ކޮބާ ކޮބާ މަގޭވޯޓް ކޮބާ !

ސިޔާސީ ފެންޑާގެ ނަމުގައި  އަޅުގަނޑު މިގެނެސްދޭ ކޮލަމުގައި ލިޔަމުންދާނީ އެއިރަކު ރާއްޖޭގެ މަސްރަހުގައި ރައްޔިތުންގެ ކަންބޮޑުވުމާއި ، މަސްލަހަތު އެކަމެއްގައި އެކުލެވިގެންވާ ކަންކަމުގެ މައްޗަށެވެ.

06 ފެބުރުއަރީ 2011 ވީ އަންގާރަ ވިލޭރޭ މިރާއްޖޭގެ ހުރިހާ ރައްޔިތުންހެން އަވަހާރަފުޅު ލެއްޕެވީ 11 ނޮވެމްބަރު 2008 އިން ފެށިގެން 11 ނޮވެމްބަރ 2013 ގެ ނިޔަލަށް މިރާއްޖޭގެ ވެރިކަމުގައި ކ.މާލޭ ގ.ކެނެރީގޭ މުހަންމަދު ނަޝީދު ހުންނަވާގޮތަށް 5 އަހަރު ދުވަހުގެ މުއްދަތަށް ދެއްވާފައިވާ ވޯޓް ބަދަލު ނުކުރައްވައެވެ. އެހެން ނަމަވެސް 07 ފެބުރުއަރީ 2011 ވީ އަންގާރަ ދުވަހަށް ފަތިހު ރަތްވިލާލަމުން އައިވަގުތު މިރާއްޖޭގެ ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ގުޅިގެން “ސްޕާރީގެ” އެހީގައި ރައްޔިތުންގެ ހައްގުވަނީ ނިގުޅައި ގަންފައެވެ. މިކަމަކީ ވަރަށްގިނަ ބައެއްގެ ކުރިމަތީގައި ޓީވީ ސްކްރީނު ތަކުން އެއްވެސް ސެންސަރު ކުރުމެއްނެތި ދައްކާފައިވާ މަންޒަރު ތަކެކެވެ. މިކަމަށް ދެބަސްވާނެ މާގިނަ ރައްޔިތަކު މިގައުމުގައި ނުހުންނަނެއެވެ. އެހެން ނަމަވެސް ވެރިކަން ބަދަލު ވުމުގައި ވަރައްގިނަ ރައްޔިތުން  ސުވާލު އުފައްދާ ތަހުގީގު ކުރަންޖެހޭ ވަރައްގިނަ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރަމެވެ.

ކޮންމެ ގޮތަކަށް ކަންހިނގައިގެން ނަމަވެސް ހަމަޔަގީނުންވެސް ރައީސް ނަޝީދު އިސްތިއުފާ ދެއްވި ވާހަކަ އެމަނިކު ފާނުގެ ދޫފުޅުން ވިދާޅުވި އަޑުފުޅު އަޅުގަނޑުވެސް އެހީމެވެ. އޭގެ ފަހުން 24 ގަޑިއިރުވެސް ނުވަނީސް އެމަނިކުފާނު އިސްތިއުފާ ދެއްވީ ސިފައިންނާއި ފުލުހުން މަޖުބޫރު ކޮށްގެން ކަމުގައި ވިދާޅުވެ އަވަސް އިންތިހާބަކަށް އެމަނިކުފާނު ގޮވައިލައްވާ ފިއެވެ. އެމަނިކުފާނު ނޫނަސް ދުނިޔޭގެ މަސްހޫރު ނޫސްމިޑިޔާތަކުން ، އެސީން ޖުމުހުރީ މައިދާނުގައި ހިނގަމުން ދަނިކޮން މިކަމަކީ ސީދާ ބަގަވާތެއް ކަމަށް ބުނެފާވެއެވެ.  ކޮންމެއަކަސް އެންމެންނަށް އެނގޭ މިހަގީގަތުގެ ވާހަކަ އިތުރަށް ލިޔުމުގެ ބޭނުމެއް ނެތެވެ.

