ކޮމަންވެލްތުން ވަކިވުމުން ޖުމްހޫރީ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި.

ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން އެކަމާމެދު ކަންބޮޑުވާކަން ޖުމްހޫރީ ޕާޓީން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށް ޖުމްހޫރީ ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ ބަހެއް ނެތި، ކޮމަންވެލްތުން ވަކިވުމަށް ސަރުކާރުން ނިންމެވި ނިންމެވުމުން ދޭހަވަނީ ސަރުކާރުވަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހާފައިވުން ކަމަށެވެ.

ޖޭޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަކީ ރާއްޖޭގެ އިގުތިޞާދަށާއި، އިންސާނީ ވަސީލަތް ތަރައްޤީކުރުމަށާއި، ކުޅިވަރަށާއި، ޑިމޮކްރަސީއަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.

ޖޭޕީން މިރޭ ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޮމަންވެލްތުން ވަކިވުމަށް ކުއްލިއަކަށް ނިންމި ނިންމުމާމެދު ކަންބޮޑުވާ ކަމަށެވެ. ޚާއްސަކޮށް ކޮމަންވެލްތާއި އދ އާއި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ މިދަނޑިވަޅުގައި މިފަދަ ނިންމުމެއް ޢިއުލާން ކުރުމުން ކަންބޮޑުވުން އިތުރުވާ ކަމަށް ޖޭޕީގެ ބަޔާނުގައިވެއެވެ.

ޖޭޕީން މިފަދަ ބަޔާނެއް ނެރެފައިވާއިރު ޖޭޕީއާއި ސަރުކާރާ ދެމެދު ވަނީ ޚިޔާލުތަފާތުވުން ތަކެއް ފެންމަތިވެފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޖުމްހޫރީ ޕާޓީގެ ދެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލު ކޮށްފި

2017 ވަނައަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލާފައިވާ ދެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލު ކޮށްފި އެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz