަށް ފުލުހުން ގޮސްފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެތަން ބަލާ ފާސްކުރުމަށް ކަަމަށާ،އުސްފަސްގަނޑު ބަލާ ފާސްކުރުން ދިގުދެމިގެން ދާނެ ވަކި ގަޑިއިރެއްބުނަން ނޭންގޭކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން އުސްފަސްގަނޑު ސަރަހައްދު ބަލާފަާސްކުރުމުގެ ކުރިންވަނީ އެމްޑީޕީގެ މަންދޫބުން އެސަރަހައްދުގައި ފާސްކުރާވަގުތު ގަތިބުމަށް ފުރުސަތުދީފައެވެ.އަދި އެމްޑީޕީން އެކަމަށް އިޖާބަ ނުދީފި ކަމުގައިވަނީނަމަ ޕޮލިސް އިންޓަގުރިޓީ ކަމިޝަންގެ ޙާޒިރުގައި ފާސްކުރަން ފަސާނެކަމަށް ފުލުހުންވަނީ ބުނެފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

އާބާދީބޮޑު ވެލިދޫ ބަލިކޮށް ލަންދޫ ފައިނަލަށް

ޝިޔާމް-މަޢުރޫފް ސޮކަކަޕްގެ ސެމީފަނަލް ދެވަނަ މެޗުގައި އިއްޔެހަވީރު ނ.އަތޮޅުގެ އާބާދީ އެންމެ ބޮޑުރަށް ވެލިދޫ ބަލިކޮށް ލަންދޫ ފައިނަލަށް ގޮއްސިއެވެ. …

ޚިޔާލެއްދެއްވާ

avatar
އިބްން އިބްރާހީމް
އިބްން އިބްރާހީމް

ސާބަސް އިރޭ. އަދިވެސް މިއަށްވުރެ އަޕްޑޭޓްކޮށް ޚަބަރުތައް ގެނެސްދޭނެކަމަށް އުއްމީދުކުރަން…..

wpDiscuz