ކުޅުންތެރިންގެ ވިސްނުން ބަދަލްކުރަން ޖެހިފައި

ލަންދޫއަކީ އަތޮޅު ފެންވަރުގައި ފުޓްބޯޅައިން ފާހަނގަކޮށްލެވޭ ރަށެކެވެ. ހަމަ އެހެންމެ ރާއްޖެތެރޭގެ ޓީމްތައް މާލެގޮސްފުޓްބޯޅަ ކުޅުނު ދުވަސްވަރު ލަންދޫ ޓީމްތައްވަނީ ޒޯނު ޗެމްޕިއަނުންގެ ހައިސިއްޔަތުން މާލޭގެ ރަސްމީ ބޯޅަ ދަނޑުގައި ކުޅެ އެދެވޭ ރަނގަޅު ނަތީޖާތަކެއްވެސް ނެރެފައެވެ. މިއަދުވެސް ލަންދޫގައި ތިބި ކުޅުންތެރިންނަކީ ހުނަރުވެރި މޮޅަތު ކުޅުންތެރިންތަކެކެވެ. އަދި ހަމައެހެންމެ ލަންދޫގައި އޮތް ޓީމަކީ ވަރުގަދަ މޮޅު ޓީމެކޭ ދަންނަވަން ޖެހެއެވެ.

ކަންމިހެން ހުރިނަމަވެސް ހިތާމައަކީ ލަންދޫއަށް އުފަން ލަންދޫގެ ފުޓްބޯޅަ ކުޅުންތެރިއަކަށް އަދި މިހާތަނަށް ރާއްޖޭގެ ނިސްބަތުން މޮޅު ކުޅުންތެރިޔަކަށް ވެވިފައި ނެތްކަމެވެ. އެންމެ ކުޑަމިނުން ރާއްޖޭގެ މަޝްހޫރު މުބާރާތްތަކުގައި ކުޅެ ކާމިޔާބީތަކެއް ހޯދިފައި ނެތްކަމެވެ.

އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ ލަންދޫއަށް އުފަން ލަންދޫގެ ކުޅުންތެރިއަކުވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ޓީމެއްކަމަށްވާ ކުލަބު ވެލެންސިޔާއަށް ކުޅެފައެވެ. ނަމަވެސް އެއީ ވަރަށް ކުރު މުއްދަތެއްގައެވެ. މީގެ އިތުރުން ލަންދޫގެ ބައެއް ކުޅުންތެރިންވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ބޮޑަތި ކުލަބު ތަކުގެ ޕްރެކްޓިސްތަކުގައި ބައިވެރިވެފައެވެ. ނަމަވެސް ހިތާމައަކީ ވަކި ހިސާބަކުން ޓީމަށް ފިލައިގެން ކޮންމެވެސް ތާކަށް ކުޅުންތެރިން ދާކަމެވެ.    މިއަހަރު ތެރޭގައިވެސް ލަންދޫގެ ހުނަރުވެރި އުއްމީދީ މޮޅަތި ކުޅުންތެރިންގެ ފަރާތުންވެސް މި މަންޒަރު ފެނިގެން ގޮސްފައިވާކަން ހިތާމައާއި އެކު ފާހަނގަކޮށްލަން ޖެހެއެވެ.

މިއީ މިއަދު ލަންދޫގައި އަރަމުންއަންނަ ހުނަރުވެރި ޒުވާން ކުޅުންތެރިން ވިސްނަންވެއްޖެ ކަމެކެވެ. ހަމަ އެކަނި ރަށުގައި ކުޅެލެވޭ މުބާރާތަކުން ނުވަތަ ރަށުން ބޭރު ޓީމަކާއި ދެކޮޅަށް ކުޅެލެވޭ މެޗަކުން ކުޅުންތެރިންގެ ފެންވަރު މައްޗެއް ނުކުރެވޭނެއެވެ.

މިއަދު އަޅުގަނޑުމެންގެ ކުޅުންތެރިންވެސް ވިސްނަންވީ ބ.އޭދަފުށީ ކުޅުންތެރިން ފަދައިން މާލެގޮސް ރާއްޖޭގެ ނަންމަޝްހޫރު ޓީމްތަކުން ޖާގަހޯދާ ، ތިމާއަށާއި ،ތިމާގެ ރަށަށާއި ، ތިމާގެ އަތޮޅަށާއި އަދި ތިމާގެ ޤައުމަށް ރީތި ނަމާއި ޝަރަފް ހޯދައި ދިނުމަށެވެ.

އަޅުގަނޑުމެންގެ ކުޅުންތެރިންގެ ވިސްނުން މިވަނީ ބަދަލްކުރަން ޖެހިފައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ދަރިވަރުން ޓެބްލެޓް ބޭނުންކުރާނެގޮތް ބެލެނިވެރިންނަށް އޮޅުންފިލުވައިދޭން ފަށައިފި.

މިއަހަރުގެ ދެވަނަ ޓަރމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ މަޝްރޫއުގެ ދަށުން، …

ޚިޔާލެއްދެއްވާ

avatar
ކާފަރު ޖިންނި
ކާފަރު ޖިންނި

ފުޓްބޯޅަ ވާހަކަ ނުލިޔެ ލަންދޫގެ ޒުވާނުން ކޮންމެވެސް ތާކަށް ވަޒީފާއެއް އަދާކުރަން ދާން ބާރުއެޅުމުގެ ގޮތުން ލިޔުން ވަރަށް މުހިންމު ކަމުގައި ފެނޭ. ތާއަބަދު އަމާ ދިނީމަ ކައިގެން ބަފާ ދިނީމަ ބޮއެގެން ރަށުގައި ފުޓްބޯޅަ ކުޅެން ތިބުމަކުން ލަންދޫއަކަށް ރީތި ނަންތަކެއް ލިބޭނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ. ޒުވާން ކުދިން މުޖުތަމަޢު ބަލައިގަންނަ ފަދަ ބަޔަކަށްވޭތޯ ލިޔުންތެރިޔާ މަސައްކަތް ކޮށްބަލަ. ހަމަ އެކަނި މާލެގޮސް ފަސްޓް ޑިވިޒަންގެ ޓީމަކަށް ކުޅުނަކަސް ފަރުޖެހޭކަށް ނެތް.

ައަންވަރު
ައަންވަރު

ހިފަހައްޓާ ނުލެވެނީ ހަމަ.. ދެން އޭގަ އަސްލު ބައިވަރު ސަބަބުތައް އެބަހުރި. މިސާލަކަށް ކުލަބުން ހުށައަޅާ މުސާރަ، ހުރުމުގެ ދަތިކަން…….. އަރަމުން އަންނަ ކުޅުންތެރިން މި ކަމަށް ވިސްނާލުން ހަމަ ވަރަށް މުހިންމު.

އަހްމަދު ލައިބް
އަހްމަދު ލައިބް

އަސްލުވަރަށް ރަގަޅުވާހަކައެއް……..