ކޮންމެ ސަރުކާރެއް މަގުމަތިން ވައްޓާލެވިގެން ނުވާނެ!

nasheedhu aniyaa
ޤާނޫނު އަސާސީ ގެ ދިފާޢުގައި ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ހިންގަމުންގެންދާ ހަރަކާތްތަކީ ސީދާ ސަރުކާރު ވައްޓާލުމަށްޓަކައި ދުރާލާ ރާވައިގެން ކުރިއަށްގެންދާ ހަރަކާތްތަކެއްކަމަށް މިހާރު ގެ ސަރުކާރު ހިންގާ ޕާޓީން ދަނީ ބުނަމުންނެވެ.
ޤާނޫނޫ އަސާސީ އާއި، ޚިލާފަށް ޤާނޫނު ތަކާއި ޤަވާޢިދު ތަކާ ތަޢާރަޒް ވާގޮތަށް ކަންކަން މިހާރުގެ ސަރުކާރުން ކުރާކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު އެފަދަ އެއްވެސް ވާހަކައަކަށް ބާރުލިބޭވަރު ހެއްކެއް ނުދެއްކޭކަމަށްވެސް ސަރުކާރުންދަނީ ބުނަމުންނެވެ.
ސަރުކާރުން މިހެން ބުނަމުންދާއިރު ފާއިތުވެދިޔަ އެމްޑީޕީގެ ވެރިކަމުގައި ރައީސް ނަޝީދުގެ ސަރުކާރުވެސް ވައްޓާލައިފައިވަނީ މިފަދަ ޙަރަކާތްތަކެއްގެ ތެރެއިން އޭރު އިދިކޮޅު ބައެއްގެ ގޮތުގައި ތިބި މިހާރު ސަރުކާރުހިންގާ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުންނާއި، ޖުމްހޫރީ އަދި އަދާލަތު ޕާޓީއިސްވެ އޮވެގެންމަގުތިންނެވެ.
ކުރީގެ ސަރުކާރު ( ނަޝީދުގެ ސަރުކާރު ) ވެސް މަގުމައްޗަށް ނިކުމެ މުޒާހަރާކޮށްގެން ވައްޓާލައިފައިވާއިރު މިހާރުގެ ސަރުކާރުވެސް ހަމަ އެގޮތަށް ވައްޓާލާނެކަމަށް އެމްޑީޕީގެ އިސް އެކްޓިވިސްޓުން މުޒާހަރާތަކުގައި އެދަނީ ފާޅުގައި ގޮވަމުންނެވެ. އެގޮތުން ޖާނުން ފިދާވެގެން ނަމަވެސް މިސަރުކާރު ސައިޒަށް ތިރިކުރަންމިހާރު މަޖުބޫރު ވެއްޖެ ކަމަށާއި، އެކަން އެގޮތަށް ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ވާޖިބެއްކަމަށް އެމްޑީޕީ ޖެޕީ އެކްޓިވިސްޓުން ދަނީ ގޮވާލަމުންނެވެ.
ނިމިގެންދިޔަ މުޙައްމަދު ވަހީދުގެ ސަރުކާރުގައިވެސް ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު އެންމެ ބޮޑު މައިޕާޓީގެ ލީޑަރު ރައީސް ނަޝީދު ވިދާޅުވީ އެއްވެސް ކަމަކާގުޅިގެން އެމަނިކުފާނު ( ކުރީގެ ރައީސް މުހައްމަދު ނަޝީދު ) ޖަލަށް ލައިފި ނަމަ މެޓާ އިން ކަރުދާސް ވަކިކުރާހާ ފެސޭހަކަމާ އެކު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ވައްޓާލާނެ ކަމަށެވެ.
މިއަދު މިއޮތީ އަނެއްކާވެސް އެފަދަ ތަކުރާރުވުމެއް އައިސްފައެވެ. ރައީސް ނަޝީދު އާއި، އެބޭފުޅާގެ ބައިވެރިންގެ ތެރެއިން ސިޔާސީ ފަރާތްތަކާމެދު ޝަރީޢަތް ހިންގުމަށް ތައްޔާރުވަނީ އެވެ. ކޯޓް މަރުޙަލާ ނިމުމުން ފަހަރެއްގައި ޖަލަށް ވަޑައިގަންނަވަންވެސް ޖެހިވަޑައިގެންފާނެއެވެ. އެހެން އެކަން ވެއްޖެނަމަ ސަރުކާރުވައްޓާލުމަކީ އެމަނިކުފާނު ކުރިން ވިދާޅުވި ގޮތުންނަމަ ވަރަށް ފަސޭހަކަމެއްކަމުގައި ވެދާނެނޫންތޯއެވެ.
މިއަދު މިފެންނަނީ ހަމަ އެމަންޒަރު ނޫންތޯއެވެ. ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލީ އެންމެ އިސްސަފުގައި ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްވެސް އިސްވެ ހުންނަވައިގެން އެމަނިކުފާނު ޚަރަދުކުރައްވައިގެންނެވެ. އެހެން ކަމަށްވާއިރު މިއަދު ފެންނަމުންމިދާ މަންޒަރަކީ ހަމަ ކުރިން ފެނުނު މަންޒަރުގެ ކޮޕީ ޕޭސްޓެކޭ ބުނެވިދާނެ ނޫންތޯއެވެ. އޭރު ވެރިކަމުގައި ހުންންވީ ރައީސް ނަޝީދު އެވެ. އިދިކޮޅުގައި ހުންނެވީ ޤާސިމް އެވެ.
ކޮންމެ އަކަސް ކޮންމެ ވެރިކަމެއް މަގުމަތިން ވެއްޓެން ވެއްޖިއްޔާ ދެން މިޤައުމުގެ ރައްޔިތުން ހަމަޖެހިލައިގެން ތިބޭނޭ އެންމެ ވަގުތުކޮޅެއްވެއްވެސް ނާންނާނެ ނޫންތޯއެވެ. އަބަދާއަބަދު ޖެހޭނީ ވޯޓްލާންނުކުންނާށެވެ. ބޭރުގެ ފަރާތްތަކުންނާއި، އެކިއެކި ޖަމާޢަތްތަކުގެ އަތްދަށަށް މިޤައުމު ހިނގައިދާނެ ނޫންތޯއެވެ. އެފަދަ ދުވަހެއް އައުމަށް ޖާގަދެވިގެންނުވާނެއެވެ. ވެރިކަމުގެ ޓާރމް ނިމެންދެން މަޑުން ތިއްބަވާށެވެ. ޓާރމް ނިމުމުން ވޯޓުން ޤައުމުގެ ރައީސްކަމަށް ވަޑައިގަންނަވާށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މިދިޔައަހަރުގެ މިދުވަސް – ނަޝީދުގެ އިސްތިއުފާ

ފާއިތުވެ ދިޔަ ނަޝީދުގެ ވެރިކަން ބައެއް މީހުން ސިފަކުރަނީ އަނިޔާވެރި ޚުދުމުހުތާރު އަދި އިސްލާމް ދީން މި ޖައްވުން ފުހެލުމަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz