ކުއްޖާޔަށް ނުބެލުނީމާ ވާނީ މިހެން!

togirlsލޫނާ އާއި ޔޫނާއަކީ ވަރަށް ބަސް އަހާ ދެކުދިންނެވެ. ހުކުރުދުވަހަކީ އެކުދިންނަށް ޗުއްޓީދުވަހެކެވެ. އެހެންވެ އެކުދިންގެ މަންމަ އެކުދިންގޮވައިގެން ކައިރި ރިސޯޓަކަށް ދާންނިންމިއެވެ.

އެދުވަހު ހެނދުނު ފަތިހާ ހޭލައިގެން އެދެކުދިން ބަނދަރަށް ދިޔައެވެ. އެކުދން ބަލައި ދޯނި އައުމުން ދޯންޏަށް އެރިއެވެ. ގަޑިއެއްހާއިރުން އެކުދިންނަށް އެ ރިސޯޓަށް ދެވުނެވެ. ދެން އެކުދިން ރިސޯޓަށް ފައިބާފައި މޫދަށް ދިޔައެވެ. މޫދުކަރީގައިވެސް ރީތި ތަފާތުތަންތަން ހުއްޓެވެ.

އިރުކޮޅަކުން ލޫނާ ވަރަށް ބަޑުހައި ވެއްޖެވެ. ލޫނާ މަންމަ ގާތުގައިބުންޏެވެ. ހިނގާ ދާން މިހިރަ ރެސްޓޯރެންޓަށް މަންމަ ބުންޔެވެ. ދެން ދެކުދިން އެރެސްޓޯރެންޓަށް ދިޔައެވެ. ރެސްޓޯރެންޓަށް ގޮއްސް ދެކުދިން އިށީނެވެ. ދެން މަންމަ އެހިޔެވެ. “ކޯންޗެއް ކާނީ؟” ދެކުދިންވެސް ބުންޏެވެ. މިއަދުކާނީ ކުކުޅާއި ރޮށްޓެވެ. އެހެން ބުނުމުން މަންމަ އޯޑަރުދިނެވެ. އެއްޗިހި ގެނެވުމުން އެކުދިން ކާންފެއްޓިއެވެ.

ކައި ނިމިގެން ބީޗަށްދިޔައެވެ. އެތާންގައި ވަރަށް ގިނަ ގަސް ހުއްޓެވެ. އިރުކޮޅަކުން ލޫނާ މެން ފިލަން އުޅެނިކޮން ޔޫނާ ގެއްލިގެން ހޯދަން ފަށައިފިއެވެ. ލޫނާ ވަރަށް އަވަހަށް މަންމަޔަށް ގޮވިއެވެ. މަންމަބުންޏެވެ. ކިހިނެއްވީހެއްޔެވެ. ލޫނާބުންޔެވެ. ދައްތަ އަޑިޔަށް ގެބެނީއެވެ. މަންމަ އަވަހަށް ޔޫނާ ފެނޭތޯ ބެލިއެވެ. ނަމަވެސް ނުފެނުނެވެ. އިރުކޮޅެއްވީފަހުން ފައިގައި އަތެއްޖެހުނެވެ. ރަގަޅަށް ބަލާލިއިރު މިއީ ޔޫނާއެވެ. އެވަގުތު އަވަހަށް ޔޫނާ ނަގައިގެން މާލެ ގެންގޮސް ބެލިއެވެ. ޑޮކްޓަރުބުންޏެވެ. މިކުއްޖާމިއޮތީ މަރުވެފައެވެ.

ލޫނާޔަށާއި ލޫނާގެ މަންމަޔަށް ރޮވުނެވެ. އަދި އާއިލާގެ މެންބަރުންއެ ހިތާމައިގައި ބައިވެރިވިއެވެ. އާއިލާ މެންބަރުން  ވެސް ތިބީވަރަށް ދެރަވެފައެވެ.

ނިމުނީ!

ލިޔުނީ: ޙަސަން ޒަޔާން އަޙްމަދު

ޙަސަން ޒަޔާން އަހްމަދަކީ ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. ޒާއްކޮ އެންމެ ލިޔާހިތްވަނީ ކުޑަކުދިންގެ ކުރުވާހަކައާއި، ކުޑަކުދިންގެ ޖޯކްތަކެވ.

މިލިޔުންވެސް ކިޔާލާ

ކެހިވެރި ދުނިޔެ

އައިޝަތު ޚަތުމާ – ގްރޭޑް 10 އިރުއޭގެ ވާޖިބު އަދާ ކުރުމަށްފަހު އުދަރެހުން ތިރިވަމުން އެދަނީ ސާދަވިލެރޭގެ ފުރިހަމަ ހަނދަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz