ފޮޓޯ؛މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ކުޑަފަރީ މަދަރުސާއަށް މީހުން ހޯދަނީ

ނ.ކުޑަފަރީ މަދަރުސާގެ މަގާމުތަކަށް 6 މީހަކު ހޯދަން އިއުލާނުކޮށްފިއެވެ. އެގޮޮތުން އިއުލާނުކޮށްފައިވާ މަގާމުތަކަކީ:

1 އެސިސްޓެންޓް ހެލްތު އޮފިސަރ (ވަގުތީ)

1 އެސިސްޓެންޓް ސްޕޯރޓްސް އޮފިސަރ (ވަގުތީ)

1 އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން (ވަގުތީ)

1 ކައުންސިލަރ އެސިސްޓެންޓް (ވަގުތީ)

2 ޕްރީސްކޫލް ޓީޗަރުން

މި ވަޒީފާތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިޓީ އާއި ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު 21 މާރޗް 2018 ވާ ބުދަ ދުވަހުގެ  ހެނދުނު 10:00 ގެ ކުރިން ކުޑަފަރީ މަދަރުސާއަށެވެ. ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަވިއުކުރުމާއި ޕްރެކްޓިކަލް ޓެސްޓް  އިއުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަސްތެރޭގައި ކުޑަފަރީ ސްކޫލްގައި އޮންނާނެއެވެ.

ޕްރީސްކޫލު ޓީޗަރުކަމަށް ކުރިމަތިލާ ފަރާތްތަކުން ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 15 މާރޗް 2018 ވަނަ ދުވަހުގެ ހެނދުނު 10.00 އެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ގުޅުއްވާނީ ކުޑަފަރީ ސުކޫލުގެ ނަމްބަރ 6561802 ފޯނަށެވެ.

ލިޔުނީ: ލޭފަވެތި

ލޭފަވެތި މީ އަމިއްލަ ޝައުގުގައި މިދާއިރާއިން ކުރިއަށްދާން މަސައްކަތްކުރާ ޒުވާނެކެވެ. އާއްމުކޮށް ހުރިހާ ދާއިރާއެއްގެ ހަބަރާ މައުލޫމާތު، ލިޔުންތައް ގެނެއެވެ.

ޚިޔާލެއްދެއްވާ

avatar