ކުޅުންތެރިންނާއި އޮފިޝަލުން ސަމާލްވާންވެއްޖެ

މިހާރު ނ.މާޅެންދޫގައި ކުރިއަށްދާ ޝިޔާމް މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުންދާ ލަންދޫޓީމުގެ އަރަމުން އަންނަ ހުނަރުވެރި ޒުވާން ކުޅުންތެރިއަކު މިވަނީ 1 މެޗަށް ސަސްޕެންޑު ކުރެވިފައެވެ. ލަންދޫޓީމުގެ މެނޭޖުމަންޓުން މަޢުލޫމާތު ދިން ގޮތުގައި މިކުޅުންތެރިޔާ ސަސްޕެންޑު ކޮށްފައިވަނީ އެންމެފަހުން ލަންދޫކުޅުނު މެޗުގައި މާފަރުޓީމުކޮޅަށް ގޯލުޖެހިވަގުތު އުފާފާޅުކުރުމުގެ ތެރޭގައި ލަންދޫގެ ބެންޗުކުރިމަތީގައި ހުރި ފެންފުޅިއެއްގައި ފައިޖެހުމުން ފެންފުޅި ދަނޑުގެ އެތެރެއަށް ގޮސްގެންނެވެ. އެވަގުތު ބެންޗުގައި އިން މިކުޅުންތެރިޔާއަށް ރެފްރީވަނީ މެޗުގެ ކުޅުން މެދުކަނޑާލައި ވަގުތުން ރީދޫ ކާޑެއްވެސް ދަށްކާފައެވެ.

އަރަމުން އަންނަ ޒުވާން ކުޅުންތެރިއަކަށް ޖަޒުބާތުގައި މިފަދަ ކަމެއް ކުރެވިދާނެއެވެ. އެކުޅުންތެރިޔާގެ އަމަލުގެ ސަބަބުން އެދުވަހުގެ މެޗުގައި އިތުރުމީހަކަށް ގެއްލުމެއް ނުލިބެއެވެ. ރެފްރީ އެކުޅުންތެރިޔާއަށް އަދަބު ދީފިއެވެ. ދެން ކޮން އެއްމެޗެއްގެ ސަސްޕެންސަނެއް ތޯއެވެ؟ މިއީއެއްވެސް ހާލެއްގައި މިކުޅުންތެރިޔާއަށް ނުވަތަ މިފަދަ ކަންތައްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ބުނާވާހަކައެއް ނޫނެވެ. މި މިބާރާތުގެ މާޒީގައި ކަންހިނގަމުންދާގޮތުން ހަމަ ބުނެލެވުނު ވާހަކައެކެވެ.

ވޭތުވެދިޔަ އަހަރުގެ މުބާރާތް ކުރިއަށް ދިޔައިރުވެސް ލަންދޫޓީމުގެ ތިން ކުޅުންތެރިއަކަށް ވަރުގަދަ ސަސްޕެންޑެއް އައައެވެ. ލަންދޫޓީމުގެ ކުޅުންތެރިން ސަސްޕެންޑުކުރިފަދަ ޢަމަލްތަކެއް އެހެން ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ފަރާތުން ފެނިގެން ދިޔައިރު އެޅުނު ފިޔަވަޅެއް ނެތެވެ. ހަމަ އެއާއިއެކު ވޭތުވެދިޔައަހަރުގެ މުބާރާތުގެ މެޗެއް ނިމި ހިނގާދިޔަ ކަންތައްތަކަކާއި ގުޅިގެން އެމެޗުގައި ރެފްރީކަން ކުރި ރެފްރީ ބައިގަޑި އިރަށްވުރެ ގިނައިރުވަންދެން ރެފްރީސް ރޫމުން ނުކުތަނުދީ ބަންދުގައި ބެހެއްޓިއެވެ. މި ޢަމަލްހިންގި ޓީމާއި ދޭތެރޭވެސް އެޅުނު ފިޔަވަޅެއް ނެތެވެ.

މިފަދަ ގޮތަކަށް ކަންތައްތައް ހުރުމާއި އެކު ލަންދޫގެ ޓީމުގެ އެންމެހާ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯރޓްރުން މިހުރިހާކަމަކާއި މެދު ވިސްނާ ސަމާލްވާން ޖެހެއެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
އާތިފް މިލަދޫ ޓީމް މެނޭޖަރ
އާތިފް މިލަދޫ ޓީމް މެނޭޖަރ

މީރަނގަޅުވާހަކައެއް. ހޮޅުދޫ ޒަންބޯ އަޚުލާޤީ ގޮތުން ދަށްފެންވަރެއްގެ ޢަމަލު ތަކެއް ހިންގީމަ ފިޔަވަޅެއް ނޭޅި. މި މުބާރާތުގައި ކުޅެންވީ ހަމައެކަނި ހޮޅުދޫ ޓީމު

Alu
Alu

Maazee in iburai haasil koh . hedhifaivaa mistaak thah rangalhu kurumah masikai kuramun dhaairu migothah habaruthah ekulavaalumakee naathahuzeebee kameh kamuga dheken.

Landhoo meehaa
Landhoo meehaa

Varah vure hayaaih kudaveema vaane thihenvx landhoo meehunnakee hayyaih kuda baeh

wpDiscuz