ކުޑަ ކުދިންނަށް ޚާއްޞަ ނަމާދު ފޮތެއް ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގައި ވިއްކަމުން އެބަދޭ

ކުޑަ ކުދިންނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ނަމާދުކުރަން ދަސްކޮށްދޭ ފޮތަކާއި ޤުރްއާނުން ހޮވާލެވިފައިވާ ދުޢާތައް ހިމެނޭ ފޮތެއް ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުން ވިއްކަމުން އެބަދެއެވެ.

މި ފޮތްތަކަކީ އަލް ޢަޞްރު ގުރޫޕާއި ގުޅިގެން ވިއްކަމުންދާ ފޮތްތަކެއްކަމަށާއި މިފޮތްތައް ތައްޔާރުކުރައްވާފައިވަނީ ދީނީ ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް މުޙަންމަދު ޝާފިއު އެވެ.

ކުޑަކުދިންގެ ނަމާދުކުރަން ދަސްކޮށްދޭ ފޮތުގައި އެކުދިންނާ ގުޅޭގޮތަށް ނަމާދުގެ ޙަރަކާތްތައް ދައްކުވައިދޭ ކުރެހުންތައް އިސްލާމްދީނުގެ ޙުދޫދުގެ ތެރެއިން ހިމަނާފައިވާއިރު، ކުޑަކުދިންނަށް ފަސޭހައިން ދަސްވާގޮތަށް ކުރު ދުޢާތައް ހިމަނާފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން އެ ދުޢާތަކުގެ މާނަވެސްވަނީ މިފޮތުގައި ހިމަނާފައެވެ.

މީގެ އިތުރުން ޤުރްއާނުން ހޮވާލެވިފައިވާ ދުޢާ ފޮތުގައިވެސްވަނީ ދުޢާ އާއި އޭގެ މާނަ ހިމަނާފައެވެ.

ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުން މަޢުލޫމާތު ދެއްވާ ގޮތުގައި ނަމާދުކުރަން ދަސްކޮށްދޭ ފޮތް ވިއްކަމުންދަނީ 50 ރުފިޔާއަށެވެ. އަދި ޤުރްއާނުން ހޮވާލެވިފައިވާ ދުޢާފޮތް ވިއްކަމުންދަނީ 25 ރުފިޔާއަށެވެ.

މިއަދާ ހަމައަށް ވަރަށް ގިނަ ފޮތް ވިކިފައިވާކަމަށް އިންސްޓިޓިއުޓުން މަޢުލޫމާތު ދެއްވައެވެ.

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

އިނާމަކަށް 1000 ރުފިޔާލިބޭ ޙިފްޡު ޕްރޮގުރާމް ޓީ.ކިއު.އައި ގައި މިއަދު ފަށައިފި

ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުން 2016 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޙިފްޡު ޕްރޮގުރާމު މިއަދު ފަށައިފިއެވެ. މިއަދު އެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz