ކޮންފަރެންސް ކޯލް ކުރުމުގެ ޚިދުމަތް ލޯފަންކުދިންގެ ޙައްޤުތައް ހިމާޔަތް ކުރާ ޖަމްޢިއްޔާއަށް މުޅިންހިލޭ ދިރާގުން ދެނީ

ލޯފަން ކުދިންގެ ޖަމިއްޔާއާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ދިރާގު
ލޯފަން ކުދިންގެ ޖަމިއްޔާއާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ދިރާގު

ކޮންފަރެންސް ކޯލް ކުރުމުގެ ޚިދުމަތް ލޯފަންކުދިންގެ ޙައްޤުތައް ހިމާޔަތް ކުރާ ޖަމްޢިއްޔާއަށް މުޅިންހިލޭ ދިރާގުން ދޭން އެކުންފުނިން އެއްބަސްވެއްޖެއެވެ.

މިޚިދުމަތް ދިނުމަށް ދިރާގާއި ލޯފަން ކުދިންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއަކާއެކު އެމް.އޯ.ޔޫ އެއްގައި ވަނީ ސޮއި ކޮށްފައެވެ. މިއެއްބަސްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ދިރާގުގެ މައި އޮފީހުގައެވެ.

ދިރާގުން ހާމަކުރާގޮތުގައި މިއީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރެވޭ ތަފާތު ކަންތައްތަކުގެ ތެރެއިން ކުރިއަށް ގެންދާ ޚިދުމަތެކެވެ.

ދިރާގުގެ ހެޑްއޮފީސް ހުންނަ އިމާރާތުގެ އެއްވަނަ ފަންގިފިލާގައި މިއަދު ބޭއްވި މިރަސްމިއްޔާތުގެ ޕެނަލްގައި ތިއްބެވީ ދިރާގުގެ ސީ.އީ.އޯ، އެމް.ޑީ އިސްމާޢީލް ރަޝީދު އަދި ސީ.އެމް.އޯ އިޒަބެލް ހަޖްރީއެވެ. ބީ.ވީ.އައި.އެސް.އެމް ގެ ފަރާތުން ބައިވެރިވެވަޑައިގަތީ ބީ.ވީ.އައި.އެސް.އެމް ގެ ރައީސް މާޒިން އަދި އެޖަމިއްޔާގެ ފަރާތުން މަރިޔަމް ވަހީދާއެވެ.

މި ޚިދުމަތުގެ ސަބަބުން މި ޖަމްޢިއްޔާގެ މެމްބަރުންނަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިބިގެން ދާނެކަމަށް ބީވީ އައި އެސް އެމް އިންބުނެއެވެ. ސަބަބަކީ ލޯފަން ބޭފުޅުން ޖަމްޢިއްޔާގެ ގިނަ ހަރަކާތްތަށް ބާއްވަމުން ދަނީ ފޯނުގެ ޒަރިއްޔާއިން ކަމަށްވާތީ އާއި މީގެ ތެރޭގައި، ޤުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޖަމްޢިއްޔާގެ މެމްބަރުންގެ މެދުގައި ހިންގޭ ތަފާތު ތަރައްޤީ އާއި ތަމްރީނު ޕްރޮގުރާމްތައް ވެސް ކުރިއަށް ގެންދަނީ ފޯނު މެދުވެރި ކޮށް ކަމަށްވާތީއެވެ. އެހެން ކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޯފަންކުދިންނަށް މިފަދަ ތަމްރީނު ޕްރޮގްރާމް ތަކުގައި ބައިވެރިވުމުގެ ފުރުޞަތު މި ޚިދުމަތުގެ ސަބަބުން އިތުރަށް މަގުފަހި ވެގެންދާނެކަމަށް އެޖަމްއިއްޔާއިންބުނެއެވެ

މީގެ އިތުރުން ޖަމްޢިއްޔާގެ މެމްބަރުން ބާރުވެރިކުރުވައި، ހިތްވަރުދީ މުޖުތަމަޢުއަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށްވެސް ވަރަށް ބޮޑު އެހީ އެއް މި ޚިދުމަތުގެ ސަބަބުން ލިބިގެން ދާނެ ކަމަށް ދިރާގުން ވެސް އުންމީދު ކުރެއެވެ.

އަދި ހަމަ އެއާއެކު، ޖަމްޢިއްޔާގެ ބައްދަލުވުންތަކާއި ޖަލްސާތައް އެކުގައި އެއް މާލަމެއްގައި ބައްދަލުވުމުގެ ދަތިކަން ދިމާވަމުން ދާއިރު ހުރިހާ މެމްބަރުން އެއްތަނެއްގައި ނެތްކަމުގައި ވިޔަސް މަޝްވަރާ ކުރުމަށް އިތުރު ފަސޭހަތަކެއް މި ޚިދުމަތުގެ ސަބަބުން ލިބިގެން ދާނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ހާމަކުރައްވާ ގޮތުގައި ދިރާގުގެ އަމާޒަކީ ކުރިއަށް އޮތް މުސްތަޤްބަލުގައި ވެސް ލޯފަން ކުދިންގެ ހައްޤުތައް ހިމާޔަތްކުރާ ޖަމިއްޔާ ފަދަ ޖަމިޢިއްޔާ ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

 

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ‘ ދިރާގު ޕޭ ‘ އެން.އެފް.ސީ ޑެބިޓް ކާޑު ތަޢާރަފުކޮށްފި

ދިރާގާއި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްއާއި ގުޅިގެން މިއަހަރު ޖެނުއަރީ މަހު އެސުކޫލްގެ  ދަރިވަރުންނަށް ތައާރަފްކުރި ދިރާގްޕޭގެ ހިދުމަތަށް އިތުރު ފުރިހަމަކަމެއް …

ޚިޔާލެއްދެއްވާ

avatar