ކޯނީ ރިޕޯޓު ގަބޫލު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ

މިއަދުގެ ހަވީރުގެ ވަގުތެއްގައި ކޯނީގެ ރިޕޯޓަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ކޯނީގެ ރިޕޯޓަށް އެންމެން އިހްތިރާމް ކުރަން އެކި ފަރާތްތަކުން ގޮވާލާފައި ވާއިރު އެގޮތަށް ކުރިއަށް ދާއިރު ރިޕޯޓްގައި ބުނާ ހުރިހާ ކަމެއް ކުރުމަށް ހުރިހާ ޕާޓީތަކެއް އެއްބަސްވެފައިވާ ކަމަށެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ” ރިޕޯޓް ބަލައިގަންނަ ނަމަ ބާޣީ ސަރުކާރެކޭ ނުބުނެވޭނެ، ސަރުކާރާ މެދު އެއްޗެއް ނުބުނެވޭ. އެކަމަކު ސިފައިންނާއި ފުލުހުންނާ މެދު ފިޔަވަޅު ނާޅައި ނަމަ ބާޣީއޭ ގޮވޭނެ.”

އަދިވެސް ވިދާޅުވިއެވެ. ” ދިވެހިރާއްޖެ އަށް ހަމަޖެހުން އޮތީ ރިޕޯޓަށް އަމަލުކޮށްގެން. އެ ރިޕޯޓްގައި ބުނާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ އެކަން ކުރަންޖެހޭނެ. ސިފައިންނާއި ފުލުހުންގެ ގާނޫނާ ހިލާފްވި ކަމަށް ރިޕޯޓްގައި ބުނާ މީހުންނާ މެދު ފިޔަވަޅު އެޅުން އަވަސްކުރަން ޖެހޭ. ގާނޫނުގައި ބުނާ ގޮތުން ނަމަ އެއީ ބަޣާވާތް ކުރި މީހުން”

ކޮންމެއަކަސް ވެރިކަމަކީ މީހާ އެކަމަށް އަވަލަވާ ކަމެއްކަން ކުރިން ވެރިކަން ކުރެއްވި ރައީސުންގެ ޢަމަލުތަކުން އަޅުގަނޑުމެންނަށް އެނގި ތަޖުރިބާ ކުރެވިފައި ވެއެވެ. މިގޮތުން ކުރީގެ ރައީސް މައުމޫނު ކޯނީގެ ރިޕޯޓް ނެރުމުގރމާކުރިން ވަނީ ވަކިގޮތަކަށް އެރިޕޯރޓްގެ ނަތީޖާ ނުނިކުންނަނަމަ، ބަލައިނުގަންނާނެ ވާހަކަ ވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝިދުވިދާޅުވީ އެމަނިކުފާނާއި ބެހޭގޮތުން ހުޅުމާލޭ ކޯޓަށް ހުށައެޅިފައިވާ މައްސަލަވެސް އަވަސްކުރެއްވުމަށެވެ. މިއީ ޑިމޮކްރަސީގެ ކިހާރީތި ނަމޫނާއެއްތޯއެވެ؟ އަޅުގަނޑުމެންގެ އެންމެހައި ކަންތައްތަކާއި ޙަވާލުވެފައިވާ ވެރިނަނަށް މާތްﷲ ތެދުމަގުދައްކަވާ ހެޔޮވިސްނުން މިންވަރުކުރައްވާށިއެވެ! އަދި މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކަށް ލޯބިކުރާ އަދި އެދީން ރައްކާތެރިކުރައްވަން މަސައްކަތްކުރާ ބަޔަކު މެނުވީ އަޅަމެންގެ މައްޗަށް ވެރިނުކުރައްވާށިއެވެ! އާމީން.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

އެއްވެސް މެޗަކުން ބަލިނުވެ މިލަދޫއިން ޗެމްޕިއަންކަން ހޯދައިފި

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިލަދޫޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދައިފިއެވެ. މިއީ ނ.އަތޮޅުގެ …

ޚިޔާލެއްދެއްވާ

avatar
ޢަލީ ޒިޔާދު
ޢަލީ ޒިޔާދު

ރައީޝް މުޙަންމަދު ނަޝީދު ދެފަހަރަކު އެކައްޗެއް ވިދާޅެެއްނުވޭ… އެވަރުގެ ބޭފުޅަކުދޯ މިބެހެއްޓުނީ 3 އަހަރުވަންދެން ވެރކަމުގައި….

މޯޑް
މޯޑް

ހަމީދު ތިޔަ ބުނުއްވަނީ އަންނި އަކީ ނަމޫނާ ލީޑަރެކޭތަ / ތިޔަފަދައިން ހިތަށް އަރުވަންވެސް މަރުހިޔޮ ނުވާނެ ، މިޤައުމު މިއަދު މިދެކޭ ހިތްދަތި ދުވަސްތަކުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭނީ ތިޔަބުނާ އަންނި ނޫން ދެވަނަ މީހެއް ނޫން ، އަންނި އަކީ މި ޤައުމުގެ ހަލާކު .

wpDiscuz