ކޮންމެ ދުވަހަކު ވަކި ޢަދަދެއް ކަނޑައަޅައިގެން ކިޔަވަން ޖެހޭ ވަކި ސޫރަތްތަކެއްވޭތޯ؟

ސުވާލު: ކޮންމެ ދުވަހަކު ވަކި ޢަދަދެއް ކަނޑައަޅައިގެން ކިޔަވަން ޖެހޭ ވަކި ސޫރަތްތަކެއްވޭތޯ؟

ޖަވާބު: ކޮންމެ ދުވަހަކު ކިޔެވުން ސުންނަތް ވެގެންވާ ބައެއް ސޫރަތްތައް ޞައްޙަ ސުންނަތުގައި އައިސްފައިވެއެވެ. އެގޮތުން:-

  1. މުލްކު ސޫރަތް ކޮންމެ ރެޔަކު ކިޔަވާ މީހާ ކައްވަޅުގެ ޢަޒާބުން ސަލާމަތްވާނެކަމަށް އައިސްފައިވެއެވެ.
  2. ފަލަޤް އަދި ނާސި މި ދެ ސޫރަތް ހެނދުނާއި ހަވީރު ކިޔެވުން
  3. ނިދުމުގެ ކުރިން އިސްރާ ސޫރަތާއި ޒުމަރު ސޫރަތް ކިޔެވުން
  4. އާޔަތުލް ކުރުސި ނިދުމުގެ ކުރިން ކިޔެވުން
  5. ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވުން

މި ނޫން ސޫރަތްތައް ވަކި ދުވަސް ތަކަކަށް ނުވަތަ ވަގުތުތަކަކަށް ނުވަތަ ކޮންމެ ކޮންމެ ދުވަހަކަށް ކިޔެވުން ޚާއްޞަކުރުމަށް ޞައްޙަ ދަލީލެއް ނެތެވެ. ޤުރްއާނުން ކޮންމެ ސޫރަތެއް ޘަވާބު ލިބުން އެދި ކިޔެވިދާނެއެވެ. ސޫރަތްތަކުގެ މާތްކަން ވިދާޅުވުމަށް:

ސޫރަތްތަކުގެ މާތްކަން

ޖަވާބު ދެއްވީ: އައްޝައިޚް މުޙަންމަދު ޝާފިއު

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

ފާތިޙާ ފިޔަވައި އެހެން ސޫރަތް ތައް އިމާމާގެ ފަހަތުން ކިޔެވުމަކީ ހުއްދަ ކަމެއް ނޫން.

ސުވާލު: އިމާމުމީހާ ސޫރަތުލް ފާތިޙާ ކިޔެވުމަށްފަހު އެއަންނަ ހުސްވަގުތުގައި ސޫރަތުލްފާތިޙާ ކިޔެވުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި އެލިބޭ ހުސްވަގުތުކޮޅުގައި ސޫރަތުލްފާތިޙާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz