ކިއުބާގެ ކުރީގެ ރައީސް ކާސްޓްރޯ އަވަހާރަވެއްޖެ.

ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އަވަހާރަވެއްޖެކަމަށް ޑެއިލީ މެއިލް އިން ޚަބަރުދީފިއެވެ.

ޑެއިލީ މެއިލްގައި ވާގޮތުން ކާސްޓްރޯ އަވަހާރަވީކަން އިޢުލާންކުރީ އެޤައުމުގެ މިހާރުގެ ރައީސް ރައުލް ކާސްޓްރޯ އެވެ. އެތާންގެ ގަޑިން މިއަދު ހެނދުނު 10:29 ގައި ކާސްޓްރޯ އަވަހާރަވެފައިވާއިރު އެޤައުމުގެ ޤައުމީ ޓީވީ މެދުވެރިކޮށް އެކަން އިޢުލާންކޮށްފައިވަނީ 11 ޖެހިއިރުއެވެ.

އުމުރުފުޅުން 90 އަހަރުގައި މިއަދު ކާސްޓްރޯ އަވަހާރަވެފައިވާއިރު އެއީ ކިއުބާގެ މުޅި ތާރީޚްގައިވެސް އެންމެދިގު ވެރިކަމެއް ކުރި ލީޑަރެވެ.

އޭނާވަނީ 32 އަހަރު ވެރިކަން ކޮށްފައެވެ. އަދި އޭގެ އިތުރުން ގާތްގަޑަކަށް ބައިގަރުނު ވަރު ކިއުބާގައި އޭނާވަނީ އަމުރު މައުރޫފު ހިންގާފައެވެ. އެޤައުމަށް ގެނައި އިންގިލާބަކަށް ފަހު އެ ގައުމުގައި ކޮމިއުނިސްޓް ވެރިކަމެއް ގާއިމުކޮށް ވެރިކަމާ ކާސްޓްރޯ ހަވާލުވެވަޑައިގަތީ 2 ޑިސެމްބަރު 1976 ގައެވެ.

ކިއުބާގެ ރައީސް ކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން 16 ފެބްރުއަރީ 1959 އިން 2 ޑިސެމްބަރު 1976 އަށް އެގައުމުގެ ބޮޑު ވަޒީރު ކަންވެސް ކާސްޓްރޯ ކުރައްވާފައިވެ އެވެ.

ކާސްޓްރޯގެ ވެރިކަމުގައި އޭނާ ފާހަގަވެގެން ގޮސްފައިވަނީ ހުޅަނގުގެ ހާއްސަކޮށް އެމެރިކާގެ ސިޔާސަތުތަކާއި ދެކޮޅަށް ފާޅުގައި މަސައްކަތް ކުރައްވާ އަދި އަޑުއުފުއްލެވި ބޭފުޅެއްގެ ގޮތުގަ އެވެ.

ކިއުބާގެ ބައެއް މީހުން ގަބޫލުކުރާ ކާސްޓްރޯ އަކީ ގައުމީ ބަތަލެކެވެ. ނަމަވެސް އިދިކޮޅު މީހުން ގަބޫލުކުރާ ގޮތުގައި އޭނާއަކީ އަނިޔާވެރިއެކެވެ.

ކާސްޓްރޯއަކީ އެޤައުމަށް ގެނައި އިންގިލާބްގެ ބާނީއެވެ. އެއީ ކޮމާންޑަރ އިން ޗީފްއޮފް ދަ ކިއުބަން އެވެ.

މަސްދަރު : ޑެއިލީމެއިލް

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar