ކޮމަން ވެލްތުން ރާއްޖެ ވަކިވުމަކީ ތާއިދު ކުރާކަމެއް ނޫން-ރޮޒައިނާ

ކޮމަން ވެލްތުން ރާއްޖެ ވަކިވުމަކީ ތާއިދު ކުރާކަމެއް ނޫންކަމަށް ޑީއާރްޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވުމާއި ގުޅޭގޮތުން މިހާރު މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ބެހޭގޮތުން ދިއެފްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ރޮޒެއިނާ ވިދާޅުވީ ކޮމަންވެލްތްގެ އެންމެ އިސްފަރާތަކީ އިގިރޭސި ވިލާތްކަމަށާއި އިނގިރޭސިވިލާތަކީ ރާއްޖޭއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ އެއްގައުމުކަމަށެވެ. އެހެންކަމުން ކޮމަންވެލްތުން ވަކިވުމުގެ ކުރިން އެކަމާއި މެދު ފުންކޮށް ވިސްނަވަން ޖެހޭނެކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ  ކޮމަންވެލްތުގެ މިނިސްޓްރީއަލް އެކްޝަންގުރޫޕު ސީމެގުން ގޮވާލާފައިވާ ގޮތައް އިންކުއަރީ ކޮމިޝަން މިނިވަން ކުރުމާއި އަދި  އަވަސް އިންތިހާބަކަށް ގޮވާލާފައިވާވުމާއި ބެހޭގޮތުން އެކަމުގެ ހަގީގަތް ސަރުކާރުން ކޮމަންވެލްތައް އަންގަވަން ޖެހޭކަމަށެވެ. އަދި ރާއްޖޭގައި ކަންހިގާފައި އޮތްގޮތުގެ ހަގީގަތް ކޮމަން ވެލްތަށް އަންގާދީފިކަމުގައި ވަނީނަމަ އެކަން ކޮމަންވެލްތުން ވެސް ގަބޫލް ކުރާނެކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި އަދި ގެމަނަފުށީދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ބިލު ހުށައެޅުއްވުމަށް ފަހު މީޑިއާގައި ވިދާޅުވީ އެފަދަ ބިލެއް ހުށައަޅަން ޖެހުނީ ، ވެރިކަން ބަދަލުވުމާއެކު ކޮމަންވެލްތުން ކަންއޮތް ގޮތް ރަނގަޅަށް ނުބަލައި ވަކި ފަރާތަކަށް ޖެހި ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

ކޮމަން ވެލްތް ރިޕޯޓާއި ބެހޭގޮތުން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ޑރ، މުހައްމަދު ވަހީދު ވިދާޅުވެފައިވަނީ ރާއްޖެ ކޮމަން ވެލްތުން ވަކިވާން ސަރުކާރުން ގަސްތު ނުކުރައްވާކަމަށެވެ. އަދި ކޮމަން ވެލްތައް ރާއްޖޭގެ ވެރިކަން ބަދަލުވިގޮތުގެ ހަގީގަތް ، ސަރުކާރުން ރަގަޅަށް ކިޔައިދެއްވާނެކަމަށް ރައީސް ޑރ. ވަހީދު ވަނީ ވިދާޅުވެފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ކޮމަންވެލްތުން ރާއްޖެއަށް ފިޔަވަޅެއް އަޅަންޏާ އަޅާނީ އެޖަމާއަތުގެ ސުޓޭޓް ހެޑުންގެ ބައްދަލުވުމަށްފަހުގަ އަދި އެއީ ނޮވެމްބާރ 2013ގެ ފަސް – ނިޙާން

ކޮމަންވެލްތުން ރާއްޖެއަށް ފިޔަވަޅެއް އަޅާކަމުގައިވީނަމަ އެފިޔަވަޅެއް އަޅާނީ އެޖަމާއަތުގެ ސުޓޭޓް ހެޑުންގެ ބައްދަލުވުމަށްފަހުގަ ކަމުގައި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު …

ޚިޔާލެއްދެއްވާ

avatar
wpDiscuz