ކެނދިކުޅުދޫ – ލަންދޫ، އެކުވެރިކަމުގެ ފުޓްބޯޅަމެޗްގެތެރެއިން - މެޗް 5-2 ން ކާމިޔާބުކުރީ ލަންދޫޓީމް

ކެނދިކުޅުދޫ – ލަންދޫ، އެކުވެރިކަމުގެ ފުޓްބޯޅަމެޗް ލަންދޫޓީމުން ކާމިޔާބުކޮށްފި.

ކެނދިކުޅުދޫ – ލަންދޫ، އެކުވެރިކަމުގެ ފުޓްބޯޅަމެޗްގެތެރެއިން – މެޗް 5-2 ން ކާމިޔާބުކުރީ ލަންދޫޓީމް

ނ.ކެނދިކުޅުދޫ ޒުވާނުންގެ ފުޓްބޯޅަ ޓީމާއި، ނ.ލަންދޫ ޒުވާނުންގެ ފުޓްބޯޅަ ޓީމުގެ ލަންދޫގައި މިއަދު ހަވީރު ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް 5-2 ން ލަންދޫޓީމު ކާމިޔާބުކޮށްފިއެވެ.

މިމެޗްގައި ފުރަތަމަ ލަނޑުޖެހީ ލަންދޫޓީމުންކަމުގައިވީނަމަވެސް ފަހަތުން އަރާ ކެނދިކުޅުދޫ ޓިމުންވެސްވަނީ 2 ގޯލް ކަމިޔާބުކޮށްފައެވެ. އެޓީމުގެ ކުޅުންތެރިން 2 ގޯލް ކާމިޔާބުކުރިކަމުގައިވީނަމަވެސް މެޗްގެ އޮއިވަރު ވަރަށްބޮޑަށް ބަދަލުވެ ލަންދޫޓީމުގެ ކުޅުން ވަރުގަދަކޮށް އިތުރު 3 ގޯލް ކާމިޔާބުކޮށް މެޗްނިމުނުއިރު ވަނީ ނަތީޖާ 5-2 އަށް ބަދަލުކޮށް މެޗްކާމިޔާބުކޮށްފައެވެ.

މިއަދު މެޗްގައި ދެޓީމުންވެސް ފުދޭވަރެއްގެ ރަގަޅު ކުޅުމެއްދައްކާފައިވާއިރު ގިނަކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ވަނީ ވަރަށް ގިނަކުޅުންތެރިން ބަދަލުކޮށްފައެވެ. ޚާއްޞަކޮށް ލަންދޫޓީމުން ވަނީ މިކަން ވަރަށްބޮޑަށް ފާހަގަވެގެން ގޮސްފައެވެ. އެގޮތުން ވަރަށް އުމުރުން ޅަކުޅުންތެރިންނަށްވެސް މިއަދުގެ މެޗުންވަނީ ފުރުޞަތުދީފައެވެ. އަދި މީގެ އިތުރުން ދެޓީމުގެ ކީޕަރުންވެސް ވަނީ ބަދަލުކޮށް ބަދަލު ކީޕަރުންނަށްވެސް ފުރުޞަތު ދީފައެވެ.  އެގޮތުން ލަންދޫޓީމުން ދެނަމްބަރު ކީޕަރުގެ ފުރުޞަތު ދީފައިވަނީ ސާލިމް އަށެވެ.

އެއްވެސް ފޯރިއެއް ދަނޑުބޭރުންވެސް ( ސަޕޯޓަރުންގެފަރާތުން ) ވެސް ފެނިގެން ނުދިޔަ މިމެޗްގެ ރެފްރީއަކީ ނ.ލަންދޫގެ ކުރީގެ ކައުންސިލަރ އަލްފާޟިލް މަޖުދުﷲ ޢަބުދުއްރައްޒާޤެވެ. ލައިންސް މަނުންގެ ގޮތުގައި ތިއްބެވީ ކެނދިކުޅުދޫ ކުއްޖަކާއި، ލަންދޫ ހުޝިޔާރު އަޙްމަދު ސާހް އެވެ.

މެޗްނިމުމުން ކެނދިކުޅުދޫ ކުޅުންތެރިގެ ޝަރަފްގައި ލަންދޫޒުވާނުން ދިން ފިނިހިއްޕެވުމެއް ލަންދޫ ރައްޔިތުންގެ ކުޅިވަރު ސްޓޭޖްގައި އޮތެވެ.

މިއަދުގެ މެޗްގައި އެއްވެސް ކާޑެއްވެސް ފެނިގެންނެއް ނުދެއެވެ. ވަރަށް އަމާންކަމާއި އޮމާންކަމާއެކު މެޗް ނިންމާލައިފާވާއިރު ލަންދޫޒުވާނުން ބުނެފައިވަނީ ރޯދަމަހަށް ފަހު އަނެއްކާވެސް ސީޒަން ފެށުނީކަމަށާއި، ދެން ކޮންމެ ހަފްތާއަކުވެސް ކޮންމެވެސް ޓީމަކާއެކު މެޗެއް އިންތިޒާމް ކުރެވޭތޯ ބަލަމުން ގެންދާނެކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނ.އަތޮޅުގައި ބާއްވާ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ގުރުނަގައިފި

ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްވީއެމް) އިން އިންތިޒާމްކޮށްގެން ނ.އަތޮޅުގައި ބާއްވާ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ގުރުނަގައިފި އެވެ. ސްކޫލް …

ޚިޔާލެއްދެއްވާ

avatar
wpDiscuz