ކޮލަމިސްޓް ކޮކްޓޭލް

           މިލިޔުމުގައި އަޅުގަޑު ބަލައިލާނީ މިހާތަނަށް އެކިނަންނަމުގައި ލަންދޫ އިންފޯގައި އަޅުގަޑު ލިޔެފައިވާ ލިޔުންތަކަށް ކިޔުންތެރިންގެ ފަރާތުން ލިބިފައިވާ ތަފާތު ކޮމެންޓްސް ތަކުގެ މައްޗަށެވެ. މިއީ މިގޮތުން އަޅުގަނޑު ލަންދޫ އިންފޯއަށް ލިޔާ 63 ވަނަ އާޓިކަލެވެ.

        ލިޔުންތެރިކަމަކީ ނުވަތަ ކޮލަމިސްޓުންގެ ދައުރަކީ ލިޔުމުގެ ވާސިތޯއިން އެއިރެއްގައި ނުވަތަ އެތަނެއްގައި ކަންހިނގާމަގު ހާމަކަންބޮޑު ގޮތަކަށް އޮޅުވައިލުމެއްނެތި ރައްޔިތުންނާއި ހިސާބަށް ލިޔުމުން ގެނެސް ދިނުމެވެ. ނުވަތަ އެންމެ ފުރިހަމަ ލިޔުމަކީ އެކޮލަމިސްޓަކު އެބުނަންއުޅެ އެއްޗެއް ކުރުކޮށް އެންމެ އާދައިގެ ބަހުރުވައިން ރައްޔިތު މީހާއަށް ފަހުމުވާގޮތައް ލިޔުމެވެ.

        އަޅުގަޑު ގަބޫލުކުރާގޮތުގައި ކޮލަމިސްޓުންގެ ލިޔުންތަކަކީ ތޫނު ހަންޖަރަކައްވުރެވެސް ނުރައްކާތެރި ތޫނުއެއްޗެކެވެ. އެހެންކަމައްވުމުން ކޮލަމިސްޓުންގެ ލިޔުންތަށް ވާންޖެހޭނީ ރައްޔިތުމީހާއަށް ތެދުމައުލޫމާތު ލިއްބައިދެނިވި އިބުރަތްތެރި ތެދުއެއްޗަކަށެވެ. ހަމައެފަދައިން ކިޔުންތެރިންގެ ކޮމެންޓްސްވެސް ވާންޖެހޭނީ ތެދުއެއްޗަކަށެވެ.

        ކޮލަމިސްޓުންގެ ލިޔުންތަކުގެ ކޮލިޓީ ނުވަތަ އެ އާޓިކަލެއްގެ ފޭރާންހިޔޮކަން ސާބިތު ކޮއްދޭ އެއްކަމަކީ އެއާޓިކަލަކަށް ކިޔުންތެރިންގެ ފަރާތުން ލިބޭ ބިނާކުރުވަނިވި ހިޔާލުތަކެވެ. ނުވަތަ ފާޑުކިޔުންތަކެވެ. ކިޔުންތެރިންގެ ބިނާކުރުވަނިވި ކޮމެންޓްސް ތަކަކީ އެލިޔުމެއްގެ އެއްބައެވެ. އެހެންކަމައްވުމުން ކިޔުންތެރިންގެ ކޮމެންޓްސްތައް ވާންޖެހޭނީ އެލިޔުމަކާއިގުޅޭ ލިޔާމީހާގެ އަތުން ދޫވެފައިވާ ، އެހެނަސް ބިނާކުރުވަނިވި ފާޑްލިޔުން ތަކަކަށެވެ.

      ކޮލަމިސްޓަކުލިޔާ އާޓިކަލެއްގައި ކިޔުންތެރިންނަށް ކަމުގެ ހަގީގަތް ސާފުކޮށްދިނުމައްޓައި ލިޔާމީހާ ކިތަންމެ މަސައްކަތެއް ކޮށްފައި ހުއްޓަސް ، ކޮލަމިސްޓުން ލިޔާލިޔުންތަކަށް އާންމުގޮތެއްގައި ކޮމެންޓްސް ދެއްވާ ކިޔުންތެރިންގެ ތެރެއިން ގިނަބޭފުޅުންނަކީ ކާކުކަން ނޭގޭގޮތަށް ތަފާތު ނަންނަމުގައި ކޮމެންޓްސް ދެއްވާ ބޭފުޅުންކަން ފާހަގަ ކުރަމެވެ. އަދި އެފަދަ ބޭފުޅުން ދެއްވާ ކޮމެންޓްސްތައް ގިނަފަހަރައް ބިނާވެފައި ހުންނަނީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރަކާއި އެއްގޮތަށެވެ. މިކަން މިހެން ހުރުމުން ކިޔާމީހާއަށް އެކޮލަމަކުން ހާސިލްވާންޖެހޭ އިބުރަތާއި މައުލޫމާތު ނުލިބި ކޮލަމިސްޓް މީހާގެ ހިޔަލާއިފިކުރު އެއީ ކިތަންމެ ތެދުއެއްޗެއް ކަމުގައިވިއަސް އެހިޔާލާތަކާއި ފިކުރުއެއީ މުޖުތަމައައް ބެނުންތެރި އެއްޗަކަށް ފަހަރުގައި ނުވެހިނގައިދާނެއެވެ. ހަމަ އެފަދައިން ކޮލަމިސްޓް މީހާވެސް ކިތަންމެމޮޅު ދިރާސާއެއްކޮށްގެން ކިތަންމެމޮޅު ލިޔުމެއް ލިއަން މަސައްކަތް ކުރިއަސް އެމީހަކީ ވަކިފިކުރަކައް ސިޔާސީގޮތުން ނިސްބަތްވާ މީހެއް ކަމުގައި ވަނީނަމަ އެމީހަކައްވެސް ގިނަފަހަރައް ދިރާސާގެ ނަމުގައި ބިތުފަންގި ނެގިފައި ހުންނަނީ އެމީހަކު ނުރުހޭ ފަރާތްތަކުގެ ކަންކަން ކަމުގައިވުމީ އިންސާނީ ތޮބީއަތެކެވެ. އެހެން ނަމަވެސް މިދެންނެވި ބީދައިން ކަންހިގަމުންދާއިރު އެއްވެސް މީހަކައް އެމީހެއްގެ އުނިސިފަ ނޭގުމީ އެމީހެއްގެ ކުށެއްނޫނެވެ. އެއީ އިންސާނީ ސިފައެކެވެ. އިންސާނައިގެ ފުށުގައިހުންނަ މިސިފަ އެގޭނީ ތިމާނޫން އެހެން މީހުންނަށެވެ.

ލިޔުނީ: އަދުނާނު އިބްރާހީމް / ނ.މާޅެންދޫ

ސިޔާސީވިޔަސް ސަމާސާވިޔަސް އެންމެންގެ ފިކުރާ ގުޅޭނޭހެން ލިޔުންތައް ލިޔުމަކީ އަދުނާނަކަށް މާބޮޑުކަމެއްނޫންކަން ލަންދޫއިންފޯގައި އަދުނާން ޝާއިޢުކުރާލިޔުންތަކުން އެނގެއެވެ. އަދުނާނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ.

މިލިޔުންވެސް ކިޔާލާ

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް 3 އަތޮޅެއްގެ ބައިވެރިންނަށް ހިންގައިފި

3 އަތޮޅެއްގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ …

ޚިޔާލެއްދެއްވާ

avatar
ޅޮހީއަހުމަދު
ޅޮހީއަހުމަދު

އަދުނަނު ވ.މޮލު ލިޔުމެއް! އެކަމަކު އެންމެފަހުން ތިޔައެއްބަސްވެ ލެއްވީ ވަކިކުލައެއް ޖެހިފައި ހުންނަ މީހެއްވިއްޔާ، އަދި ކިތަންމެ ތެދުއެއްޗެއް ލިޔުނަސް އެމިހާ ލިޔަނީ އެކުލަޔަކަށް ފައިދާވަ އެއްޗިހިކަން! އަދުނާނު ވ.ރައްމޮޅު ލިޔުމެއް! ވ.ސަލާމް.

މޯޑް
މޯޑް

އަދުނާނުބޭ ! ކޮމެންޓް ކުރާތީ މޭ ކަރައިގަތީ ދޯ ! ތީހަމަ ވާނެގޮތް ކަންތައްތައް ހަޖަމް ކުރަން ދަސްކޮށްބަލަ

ދިގުދޫ
ދިގުދޫ

ވަރަށް ރަގަޅު ވާހަކައެއް . އަސްލު އަދުނާުނުގެ ލިޔުންތައް އަހަރެން ވަރަށް ޝައުޤުވެރިކަމާއެކު ކިޔަން.
ވަރަށް ރަގަޅު އަދުނާނުގެ ލިޔުންތައް.

ބިސްމަޅިބެ
ބިސްމަޅިބެ

ރަނގަޅު ވާހަކައެއް

wpDiscuz