ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ޔަހޫދީ ދަރިކޮޅަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތަކު ފިލްމެއް އުފެއްދުމުން އެކަން ކުށްވެރިކޮށް ލަންދޫއިންފޯއިން ނެރޭ ނޫސްބަޔާން.

ނޫސްބަޔާން

                                        ނަންބަރުLI/2012/01

  الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين

ޔަހޫދީ ދަރިކޮޅަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ފުރައްސާރަކޮށް “އިނޮސެންސް އޮފް މުސްލިމްސް” ގެ ނަމުގައި އުފައްދާފައިވާ ފިލްމު “ލަންދޫއިންފޯ”ގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

މާތްވެގެންވާ އިސްލާމްދީނުގެ މުޤައްދަސް ކަންތައްތަކާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަ ކުރުމަކީ އެއްވެސް ޙާލެއްގައި އަޅުގަނޑުމެން މުސްލިމުންނަށް ގަބޫލު ކުރެވޭނެ ކަންތައް ތަކެއް ނޫނެވެ. އަދި އަޅުގަނޑުމެން ދެކޭގޮތުގައި މިފަދަ ކަންތައް ތަކަކީ އެއްވެސް ބަޔަކަށް ކުރެވިގެންވާނެ އަދި ކޮށްގެންވާނެވެސް ކަންތައްތަކެއްވެސް ނުމެ ނޫންމެއެވެ. ބަހުގެ ގޮތުންވެސް އަދި ޢަމަލީ ގޮތުންވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ނިސްބަތްކޮށް އެއްވެސް ކަހަލަ ބަދު ބަހެއް ބުނެވިގެންނުވާނެއެވެ. މިފަދަ ކަންތައް ކުރާ މީހުންނަށް އެކަލާންގެ ކޯފާއާއި، ގަދަފަދަ ޢަޛާބު ހުއްޓެވެ.

އާދެ ޝައްކެތްނެތެވެ. އިސްލާމްދީނަކީ ޞުލްޙަވެރި ކަމުގެ ދީނެކެވެ. އިސްލާމްދީނަކީ ކުށެއްނެތް މީހުން ޤަތުލު ކުރުމަށް ދެކޮޅު ހަދާ ދީނެކެވެ. އެހެންކަމުން،  ދިވެހި އެންމެހައި ލޮބުވެތި އަޚުންނާއި، އުޚުތުންނަށް ލަންދޫއިންފޯގެ ފަރާތުން މިގޮވާލަނީ އަދި އިލްތިމާސް ކުރަނީ މިފަދަ ކަންތައްތަކާއި ދެކޮޅުހަދާ ޝުޢޫރުފާޅުކޮށް ހެދުމުގައި ކުރިއަށް ވަޑައިގަތުމަށެވެ. އެހެނެއްކަމަކު މިފަދަ ޝުޢޫރު ފާޅުކުރުމެއްގެ ތެރެއިން މީހުންގެ ފުރާނައަށް ގެއްލުންދީ، އަދި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ތަކެއްޗާއި ތަންތަނަށް ގެއްލުން ދިނުމަކީ އިސްލާމްދީން ހުއްދަކުރާ  ކަންކަމަށް ނުވާތީ އެފަދަކަންކަމުން ސަލާމަތްވެ ތިބުމަށެވެ.

އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތިއްބަވައިގެން ޞުލްޙަވެރި ކަމާއެކު، ޚިޔާލު ފާޅުކުރުމަށް އަދިވެސް އެއްފަހަރު ލަންދޫއިންފޯގެ ފަރާތުން އެންމެހާ ދިވެހި ލޮބުވެތި މުވާޠިނުންނަށް ގޮވާލާ އިލްތިމާސްކުރަމެވެ.

އިސްލާމް ދީނާއި، ދެކޮޅުވެރި ޢަދާވާތްތެރިންގެ މިފަދަ މަކަރުވެރި ރޭވުންތަކުން އެންމެހައި މުސްލިމު އަޚުންނާއި، އުޚުތުން، އަދި ވަކިން ޚާއްޞަކޮށް ދިވެހި ލޮބުވެތި ރައްޔިތުން ، މާތްﷲ ސަލާމަތްކުރައްވައި، ސުލުހަ އާއި، އަމާންކަން މިޤައުމުގައި ލައްވައި އަޅުގަނޑުމެން  އެންމެންނަށް އުފާފާގަތިކަން ތާއަބަދަށް މިންވަރު ކުރައްވާށިއެވެ.

  16 ސެޕްޓެމްބަރ 2012

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
ޢަލީ ޒިޔާދު
ޢަލީ ޒިޔާދު
އަސްލުގައިވެސް އެއީ ވޭންދެނިވި ޢަޛާބުން ޢަޛާބު ލިބޭނެބައެއް، އެމީހުން މަރުވުމުގެ ކުރިން އިސްލާމްދީން ޤަބޫލުނުކޮށް މިދުނިޔެ ދޫކޮށްފިނަމަ… އަޅުގަނޑުމެން މުސްލިމުން މިއަދު މިހެން ތިބެގެން ވާކަށްނެއް،،، އަޅުގަނޑު މިބުނަނީކީ އަނެއްކާ މަގުމައްޗަށް ނުކުމެ ބޭރުގައުމުތަކުގެ ސަފީރުންނަށާއި އެހެނިހެން މުއައްސަސާތަކަށް ގެންލުންދޭށެކޭ ނުން. އަޅުގަނޑުމެންވީ އެމާތް ނަބިއްޔާ މަތިވެރިކުރުމަށް އެނަބިއްޔާ ގެނެސްދެއްވި ރިވެތި ގޮތްތަކުގައި ހިފަން. ކޮންމެ ކަމެއް ކުރިއަސް އެކަލޭގެފާނުގެ ރިވެތި ޚުލުޤުފުޅުން އެކަމެއް ގެނެސްދެއްވާފައިވާގޮތް ދަނެގަނެ އެގޮތަށް ޢަމަލުކުރަން… އެކަލޭގެފާނަށް ގިނަގިނައިން ޞަލަވާތް ކިޔަވަން… ސަލާމްލެއްވުން އެދި ދުޢާކުރަން.. ހަމަޔަޤީނުންވެސް އަޅުގަނޑަށް ޔަޤީންކަން އޮވޭ އަޅުގަނޑުމެންގެ މާތްނަބިއްޔާއަށް އެއްވެސް ބަޔަކަށް ގެއްލުމެއް ނުދެވޭނެކަން އެހެނީ އެކަން ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޤުރުއާނުގައި ބަޔާންކޮއްދެއްވާފައެވެ. ވީމާ ކާފަރުންނާއި ޔޫރަޕްގެ ނަމޫނާތަކަށް ނުހެއްލި އިސްލާމްދިނުގެ ރިވެތި އުޞޫލުގައި ހިފަމާ ހިންގަވާށެވެ. ދަންނަވާލަން ބޭނުންވަނީ ކާފަރަކު ނެރުނަސް އަދި މުސްލިމަކު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމްއަށް ފުރައްސާރަކުރިޔަސް އެކަލޭގެފާނުގެ ހައިބަތަށާއި އެމާތް ޝަޚްޞިއްޔަތަށް… Read more »