ކުރީގެ ރައީސް ނަޝީދު ވަނީ ޤާނޫނާއި ހިލާފު އަމުރަތަކެއް ސަލާމަތީ ބާރުތަކަށް ކުރައްވާފަ-އެޗް.އާރު.ސީ.އެމް

ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވާން ދިމާވެފައިވަނީ ކުރީގެ ރައީސް ނަޝީދު ތަކްރާރްކޮށް ގާނޫނާއި ހިލާފަށް ސިފައިންނާއި ފުލުހުންނަށް ކުރެއްވި އަމުރުތަކުގެ ސަބަބުން ސަލާމަތީ ބާރުތަކުގެ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލިގެން ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ( އެޗްއާރްސީއެމް) އިން ބުނެފިއެވެ.

ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ކަން ހިނގައި ދިޔަ ގޮތް ތަހްގީގު ކޮށް އެޗްއާރްސީއެމް އިން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ ކުރީގެ ރައީސް ވެރިކަމުން އިސްތުއުފާ ދެއްވާފައިވަނީ ގާނޫނާއި ހިލާފަށް ގިނަ ކަންތައްތައް ކުރައްވައިގެން ކަމަށާއި އެއްވެސް ފަރާތަކުން މަޖްބޫރު ކުރައްވައިގެން ނޫންކަމަށް. އެގޮތުން ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އާރޓިފިޝިއަލްބީޗްގައި އެމްޑީޕީން ނާއި އަދި 23 ޑިސެމްބަރު އިއްތިހާދުން ކުރި މުޒާހަރާގައި އަމަން ބަލަހައްޓަން  ތިބި ސިފައިން މުޒާހަރާ ކުރާ ސަރަހައްދުން ދުރައް ދިއުމަށް ގާނޫނާއި ހިލާފަށް ރައީސް ނަޝީދު އަމުރު ކުރެއްވި ކަމަށާއި އެ އަމުރުގެ ސަބަބުން އެސަރަހައްދު އަމަން ބެލެހެއްޓުމަށް ސަލާމަތީ ބާރުތަކަށް ހުރަސްއެޅުގެން ދިޔަކަމަށް އެޗްއާރްސީއެމްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

  އަދި އެހިސާބުން ގާނޫނާއި ހިލާފް އަމުރަކަށް ސިފައިން ތަބާ ނުވުމަށް ގާނޫނުގައި އޮންނަ މާއްދާ އާއި ގުޅިގެން އެރޭ ސިފައިންނާއި ފުލުހުން ރައީސް ނަޝީދު ކުރެއްވި  އަމުރަށް ތަބާ ނުވުމުން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލިފައިވާކަމަށް. އަދި އެ ރޭ ފުލުހުން އެމްޑީޕީ ހަރުގެއަށް ވަނީ ވެސް އެއްވެސް ކޮމާންޑަކާއި ނުލައިކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ޖުމްހޫރީ މައިދާނުގައި އެ ރޭ ހަރަކާތްތެރިވި ފުލުހުން ހައްޔަރު ކުރުމަށް ރައީސް ނަޝީދު އަމުރު ކުރެއްވި ކަމަށާއި މިއަމުރާގުޅިގެން މާލޭގެ އެކި ސަރަހައްދުގައި ތިބި ފުލުނުން ޖުމްހޫރީ މައިދާނަށް އެއްވިކަމަށް އެޗްއާރްސީއެމްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ވެސް ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުން ހައްޔަރު ކުރުމަށް ރައީސް ނަޝީދު ސިފައިންނަށް އަމުރު ކުރެއްވި ކަމަށާއި މިއަމުރާއި ގުޅިގެން ފުލުހުންނާއި ސިފައިނާއި އަދި ޖުމްހޫރީ މައިދާނަށް އެއްވެ ތިބި ގިނަ ބަޔަކާއި ދެމެދު ކުރިމަތިލުންތައް ހިނގައި އެކިވަރުގެ އަނިޔާ އެކި ފަރާތްތަކަށް ލިބިފައިވާކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި އެދުވަހު ސިފައިން ބަންޑާރަކޮށިން ބޭރަށް ނެރުމަށް އޭރުގެ ޑިފެންސް މިނިސްޓަރ ގެ އިތުރުން ބައެއް އެމްޑީޕީ މެމްބަރުން ވެސް މަޖްބޫރު ކޮށްފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރައީސް ނަޝީދު ބަންޑާރަ ކޮށީގައި ހޭދަ ކުރެއްވި ވަގުތު އެމަނިކްފާން އަވަހާރަ ކޮށްލަން އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައި ނުވާކަމަށް ވެސް އޗްއާރްސީއެމްގެ ތަހްގީގުން އެގިފައިވާކަމަށް އެޗްއާރްސީއެމްގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

އެއްވެސް މެޗަކުން ބަލިނުވެ މިލަދޫއިން ޗެމްޕިއަންކަން ހޯދައިފި

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިލަދޫޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދައިފިއެވެ. މިއީ ނ.އަތޮޅުގެ …

ޚިޔާލެއްދެއްވާ

avatar
ކޭޑީ
ކޭޑީ

ފުރެންޑޫ ކަލެ އަށް އިނގޭތަ އެޗް އާރު ސީ އެމް!!!

wpDiscuz