ކުރީގެ ރައީސް ގެ އިސްތިއުފާގެ ސިޓީފުޅު ފޭސްބުކުގައި.

އިސްތިއުފާދެއްވުމަށްފަހު ކުރީގެރައިސް ލިޔުއްވިކަމަށްބުނާ ސިޓީފުޅު / ފޮޓޯ: އެފްބީ

ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ރައީސުލް ޖުމުހޫރިއްޔާކަމުން އިސްތިޢުފާ ދެއްވުމަށް ރައްޔިތުންގެ މަޖްލިސްގެ ރައީސް އަލްފާޟިލް ޢަބުދުﷲ ޝާހިދަށް ލިޔުއްވި ސިޓީފުޅު ކަމަށް ބުނާ ސިޓީއެއް ސޯޝަލް ނެޓްވޯރކް ފޭސްބުކުގައި ލީކު ވެގެން އެބައުޅެއެވެ.

މިސިޓީ ފުޅާ ބެހޭގޮތުން ރައްޔިތުންގެ މަޖްލީހުން އަދި ވަކިއެއްޗެއް ވިދާޅުނުވިޔަސް ގިނަބަޔަކު ބުނާ ގޮތުގައި މިއީ ސީދާ އެސިޓީފުޅެވެ. މީޑިއާގެ ކުރީގެ ޚަބަރުތަކާއި އަދި އެސިޓީފުޅާ ގުޅޭ އެކި އެކި މައުލޫމާތަކަށް ބަލާއިރު ފޭސްބުކުގައިމިވާ ސިޓީގެ އިބާރާތް ކުރެވިފައިވާ ގޮތަށް ބަލާއިރު ބޮޑަށް ބެލެވެނީ އެއީ އޮރިޖިނަލް ސިޓީފުޅުކަމަށެވެ.

ނަމަވެސް މިއީ މީހަކު ހަދާފާވާ ފޭކް އެއްޗެއްތޯ ނުވަތަ އޮރިޖިނަލް އެ ސިޓީފުޅުތޯ ކަށަވަރު ވެގެންދާނީ ރައްޔިތުންގެ މަޖްލީހުން ވަކިއެއްޗެއް މިކަމާގުޅޭގޮތުން ވިދާޅުވުމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ފުލުހުންނަށް ކޮށްފައިވާ އަމުރު ތަންފީޒް ކުރާނަން – ފުލުސް

ކުރީގެ ރައީސް ނަޝީދު ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ހުޅުމާލެ ކޯޓުން ކޮށްފައިވާ އަމުރު ފުލުހުން ތަންފީޒް …

ޚިޔާލެއްދެއްވާ

avatar