ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމް ހަވާލްކޮށްފި

ލަންދޫ ސްކޫލްގެ ޔުނެސްކޯ ކުލަބާއި، ލަންދޫ ޕްރީ ސްކޫލްގުޅިގެން ވަރަށް ކުލަގަދަކޮށް ލަންދޫގައި ފާހަނގަކުރެވުނު މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމާއި ސެޓްފިކެޓް ދިނުން މިއަދު ލަންދޫ ސްކޫލްގައި ބާއްވައިފިއެވެ.

ލަންދޫ ކައުންސިލް ޢިދާރާގެ ނައިބު ރައީސް އަލްފާޟިލް ޢަބްދުﷲ ޢަމްޖަދު ޝަރަފްވެރި ކޮށްދެއްވި މިހަފްލާގައި އިޢުލާން ކުރެވުނު ގޮތުން ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގައި ހިމެނޭ ތަން ޒީނަތްތެރި ކުރުމުގެ ބައިންނާއި ، އެންމެރަނގަޅު ރަނގަޅު ސްޓޭޖު އައިޓަމެއް ހުށައަޅައި ދިނުމުން އެއްވަނަ  ހާސިލްކުރީ ލަންދޫ ޕްރީ ސްކޫލެވެ. އެންމެ ރަނގަޅު ސްޓޯލް ހަރަކާތެއް ތައްޔާރުކުރުމުން އެއްވަނަ ހޯދީ ލަންދޫސްކޫލް ގްރޭޑް 1 ން ތައްޔާރުކުރި ” ހަންފެޅުން ” ކުޅިވަރެވެ.

ލަންދޫ ސްކޫލްގެ ޔުނެސްކޯ ކުލަބުން އިސްނަގައިގެން ކުލަގަދަކޮށް ފާހަނގަ ކުރެވުނު މި ދުވަހުގެ ހަރަކާތްތަކަށް އިންސާފްކޮށްފައިވަނީ ލަންދޫ ސްކޫލްގެ ގްރޭޑް 5 ން މަތީގެ ދަރިވަރުންލީ ސިއްރު ވޯޓަކުންކަމަށް ލަންދޫ ސްކޫލްގެ ޔުނެސްކޯ ކުލަބުން މަޢުލޫމާތު ދެއްވައެވެ.

މިއަދުގެ ހަފްލާގައި ޔުނެސްކޯ ކުލަބުންވަނީ މިކަމުގައި ބައިވެރިވެލެއްވި  ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަނގަކޮށް މިހުރިިހާ ފަރާތަކަށްވެސް ” ހަނދިޔާ ” ދެއްވާފައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫޕްރީސްކޫލްގެ ފަރާތުން ކުޑަކުދިންގެ ދުވަސް މާދަމާ ފާހަގަކުރަނީ

ނ.ލަންދޫ ޕްރީސްކޫލް ( ބޭބީ ނާސަރީ ) ކުދިންނަށް ކުޑަކުދިންގެ ދުވަސް ފާހަގަކޮށްދިނުން މާދަމާ ބާއްވާ ގޮތަށް އެސްކޫލުން ހަމަޖައްސާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz