ކުޑަފަރީ ޓީމުން މާދަމާ މެޗުގެ ނަތީޖާއަށް އިންތިޒާރު ކުރަން ޖެހިއްޖެ

a-tableމިހާރު ކެނދިކުޅުދޫގައި ކުރިއަށްދާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި މިއަދު ވެލިދޫ އާއި ކުޑަފަރި ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވުމާއި ގުޅިގެން މުބާރާތުގެ ސެމީއަށް ދިއުމަށް މާދަމާ ކުޅެވޭ މެޗުގެ ނަތީޖާއަށް ކުޑަފަރި ޓީމުން އިންތިޒާރު ކުރަން ޖެހިއްޖެއެވެ.

ގްރޫޕް އޭ ގައި މަދަމާ ކުޅެން ހަމަޖެހިފައިވާ ލަންދޫ އާއި މާފަރު ބައްދަލުކުރާ މެޗުން މާފަރު މޮޅުވެއްޖެނަމަ މުބާރާތުގެ ސެމީއަށް މި ގްރޫޕުން ދާނީ މާފަރެވެ. މިގްރޫޕްގައި ކުޑަފަރި ކުޅެންޖެހޭ ހުރިހާމެޗެއް (4މެޗު) މިއަދަށް ކުޅެ ހަމަވި އިރު އެޓީމަށް ލިބިފައިވަނީ 7 ޕޮއިންޓާއި ފައިދާ 3 ގޯލެވެ. މާފަރުޓީމަށް 3 މެޗު ކުޅެގެން 6 ޕޮއިންޓް ލިބިފައިވުމުން މާދަމާގެ މެޗުން އެޓީމު މޮޅުވެއްޖެނަމަ ޖުމުލަ 9 ޕޮއިންޓްލިބި މުބާރާތުގެ ސެމީއަށް މި ގްރުޕުން ދާނެއެވެ. މާދަމާގެ މެޗު އެއްވަރު ވެއްޖެނަމަ އެއްގޯލުގެ ތަފާތުން ކުރީގައި އޮންނާނީ ކުޑަފަރިއެވެ. މި ގްރޫޕްގައި ހިމެނޭ މަގޫދޫއަށް ބާކީ ވެލިދޫ މެޗު އޮތްނަމަވެސް އެޓީމަށް ސެމީއިން ފުރުޞަތެއް ލިބޭނީ ވެލިދޫއާއި ކުޅޭމެޗު 6 ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. މިހާރު މަގޫދޫއަށް ލިބިފައިވަނީ ޖުމުލަ 4 ޕޮއިންޓާއި މައިނަސް 2 ގޯލެވެ.

މިއަދު ކުޅެވުނު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޑަފަރި އެފްސީގެ ޖާޒީނަމްބަރ 2 ހުސެއިން އަނީސް އެވެ. މާދަމާގެ މެޗުގައި ބައްދަލުކުރާނީ އެފްސީ މާފަރާއި ލަންދޫ އެފްސީ އެވެ.

 

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ފެވަރިޓް ޓީމާއި ސަޕްރައިޒް ޓީމުގެ ތާރީހީ ފައިނަލް

މި އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދާމާ ހަވީރު ކުޅެވޭއިރު މި މެޗުވެގެން ދާނީ އެތައްގޮތަކުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz