ކޯނީގެ ރިޕޯޓް ސަރުކާރުން ބަލައިގަންނާނެ – ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން

ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރުތައް ބަދަލުވީ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު އުފެއްދެވި ނޭޝަނަލް އިންކްއަރީ ކޮމިޝަންގެ ރިޕޯޓް ސަރުކާރުން ފުރިހަމައަށް ބަލައިގަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިންކްއަރީ ކޮމިޝަން ނުވަތަ ކޯނީގެ ރިޕޯޓް ސަރުކާރުން ބަލައިގަތުމާއިމެދު ބައެއް ފަރާތްތަކުން އުފައްދާ ސުވާލު ތަކުގެ ރައްދުގައި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ ކޯނީއަކީ ސަރުކާރުން އުފެއްދި ކޮމިޝަނެއް ކަމަށާއި އެހެން ކަމުން އެތަނުން ނެރޭ ރިޕޯޓެއް ސަރުކާރުން ބަލައި ގަތުމާއިމެދު ސުވާލު އުފައްދާނެ ތަނެއްވެސް ނެތްކަމަށެވެ. ރައީސް ޑރ. މުހަންމަދު ވަހީދު އެފަދަ ކޮމިޝަނެއް އުފެއްދެވި އެންމެ ބޮޑު ބޭނުން ފުޅަކީ ވެރިކަން ބަދަލުވި ވާހަކަތައް އޮޅުން ފިލުއްވައި ދެއްވައި ކަމުގެ ހަގީގަތް ހާމަކޮށްދެއްވުން ކަމަށާއި އެކަން ކުރައްވަން އެމަނިކުފާނު އަމިއްލަފުޅަށް އުފައްދަވާފައިވާ ކޮމިޝަނެއްގެ ނިންމުން އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާނެ ކަމާއިމެދު ސުވާލެއް އުފެއްދުމުގެ ޖާގަވެސް ނެތްކަމަށެވެ. އައްބާސް ވިދާޅުވީ ކޯނީގެ ނިންމުންތަކުގައި ކަމެއް ތަހުގީގުކޮށް ބެލުމަށް ޖާގައޮތް ނަމަ އެކަން ކުރައްވާނީ ޕްރޮސިއުކިއުޓަރ ޖެނެރަލް ކަމަށެވެ.

ކޯނީގެ ރިޕޯޓް ނެރުމުން އަމިއްލައަށް އިސްތިޢުފާ ދެއްވި ނަޝީދު މަގުމަތިން އިންސާފު ހޯއްދެވުމަށް އުޅުއްވި ނަމަވެސް އެކަމެއް ނުވާނެ ކަމަށާއި އެކަން ކުރެވޭނީ އެކަމަށް ހުރި މަގުތަކުން ހިންގަވައިގެން ކަމުގައި އައްބާސް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވެފައިވަނީ ކޯނީގެ ރިޕޯޓް ނެރުމަށްފަހު ނަޝީދު ގެއަށް ވެދެވަޑައިގަންނަވާނީ އިންސާފު ހޯއްދަވައިގެން ކަމަށެވެ.

ކޯނީގެ ރިޕޯޓްގައި ނުބައިކޮށް ކަމެއް ހިނގައިފައިވާ ކަމަށް ބަޔާންކޮށްފައިވާނަމަ އަދި އެކަމުގެ އެކަށީގެންވާ ހެކި ހުރެއްޖެ ނަމަ ދައުވާ ކުރުމުގެ ބާރު ޕީޖީއަށް ލިބިގެންވާ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ވެރިކަން ބަދަލުކުރަން ފެށި މުޒާހަރާ ތާކުންތާކު ނުޖެހި ނިމިއްޖެ.

ކޯނީގެ ރިޕޯޓް މިއަދު ނެރުމަށް މިއަދު ހަމަޖެހިފައިވާތީ އެކަމާދިމާކޮށް ރައީސް މުހަންމަދު ނަޝީދު އިސްކޮށްހުންނަވައިގެން ވެރިކަން ބަދަލުކޮށްލުމަށް ކަމަށް ބުނެ …

ޚިޔާލެއްދެއްވާ

avatar