ކުއާޓާރގެ ބޮޑުމެޗުގައި ލަންދޫ އާއި މާޅެންދޫ

މިހާރު ނ.މާޅެންދުގައި ކުރިއަށްދާ ޝިޔާމް މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާރ ފައިނަލްގައި މުބާރާތް ބާއްވަމުންގެންދާ މާޅެންދޫ އާއި ފުޓްބޯޅައިގައި އެރަށާއި އެންމެ ވާދަވެރި ލަންދޫ އާއި ބައްދަލުކުރަން ޖެހިއްޖެއެވެ.

ޝިޔާމް – މަޢުރޫފް ސޮކަކަޕްގައި މާޅެންދޫ ތަމްސީލްކުރާ ޓީމް

މުބާރާތުގެ ކުއާޓާރ ފައިނަލުގެ ޖާގައެއް ލަންދޫ ހޯދާފައިވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގްރޫޕް 1 ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ހަމަ އެހެންމެ މާޅެންދޫވެސް ކުއާޓާރ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ ގްރޫޕް ސްޓޭޖުގައި ގްރޫޕް 2 ގެ ދެވަނަ ހޯދައިގެންނެވެ. މުބާރާތުގައި މި ދެޓީމުން 3 މެޗު ކުޅެފައިވާއިރު މާޅެންދޫޓިމު ގްރޫޕް ސްޓޭޖުގައި ހޮޅުދޫއަތުން ބަލި ވެފައިވާއިރު ލަންދޫޓީމު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އަދި މިފަހަރުގެ މުބާރާތުގައި ލަންދޫ ޓީމުކޮޅަށް އެއްވެސް ޓީމަކަށް ގޯލެއް ވައްދާލެވިފައެއް ނުވެއެވެ.

އެންމެބޮޑު ދެ ވާދަވެރިން

ލަންދޫ އާއި މާޅެންދޫއަކީ އެންމެ އަވަށްޓެރި ދެ ރަށަށްވީ ނަމަވެސް މި ދެރަށަކީ ވާދަވެރި ހުރިހާކަމެއްގައި ވަރަށް ވާދަވެރި ދެ ރަށެވެ. އަބަދުވެސް އެއްބަޔަކަށް އަނެއްބަޔަކު ދޫކުރަން ބޭނުންނުވާ އެއްރަށުގެ މައްޗަށް އަނެއްރަށް ކުރިއަރަން ބޭނުންވާ ދެރަށެވެ. އެންމެ އިޙުޒަމާނުން ފެށިގެންވެސް މިކަންއޮތީ މިގޮތުގައެވެ.

ޓީމް ލަންދޫ ( ސިޔާމް މަޢުރޫފް ކަޕްގައި މިއަހަރު ލަންދޫތަމްސީލްކުރާ ފުޓްބޯޅަޓީމް)

މިހެންކަމާއިއެކު މިފަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕްގެ ކުއާޓާރ ފައިނަލްގެ “ބޮޑުމެޗު” ގެ ގޮތުގައި ވެގެންދާނީ މި ދެރަށް ބައްދަލުކުރާމެޗެވެ. މި ދެ ރަށުގެ ފުޓްބޯޅައިގެ ތާރީޙަށް ބަލާއިރު މިފަހަކާ ޖެހެންދެން ލަންދޫއިން އައީ ފަސޭހަކަމާއި އެކު މާޅެންދޫގެ މައްޗަށް ކުރިއެރުން ހޯދަމުންނެވެ. ނަމަވެސް އެންމެފަހުން މި ދެރަށުގެ މެދުގައި  ކުޅެވުނު ރަޙްމަތްތެރިކަމުގެ މެޗު މާޅެންދޫޓީމުންވަނީ ލަންދޫގައި ކުޅެ 3 ލަނޑު 1 ލަނޑުން ލަންދޫގެ ފުޓްބޯޅަ ޓީމު ބަލިކޮށް ފުރަތަމަ ފަހަރަށް ލަންދޫގެ ފަސްގަނޑުގައި ލަންދޫގެ ފުޓްބޯޅަ ޓީމެއް ބަލިކުރުމުގެ ފަޙްރާއި ޝަރަފް ހޯދާފައެވެ. ލަންދޫގެ ބައެއް ރައްޔިތުން ޤަބޫލްކުރާގޮތުގައި އެދުވަހަކީ ލަންދޫގެ ފުޓްބޯޅައަށް ލަދުވެތިކަން ލިބިގެންދިޔަ ހިތާމަވެރި ދުވަހެކެވެ. މާޅެންދޫގެ ރައްޔިތުން އެދުވަސް ފާހަގަކުރަނީ އެރަށަށް ފުޓްބޯޅައިން ބޮޑުކާމިޔާބީއެއް  ލިބިގެންދިޔަ އުފާވެރި ދުވަހެއްގެ ގޮތުގައެވެ.

މިހެންކަމާއި އެކު 10 ޑިސެމްބަރ އަށް ތާވަލްކުރެވިފައިވާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާރ ފައިނަލްގައި  މާޅެންދޫ އާއި ލަންދޫ ބައްދަލުކުރާމެޗު ވެގެންދާނީ ވަރަށް ތާރީޙީ ވަރަށް ވާދަވެރި ޝަޢުޤުވެރި ކަންތައްތަކެއް ފެނިގެންދާނެ މެޗެއްގެ ގޮތުގައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ …

ޚިޔާލެއްދެއްވާ

avatar
ފައި
ފައި

ރަންކޮޅާ ހެނބަދޫ އަކައި ނުކުޅޭ މާޅެންދޫއެއް

ޓީމް ލަންދޫ
ޓީމް ލަންދޫ

އިރާދަކުރެއްވިއްޔާ ތިޔަ މެޗުން ލަންދޫ މޮޅުވެ އަދި މި މުބާރާތުގެ ތަށިވެސް ނަގާނެ. މިފަހަރު މިޔޭ އުއްމީދަކީ، މުޅި ރައްޔިތުންގެ އަމާޒަކީ…..

wpDiscuz