ކުރީގެ ރައީސްގެ ފޮޓޯފުޅު ލަންދޫކައުންސިލުން ނީލަން ކިޔައިފި.

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބުދުލް ޤައްޔޫމްގެ ދެ ފޮޓޯފުޅު ލަންދޫކައުންސިލްގެ ފަރާތުން މިއަދު ނީލަންކިޔައިފިއެވެ. ފޮޓޯފުޅު ނީލަން ކިޔާފައިވަނީ ލަންދޫކައުންސިލް އިދާރާގައި ގިނަދުވަސްވެ ބާވެ ހަލާކުވެ މަރާމާތު ކުރަން ޖެހިފައިވާ ބައެއް މުދަލާއި، ތަކެތި ނީލަން ކިޔުމަށްޓަކައި މިއަދު ލަންދޫކައުންސިލް އިދާރާގައި ބޭއްވި ނީލަމެއްގައެވެ.

މިއަދު މެންދުރު ފަހު 2:30 ގައި ނ.ލަންދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ނީލަން ކިޔުނު ވަރަށް ބައިވަރު ބާމުދަލުގެ ތެރޭން ކުރީގެ ރައީސް ގެ ދެ ފޮޓޯފުޅުވެސް ނީލަން ކިޔާފައިވަނީ ގިނަދުވަސްވެ ބާވެފައިވާ މުދަލުގެ ތެރޭގައި ހިމަނައިގެންނެވެ.

ބާ ގޮނޑި، މޭޒް، އަލަމާރި، ކަބަޑު ކޮމްޕިއުޓަރގެ ސާމާނާއި، ތަފާތު ބާވަތްތައް ނީލަންކީ މިނީލަމުގައި ކުރީގެ ރައީސްގެ ފޮޓޯފުޅުތައް ނީލަންކިޔާފައިވަނީ ފެށޭއަގަކީ -/100ރ. ކަމުގައި ހަމަޖައްސައިގެންނެވެ. މިފޮޓޯފުޅުތައް ހުރީ ވަރަށްބޮޑަށް ބާވެ ކުލަވެއްޓިފައި ކަމުން ނީލަމުގައި ފޮޓޯފުޅުތައް ނަގާނެ އެއްވެސް މީހަކު ނުވިއެވެ.

ރަށުގެ ވަރަށް ގިނަޢަދަދެއްގެ ފިރިހެނުން ބައިވެރިވި މީނިލަން ކުރިއަށްގެންދިއުމުގައި ލަންދޫކައުންސިލް ފަރާތުން ލަންދޫކައުންސިލް އިދާރާގެ ރައީސާއި، އެހެނިހެން ބައެއްކައުންސިލަރުންނާއި، ޑެޕިއުޓީ ޑިރެކްޓަރާއި، އެސިސްޓެންޓް ޑިރެކްޓަރުވެސް އަދި ކައުންސިލް އިދާރާގެ އެހެނިހެން އެހެނިހެން މުވައްޒަފުންވެސް ބައިވެރި ވެލެއްވިއެވެ.

މިނީލަން ފާހަގަވެގެންދިޔައީ އެހެނިހެން ބައެއް ނީލަމުގައި މިފަދަ ބާ މުދަލުގެ އަގު ނާރާހާ މަތީ ރޭޓްތަކަކަށް މުދަލުގެ އަގުތައް އަރައިގެން ދިޔަ ނީލަމެއްގެ ގޮތުގައެވެ.

އަދި ކައުންސިލް އިދާރާގެ ނީލަމުގެ އިތުރުން ލަންދޫމެޖިސްޓްރޭޓް ކޯޓްގެ ބައެއް ބާމުދާވެސް ހަމަ އެގަޑީގައި ކައުންސިލް އިދާރާގެ ގޯތީތެރޭގައި ނީލަން ކިޔެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ އިންޓަރހައުސް ޖޫނިއަރ ބައިގެ ފުޓްބޯޅަ މުބާރާތް ފަށައިފި.

ނ.ލަންދޫ ސްކޫލްގެ އިންޓަރހައުސް މިއަހަރުގެ ފުޓްބޯޅަ މުބާރާތުގެ ޖޫނިއަރ ބައިގެ ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ. ލަންދޫސްކޫލްގެ ފުޓްބޯޅަ ދަނޑުގައި …

ޚިޔާލެއްދެއްވާ

avatar
އަލަމާ
އަލަމާ

މައުމޫންގެ ފޮޓޯ ނީލަމުގައި އެއްވެސް މީހަކު ނުނެގީ ފޮޓޯ ބާކަމަކުންނެއްނޫން މައުމޫން އެއީ މިރާއްޖެއަށް ބޭނުންވާމީހެއް ނޫން ވީމަ ވަރަށް ސާފް ދެން މައުމޫނުގެ ފޮޓޯ ކުނިގޮނޑަށް އެއްލާލާ އެތަނުންވެސް ހިއެއް ނުވެ ބަލައި ގަނަނާނެހެނެއް ރަގަޅުވާނެ ޕާރުސަލް ކޮށްލާފަ ޕޯސްޓުން ނަސްރީނާއަށް ފޮނުވާލިއަސް ލަލަލާ މައުމޫން ކަލޭގެ

Anonymous
Anonymous

ތިއީ ބޮޑު ދޮގެން

wpDiscuz