މިވަގުތު ހޭޔަންބޯ ޓޮޕް ޗާޓުގެ އެއްވަނައިގައިވަނީ ” ކޮބާ ކޮބާ ކޮބަހޭ! މަގޭވޯޓް ”  މިލަވަޔާއި ” މަނީމަނީ ޔޭސް ސަރ ” މިދެލަވައެވެ.  މިދެލަވައިގެ ރާގު ލިޔެފައިވަނީ ޕޮލިހުންނާއި ، ސިފައިން ފެބުރުއަރީ 08 ވަނަދުވަހު މަގުމަތީގައި މާރޗްކުރި އާންމު ރައްޔިތުންނާއި ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ އަނިޔާގެ ތެރެއިން އޮހޮރުވައިލި ރަންރީދޫ ލެއިންނެވެ. ކޮންމެޔަކަސް މިއީ އަސަރުން ފުރިފައިވާ މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވޯޓްދޭ ފުރައިގެ % 54 މީހުންނާއި ފިސާރި ގުޅުންހުރި ވާހަކައެކެވެ.

2008 ވަނަ އަހަރު މިރާއްޖޭގެ ހުރިހާ ރައްޔިތުުން ގުރުބާންވެގެން ގެނައި މިނިވަންކަން މިއަދު މިވަނީ އެނބުރި 30 އަހަރުގެ މާޒީގެ ތެރެއަށް ހިނގައިދާނެ ކަމުގެ ބިރު އިންތިހާއަށް ހީވެފައެވެ. މިގޮތުން ފެބުރުއަރީ 7 ވަނަދުވަހު ފެނިފައި އެވަނީ ކަނޑުގެ އުސޫލުން ކުޑައެތީގައި ބޮޑުއެތި ހިފާކަމުންދާތަނެވެ. މިކަމަކީ ދުނިޔެވީ އެއްވެސް ހަމަޔަކުންނާއި ލޮޖިކަލީވެސް ގުބޫލު ކުރެވޭނެ ކަމެއްނޫނެވެ. އަދި ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރާ އެއްވެސް ފަރާތެއް ހަމަ އެރައްޔިތުންގެ ވޯޓުން ނުނީ ބަދަލު ކުރެވޭނެ އެއްވެސް ހަމައެއް ގޮތެއްވެސް އޮވެގެންނެތް ނުވާނެއެވެ.

މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭގޮތުން އަލްޖަޒީރާ ނިއުސްއިން ދެއްކި ހާއްސަ ޕޮރުގުރާމެއްގައި މިހާރުގެ ރައީސް ޑޮކްޓަރ ވަހީދު ވިދާޅުވަނީ ” އެފަދަ ގޮތަކަށް ޕޮލިހުންނާއި ސިފައިން ކަންތަށް ކުރެއްވި ވާހަކަ ނަޝީދު ވިދާޅޫވިނަމަ ތިމަންނާ ވެރިކަމާއި ހަވާލުވެ ނުލެއްވީސް ކަމުގައެވެ.” އަޅެ އަޖައިބެއް ނުވޭހޭ! އެބޭފުޅާ ހީކުރެއްވީ ދެންމިތިބީ ހައްތަހާވެސް މޮޔައިން ކަމަށްތާއެވެ. އެބޭފުޅާ ވެރިކަމާއި ހަވާލުވުމުގެ 3 ރޭކުކުރިން މަދަނީ އިއްތިހާދު ކިޔާބަޔަކާއި ފަތިސްދަޅައިގައި ސިއްރު ބައްދަލުވުމެއް ބައްވާ ވެރިކަމުގެ ބައިޔަތު އެވަނީ ހިއްޕަވާފައެވެ. އަޅުގަނޑުގެ ނަޒަރުގައި މިހާހިސާބުން ރައީސް ޑޮކްޓަރ ވަހީދު އެވަނީ އަމިއްލަ ފުޅަށް ބާގީއަކަށް ވެވަޑައިގެންފައެވެ. ސަބަބަކީ ގަނޫނީ ސަރުކާރެއް ރައްޔިތުންގެ ވޯޓަކާއި ނުލައި ބަދަލުކޮށް ރައީސުލް ޖުމުހޫރިއްޔާކަން ވެދުމަށް އަރުވައިފިނަމަ ގަބޫލު ކުރުމަށް މަދަނީ އިއްތިހާދު ކިޔާބަޔަކާއި އެއްބަސްވުމެވެ. ނުވަތަ ބައިއަތު ހިފުމެވެ. ( ނުނިމޭ )

ލިޔުނީ: އަދުނާނު އިބްރާހީމް / ނ.މާޅެންދޫ

ސިޔާސީވިޔަސް ސަމާސާވިޔަސް އެންމެންގެ ފިކުރާ ގުޅޭނޭހެން ލިޔުންތައް ލިޔުމަކީ އަދުނާނަކަށް މާބޮޑުކަމެއްނޫންކަން ލަންދޫއިންފޯގައި އަދުނާން ޝާއިޢުކުރާލިޔުންތަކުން އެނގެއެވެ. އަދުނާނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ.

