( ކުރުވާހަކަ ) އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ.

ދުނިޔޭގައި އުޅެނީ ތަފާތު މީހުންނެވެ. އެކި މީހުންގެ ހުންނަނީ އެކި ޚިޔާލެވެ. އެކި މީހުން ދައްކާނީވެސް އެކި ވާހަކައެވެ. އެއްބަޔަކު ކިޔާތީ އަހަމެވެ. ދުނިޔޭގައި ދިރިއުޅޭ އިންސާނުން ނަކީ ރީއްޗައް ލޯބިކުރާބައެކެވެ. އަނެއްބަޔަކު ކިޔާތީ އަހަމެވެ. ދުނިޔޭގައި ދިރިއުޅޭ އިންސާނުން ނަކީ ފައިސާއަށް ލޯބިކުރާ ބައެކެވެ. ދުއިޔޭގައި ރީތި ކަމުގެ ސިފައާއި މުއްސަނދިކަން ލިބިގެން ނުވާ މީހުނަށް އެކަކުގެވެސް ލޯބިނުލިބެނީހެއްޔެވެ؟ އެއްވެސް އިންސާފެތްނެތި މިކަން ކުރަނީ ކީއްވެބާއޭ އަހަރެންގެ ހިތަށް އަރައެވެ. މުޖުތަމައުގައި މިދެ ސިފަ އުނިވެގެންވާ މީހުން އެކަހެރި ކުރަނީ ކީއްވެބާއޭވެސް ހިތަށް އަރައެވެ.

އަހަރެންނަކީވެސް މި ދެ ސިފައިން އެކަހެރިވެފައިވާ މީހެކެވެ. އާއެކެވެ. އަހަރެންގެ އަތަކު ފައިސާއެއް ނުހުރެއެވެ. އަހަރެންނަކީ ލޯފަން މީހަކީމުވެސް މެއެވެ. އަހަރެންގެ އަމިއްލަ ގެދޮރެއް ނެތެވެ. އަދި ކީއްތޯއެވެ އަހަރެންނަކީ ޔަތީމު ކުއްޖެކެވެ. އުޅެޑުވީ އަދި މިހާރުވެސް ހަޔާތުގެ ސަފްހާތައް އުކަމުން މިގެންދަނީ ބޮޑުދައިތަގެ އަނިޔާވެރިކަމުގެ ދަށުގައެވެ. ދުނިޔޭގެ ރީތި ތަންތަން ބެލުމުގެ ފުރުސަތު އަހަރެންނަށް އުނިވި ކަމުގައި ވީނަމަވެސް ދުނިޔޭގެ ހިތްގައިމު މާހައުލަކުން ލިއްބައިދޭ ރީތި ފިނި ވަރޯޅިތަކުގައި ބީހިލުމުގެ ފުރުސަތު އަހަރެންނަށް ލިބުނު ކަމުގައި ވީނަމަވެސް އެފުރުސަތު ވެސް އަހަރެންނަށް ވަނީ މަހުރޫމް ކޮށްލާފައެވެ. އާއެކެވެ،އެއީ އަހަރެންގެ ބޮޑުދައިތަ ގެ ސަބަބުންނެވެ.

އަހަރެންނަށް ރެޔާދުވާލު ވަކިކޮށްދޭ ބައިވެރިޔަކީ ކުޑަ ކުޑަ ރޭޑިއޮލެވެ. އަހަރެންނަށް ކާއެތިކޮޅެއްދޭން ނޫނީ އަހަރެންގެ ބޮޑުދައިތައެއްއަހަރެންގެ ކޮޓަރިއަކަށް ނާންނާނެއެވެ. އެހެންނަމަވެސް އަހަރެން އެ ބޮޑުދައިތަ ދެކެ އިންތިހާއަށް ލޯބިވަމެވެ. ބޮޑުދައިތަ އާއެކު ވާހަކަ ދައްކާލާ ހީ ސަމާސާ ކޮށްލަން ބޭނުންވެއެވެ. އެހެނަސް މިފުރުސަތެއް ނުލިބެ އެވެ. ބޮޑުދައިތަ އަހަރެންނާ ބައްދަލުވާ ކޮންމެ ފަހަރަކު އަހަރެންނަކީ ސިފަހުތުރު، ފަގީރު، ލޯފަން ކުއްޖެއްކަން ހަނދާން ކޮށްދެއެވެ. އެފަދަ ކުދިންނަށް މީހުން ގެ ލޯތްބާއި އަޅާލުން ނުލިބޭނެ ކަމަށްވެސް ބޮޑުދައިތަ ބުނެއެވެ.

ރެޔަކީ ވަރަށް ހިތްގައިމު ފިނި ރެޔެކެވެ. މިރޭގެ ވަގުތީ މެހެމާނެއްގެ ގޮތުގައި ފޫހި ފިލުވާދޭން އިން އަހަރެންގެ ބައިވެރިޔާ (ރޭޑިޔޯ) ލުން އަންނަ ބޮޅުފަތި ޕްރޮގްރާމް އަޑުއަހަން އަހަރެން އިނީމެވެ. މި ޕޮރޮގްރާމަކީ ރާއްޖޭގެ އެތަކެއް ބަޔަކު ބައިވެރިވެފައިވާޕްރޮގްރާމެކެވެ. މި ޕރޮގްރާމްގައި ޚުދު އަހަރެންވެސް ބައިވެރިވީމެވެ. މި ޕްރޮގުރާމުގައި ޖެހެނީ ލަވަ ކިއާށެވެ، އެންމެ ރީއްޗަށްލަވަކިޔާ މީހަކަށް ފަސް ލައްކަ ރުފިޔާގެފައިސާގެ އިނާމް ލިބެއެވެ.

މިރެއަކީ ނަތީޖާ ފާޅު ކުރާ ރެއެވެ. އަހަރެންވެސް އިނީ ކެއްމަދުވެފައެވެ. އެއީ އެ ފަސްލައްކަ ރުފިޔާގެ ނަސިބުވެރިޔަކީ ކާކުކަން އެގުމަށެވެ. މިވަގުތުކޮޅު އިތުރަށް ފޮނިވެގެން ދިޔައީ އެ ފަސްލައްކަ ރުފިޔާގެ ނަސީބު ވެރިއަކީ އަހަރެންކަމުގައ ވުމުންނެވެ. އާއެކެވެ، އުމުރުން އެކާވީސްއަހަރުގެ އަހަރެން އާއިޝަތު މަލާޔާ އެވެ.

ޖެހިގެންއައި ހަފްތާގައި އަހަރެން ތައްޔާރު ވީ މާލެ ދިޔުމަށެވެ. އަހަރެންގެ ކުޑޭބެ އާ އެކުގައެވެ އަހަރެންގެ ބޮޑުދައިތަ އަށް އެ ފަސް ލައްކަ މިލްކު ނުކޮށްދިނުމުން މިހާރު އަހަރެންވަނީ އަހަރެންގެ ކުޑޭބެ އާ ހަވާލު ކޮށްފައެވެ. އަހަރެން މާލެ މިދަނީ އެ ފަސްލައްކަ ރުފިޔާއިން އަހަރެންގެލޮލަށް ފަރުވާ ހޯދުމަށެވެ. އަހަރެން މިހާރު މިވަނީ މާލެ އައިސް ލޮލަށް ފަރުވާކޮށް ކަޅު އަދިރި ދުނިޔެއިން ނުކުމެވިފައެވެ. ލޯގަޑުން އަހަރެން ސޫރަ ފެނުނު ހިދު އަހަރެން ހިތަށް އެރިއެވެ. އަހަރެންގެ ސިފަ ހުތުރެއް ނޫނެވެ. އެއީ އަހަރެންގެ ބޮޑުދައިތަ އަހަރެންނަށް ހެދި ބޮޑު ދޮގެއްކަން އެގުނެވެ.

އެއް އެއްހަރުފަހެވެ. މިއަދު އަހަރެންނަކީ ދިވެހި ރާއްޖޭގެ ރަންއަޑުގެ ވެރިޔާއެވެ. މިއަދު އަހަރެންނަކީ މުއްސަންޖަކީ މެވެ. މިހާރު އަހަރެންގެ ގައިގައި މީހުން ލޯބިވާނެ ދެ ސިފަ އެބަހުއްޓެވެ.. މިއަދު އަހަރެން ދެކެ ލޯބި ނުވެ އަހަރެންނަށް ފުރަގަސް ދީފައި ދާނެ އެކަކުވެސް ނެތެވެ. އެވަގުތު އަހަރެންނަށް ހިތާހިތާ ބުނެވުނެވެ . ދިވެހި ހަރުބަހެއްގައި ވާފަދައިން ކޮންމެ މީހަކަށްވެސް  “އަޑިގަނޑަކަށް ފަހު އުސްގަޑެއް އަންނާނެއެވެ.”

ލިޔުނީ: ފާތުމަތު އިޒްލީނާ

ފާތުމަތު އިޒްލީނާ ( އިޒޫ ) އަކީ ލިޔުންތެރިކަމުގެ ފަންނުގައި އަލަށް ނުކުތް ލިޔުންތެރިއެކެވެ. ޝައުޤުވެރިކަން ހުންނަނީ ވާހަކަ ލިޔުމާއި ، މަޒުމޫނު ލިޔުމަށެވެ. އިޒޫގެ ލިޔުންތަކަށް ކިޔުންތެރިން ދެއްވާ ތަރުޙީބު، އިޒޫ ބަލައިގަންނަނީ އުފަލާއެކުގައެވެ.

މިލިޔުންވެސް ކިޔާލާ

އުފަންވީ އިރުވެސް … (ކުރުވާހަކަ)

އައިޝަތު ޚަތުމާ – ގްރޭޑް 10 ދުނިޔެމަށްޗައް ވެރިވެފައިވާ ކަނު އަނދިރިކަން ފިލުވާލަމުން ފަތިސް ވަގުތުގެ އަރާމް ފިނިކަން މަޑުމަޑުން …

ޚިޔާލެއްދެއްވާ

avatar