ކިތަންމެ ޕްރެޝަރެއް އަޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ-ރައީސް

ކިތަންމެ ޕްރެޝަރެއް އަޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

ތިމަރަފުށީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ “ގައުމުގެ ގިނަ މީހުން ތިބީ ސަރުކާރާ އެކުގައި” ކަމަށާއި ކޮންމެ ބަޔަކު ކޮންމެ ކަހަލަ ޕްރެޝަރެއް ކުރިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާ އަދި މިއަދުގެ ޖަލްސާގައި ތިމަރަފުށީ އެއާޕޯޓްގެ މަސައްކަތް ފެއްޓެވި ކަމަށް އެ މަނިކުފާނު ވަނީ އިއުލާނުކުރައްވާފައެވެ.

ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންނަށް އަދި ތިމަރަފުށީގެ ރައްޔިތުންނަށް ދައުލަތުގެ ފަރާތުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ވެސް ކޮށްދޭނެ ކަމަށާއި ތިމަރަފުށީ ރައްޔިތުން ދެކެމުންދާ އެއާޕޯޓުގެ ހުވަފެން ހަގީގަތަކަށް ވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރަށް ތާއިދުކުރާ ޕާޓީތަކުގެ އަޣުލަބިއްޔަތު ރައްޔިތުންގެ މަޖިލީހުގައި އެބަ އޮތް ކަމަށާއި ނަމަވެސް ތިމަރަފުށީ ދާއިރާ އަށް ވާދަކުރައްވާ ޕީޕީއެމްގެ މެމްބަރަށް އެ ގޮނޑި ކާމިޔާބުކުރުމަކީ ސަރުކާރަށް ލިބޭ އިތުރު ބާރެއް ކަމަށެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه …

ޚިޔާލެއްދެއްވާ

avatar
wpDiscuz