މިލިޔުންވެސް ކިޔާލާ

ބޮޑު 16

ﷲ ސުބުހާނަހޫ ވަތަޢާލާ މިދުނިޔެ މިގޮތުގައި ލައްވާފައި ވާނަމަ 2012 މެއި 16 ވާ ބުދަދުވަހުވެސް ފިތުރަތުގެ އުސޫލުން ދުނިޔޭގެ …

ޚިޔާލެއްދެއްވާ

avatar
ނުހިނގާ ގަލަމުން
ނުހިނގާ ގަލަމުން

ރައީސް ނަޝީދަށް ވެރިކަމަށް އާދެވުނީ 25% ވޯޓަކުން ނޫން. އަހަރެމެން ލީ 29% ވޯޓު ލައިގެން 54% ވޯޓުން. އޭރު އޭނަ ބުނީ ރައްޔިތުންގެ ބަސް ވަރަށް ސާފޭ.. ރައްޔަތުން ބޭނުންވަނީ އިއްތިހާދުގެ ސަރުކާރެކޭ.. ހިތާމައަކީ 3 އަހަރު ފަހުން ނަޝީދުގެ ސަރުކާރު ވެއްޓުނުއިރު އިއްތިހާދުގެ ހުރިހާ ޕާޓީއަކާއި ގުޅުން ކަނޑާލައި، ކެބިނެޓްގައި ރީނދޫކުލަ ނުޖެހި ބާކީހުރީ އެންމެ މިނިސްޓަރެއްކަން… ކޮބާ މަގޭމެން ލީ 29% ވޯޓް. ކޮބާ މަގޭ ނައިބު ރައީސަކަށް ވަހީދު ހޮވަން ލީ ވޯޓު….

mohamma
mohamma

Adhunaanube, heyo nuvaane mi laa dheeny baiygadaiy medhu visnaalabala,Reeko Moosa birun hureves dheeny ilumuverinnaa beheny dhw, maiy Allaah ge vaagi fulahaiy eku MDP meehunnah heyovisnun dhenvaane. Aameeen !

ayyaa
ayyaa

އަސްލު މިހާރުގެ ވެރިކަން ބަދަލްވެގެން ދިޔަގޮތަކީ އެންމެ ފައްކާ ގޮތެކޭ ނުބުނެވޭނެ | އެހެންނަމަވެސް ، އެހެންނަމަވެސް މިވަގުތު ރައީސްގެ މަޤާމާއި ހަވާލްވެ ލައްވައިގެން ހުންނެވި ބޭފުޅާ ވެރިކަމާއި ހަވާލްވެ ލެއްވީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށް ޤަބޫލް ކުރަންޖެހޭ އަދި ހަމަ އެހެންމެ ކުރީގެ ރައީސް ނަޝީދު އަމިއްލަ ފުޅަށް އިސްތިޢުފާ ދެއްވިކަމީ އެންމެންނަށް ފެންނަށް އޮތްބޮޑު ޙަޤީގަތެއް | އަސްލު މިއަދު ޤައުމަށް ބޭނުންވަނީ ރަންރީދޫކުލަ ނުވަތަ ފިޔާތޮށި އަސުރުމާކުލަ ނުވަތަ މާކަނޑުގެ ނޫކަލައެއްނޫން | މިއަދު ޤައުމު އެދި ގޮވަނީ ދިވެހި ޤައުމީ ކުލަތަކަށް ފަޙުރުވެރިވާ ޤައުމަށް ހެޔޮއެދޭ އިހްލާސްތެރި ދަރިންތަކަކަށް | އަދުނާނުވެސް ޤައުމާއި މެދު ވިސްނަވާ ލައްވާ !

ahamma
ahamma

varah salhi..mee hama landhoo info in erey liyun therin baa…spari akah helluny sifainna polihun …thibey fulhaa vikunee kon echakah baa…thibunaa thanu ga sifain ge meeheh gothugai huri fakhruveri sifainge meehehge haisiyyathun mibunanee edhuvahu spari akah vikigen vess ekurevunu kanthakaa fakhruverivamey aharemen..kalo men nakah nufennane ehen thaneh thibunee viyya dho RAN REENDHOO leyey..thee ehen veeru insaanuneh noothaa dw kalomen thithiby hama ragalhah vess vau vadhefai reendhoo hu jehunuleh gadhakamun leyge kulavess badhalu vee…echcheh vissney dhuvahakun micomment mathin handhaan kohlun edhen

wpDiscuz